Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިން ހެލުން

އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ބިން ހެލުމެއް އަތުވެއްޖެ، އެކަމަކު ރާއްޖެއަށް އޭގެ އަސަރެއް ނެތް:މެޓް އޮފީސް

ބިން ހެލުން އައީ ރާއްޖެއާ 801 ކިލޯ މީޓަރުގެ ދުރު ސަރަހައްދަކަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އޮކްޓޯބަރު 2017 | އާދީއްތަ 05:33
ބިން ހެލުން އައިކަމަށް ބުނާ ސަރަހައްދު ހިނެމޭ ފޮޓޯއެއް

ބިން ހެލުން އައިކަމަށް ބުނާ ސަރަހައްދު ހިނެމޭ ފޮޓޯއެއް

އިންޑިއާ ކަނޑުގެ ސަރަހައްދަކަށް ބިންހެލުމެއް އަތުވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފިސް) އިން ބުނީ ބިން ހެލުން އައިސްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:05 ހާއިރު، ކާރލްސްބާގް ރިޖް ސަރަހައްދަށް ކަމަށެވެ. އެއީ ރާއްޖޭއާ ގާތްގަނޑަކަށް 801 ކިލޯ މީޓަރު ދުރުގައި އޮތް ސަރަހައްދެއް ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

މެޓް އޮފީހުން ބުނީ 5.2 މެގްނިޓިއުޓްގެ ބާރު މިނުގައި އައި އެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުފޯރާނެ ކަމަށާއި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތްކަމަށެވެ.

ކާލްސްބާގް ރިޖަކީ އިންޑިއާ ކަނޑުގެ ހުޅަނގު އޮންނަ ސަރަހައްދެކެވެ.

ރާއްޖެއަށް ސުނާމީއެއްގެ އަސަރުކޮށް، މި ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނީޝިއާގެ ސްމަޓްރާއަށް އެރި ސުނާމީގެ ކާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކެވެ.

އެ ބިރުވެރި އަދި އެހާމެ ހިތްދަތި ކާރިސާގައި 15,000 ދިވެހި ރައްޔިތުންގެ ގެދޮރު ގެއްލި ރާއްޖޭގެ އާބާދީގެ 62 އިންސައްތަ މީހުންނަށް އެކި ކަހަލަ ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ.

މީގެ 12 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި، ރާއްޖޭގެ ބޮޑު ބަޔަކަށް އެރި ސުނާމީގެ ސަބަބުން 82 މީހަކު މަރުވެ، 24 މީހަކު ގެއްލިފައިވެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު