Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ"އެންޓަބެކްސް" ކެމްޕޭން

"އެންޓަބެކްސް" ކެމްޕޭނުން ލިބުނު ފައިސާ ފިޔަވަތިހިޔާއާ ހަވާލުކޮށްފި

25 އޮކްޓޯބަރު 2017 | ބުދަ 07:33

މިކެމްޕެއިން އިން ޖުމްލަ 263،952ރ. ލިބިފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 25 އޮކްޓޯބަރު 2017 | ބުދަ 07:33
"އެންޓަބެކްސް" ކެމްޕޭނުން ލިބުނު ފާއިސާ ފިޔަވަތިހިޔާއާ ހަވާލުކުރުން

"އެންޓަބެކްސް" ކެމްޕޭނުން ލިބުނު ފާއިސާ ފިޔަވަތިހިޔާއާ ހަވާލުކުރުން

"ގިވް ހޯޕް، ރިސީވް ހެލްތް"ގެ ނަމުގައި ލޮޓަސްއިން އިސްނަގައިގެން ރާއްޖޭގެ ފެންވަރުގައި ކުރިއަށްގެންދިޔަ "އެންޓަބެކްސް" ބޮޑު ކެމްޕޭނުން ލިބުނު ފައިސާ ފިޔަވަތިހިޔާއާ ހަވާލުކޮށްފިއެވެ.

ޗަންޕާ ހޮޓެލްގައި މި ކެމްޕެއިން ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފިޔަވަތިހިޔާއަށް ޗެކް ހަވާލުކޮށްދެއްވީ ލޮޓަސް ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒައިނަލްއެވެ. އަދި ޗެކާ ހަވާލުވެވަޑައިގެންނެވީ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ޖަބީން އެވެ.

Advertisement - newsAdvertisement

މިކެމްޕެއިން އިން ޖުމްލަ 263،952ރ. (ދެލައްކަ ފަސްދޮޅަސް ތިން ހާސް، ނުވަސަތޭކަ ފަންސާސް ދެ ރުފިޔާ) ލިބިފައިވެއެވެ.

މިރަސްމިއްޔާތެގައި ލޮޓަސް ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒައިނަލް ވިދާޅުވީ މިއީ މެލޭޝިއާގެ ލަމް ސޫން ކުންފުނީގެ އެންޓަބެކްސް އާއި ރާއްޖޭގެ ލޮޓަސް ފިހާރަ އާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާ އަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދިޔަ ކެމްޕޭނެއް ކަމަށެވެ.

މި ކެމްޕޭނުގެ ދަށުން ކަސްޓަމަރުން ގަތް، ކޮންމެ އެންޓަބެކްސް ޝަވާ ޖެލް ފުޅިއަކުން ދެ ރުފިޔާ ފިޔަވަތިހިޔާ އަށް އެހީވާން ހުޅުވާފައިވާ ފަންޑަށް ލިބޭ ގޮތަށް ވަނީ ހަދާފައެވެ. މި ކެމްޕޭނު ކުރިއަށް ގެންގޮސްފައި ވަނީ 15 މެއި 2017 ފެށިގެން އޮގަސްޓް މަހުގެ 15 އާ ހަމައަށެވެ.

އިބްރާހިމް ޒައިނަލް ވިދާޅުވީ މިކެމްޕެއިންއިން ދެ ލައްކަ ރުފިޔާ ފަންޑްރައިޒް ކުރުމަށް ބޭނުންވިއިރު އެކަން ވަރަށް ބޮޑަށް ހާސިލްވެފައިވާ ކަމަށެވެ. އެހެންކަމުން މިފަންޑަށް އެހީތެރިވި ހުރިހާ ކަސްޓަމަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

މި ކެމްޕޭނު ކުރިއަށްގެންގޮސްފައި ވަނީ އެންޓަބެކްސްގެ އަގަކަށް ވަކި ބަދަލެއް ނުގެންގޮސް ކަމަށް ލޮޓަސްއިން ބުންޏެވެ. މިކެމްޕެއިންއަކީ ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދިޔަ ކެމްޕެއިނެއް ކަމަށް ލޮޓަސްއިން ފާހަގަކުރިއެވެ.

މި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޖަބީން ވާހަކަދައްކަވަމުން ވިދާޅުވީ އެންޓަބެކްސްގެ ކެމްޕޭނުގެ ސަބަބުން ފިޔަވަތި ހިޔާގައި މިހާރު ގާއިމް ކުރަން ފަށާފައިވާ އާލީ ޗައިލްޑްހުޑް އިންސްޓިޓިއުޝަން ބިނާ ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. މިސެންޓަރުން ތައުލީމް އުނގަންނައިދޭނީ މެލޭޝިޔާގެ ކަރިކިއުލަމަށް ކަމަށާއި އަދި ތަމްރީން ލިބިފައި ތިބި މުދައްރިސުން މިހާރު ވެސް އެބަތިބި ކަމަށެވެ.

އެހެން މިވަގުތު ބޭނުންވަނީ މި ސެންޓަރ ބޭނުންވާ މެޓީރިއަލް ހޯދުމަށް ކަމަށްވާއިރު މި ކެމްޕެއިންގެ ދަށުން ލިބުނު ފާއިސާ ހަރަދު ކުރާނީ އެކަމަށެވެ. މިސެންޓަރުގައި ތައުލީމް އުނގަންނައިދޭނީ ދެ އަހަރާއި ފަސް އަހަރުގެ ކުދިންނަށެވެ. މިވަގުތު ވެސް ފިޔަވަތި ހިޔާގައި 12 އަހަރުން ދަށުގެ 94 ކުދިން އެބަތިއްބެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް