Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ވޯޓްލުން ހައްގުވާ މީހުންގެ 90 ޕަސެންޓް ވޯޓްލާފައިވޭ: ހަސަން ލަތީފް

25 އޮކްޓޯބަރު 2017 | ބުދަ 02:05

ވޯޓުލުމުގެ ހައްގު ލިބޭ 1039 މީހުންްގެ ތެރެއިން 937 މީހަކު ވޯޓުލާފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 އޮކްޓޯބަރު 2017 | ބުދަ 02:05
ހަސަން ލަތީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ހަސަން ލަތީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ނިމިގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބެނީ 1039 މީހުންނަށް ކަމަށާއި އޭގެ ތެރެއިން 937 މީހަކު ވޯޓުލާފައިވާ އިރު އެއީ ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 90.18 ޕަސެންޓް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބުގައި ވޯޓުލީ ފަރާތްތައް މަދު ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން ދެއްކި ވާހަކައަށް ރައްދު ދެއްވަމުން ރާއްޖެ ޓީވީން އަންގާރަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ނިމިދިޔަ އިންތިޚާބަކީ އެތެރޭގެ އިންތިޚާބަކާ ބެހޭ މައުލޫމާތު ދޭން ޖެހޭ ވަރަށް ވުރެ ވެސް އިތުރަށް މައުލޫމާތު ދެވިގެން ބޭއްވި އިންތިޚާބެއް ކަމަށާއި އެފަދަ މަޤާމެއްގައި ތިއްބަވާ ބަޔަކަށް މައުލޫމާތު ނުލިބި ރޯފިލާފައި ނެތުމުގެ ސަބަބުން ދެއްކޭ އެފަދަ ވާހަކަތަކުގެ ސަބަބުން ވެއްޓެނީ އެބޭފުޅުންގެ އަގު ކަމަށެވެ. މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ މިހާތަނަށް އެޕާޓީން ބޭއްވި އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އިންތިޚާބު ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ ޕާޓީގެ ޢާއްމު މެންބަރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށާއި ނިމިދިޔ އިންތިޚާބަކީ އެމްޑީޕީ އުފެދިގެން ބޭއްވި ފުރަތަމަ އިންތިޚާބުގެ ފަހުން މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އިންތިޚާބު ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އެމްޑީޕީ އުފެދުނީންސުރެ ފާއިތުވެދިޔަ އިންތިޚާބާ ހަމައަށް މިހާ ފޯރިގަދަ އިންތިޚާބެއް އަދި މިހާ ވާދަވެރި އިންތިޚާބެއް ބޭއްވިފައިވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެއިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ ފަރާތްތަކަކީ ކޮންގރެސްގައި ބައިވެރިވެވޭ ފަރާތްތަކަށް ވޯޓު ލެވޭ އިންތިޚާބެއް ކަމަށާއި އޭގެ ތެރޭގައި ގޮފިތަކުގެ ރައީސުން ހިމެނޭ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ކުރިން ހުރި ގޮފިތަކުގެ އިތުރުން އިތުރު ގޮފިތައް ހެދުމުގެ ފުރުސަތު އިންތިޚާބުގެ ކުރިން ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ހުޅުވާލި ފުރުސަތުގައި 400 އަށް ވުރެ ގިނަ އާ ގޮފިތައް ހަދާފައިވާ ކަމަށާއި އެއީ އަނެއްކާ ވެސް ސިޔާސީ ހަރަކާތައް އަދި ސިޔާސީ މަސައްކަތައް އިތުރު އެތައް ބަޔަކު ނިކުތުން ކަމަށް ހަސަން ލަތީފް ފާހަގަ ކުރެއްވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އޮމާންކޮށް އެތެރޭގެ އިންތިޚާބެއްގައި ފޯރި ހުންނަން ޖެހޭނެ ވަރަށް ހުރެގެން ކަމަށެވެ. އަދި މިއީ ކާމިޔާބު އިންތިޚާބެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެހާ ވާދަވެރި އިންތިޚާބެއް ނިމި ގޮސްފައިވާއިރު އެއްވެސްވަރެއްގެ ލޮޅުމެއް ޕާޓީތެރެއަށް އައިސްފައިވޭތޯއޭ ދެންނެވުމުން ހަސަން ލަތީފް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި އިރާދަ ކުރެއްވީތީ އިންތިޚާބު ބޭއްވުނީ ވަރަށް މުހިއްމު ދަނޑިވަޅެއްގައި ކަމަށެވެ. އަދި އިންތިޚާބުގައި ހޮވިވަޑައިގެންނެވި ބޭފުޅުންނާއި މިފަހަރު ކަން ދިމާވި ގޮތުން ހޮވިވަޑައި ނުގެންނެވި ބޭފުޅުންނާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް