Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ މައްސަލަ

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދެނީސް ފާރިސްގެ ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފި

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކުރާނަމަ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ވެސް އެ ދައުވާ ކުރެވެން ޖެހޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2017 | އަންގާރަ 11:19
ަހުމަދު ފާރިސް މައުމޫން

ަހުމަދު ފާރިސް މައުމޫން

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ހަދާ ނިމުމުން ކަމަށް ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުން ފާރިސްގެ މައްޗަށް ދައުވާ ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިނުމުގެ ދައުވާގެ މައްސަލައިގައި އަންގާރަ ދުވަހު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާ ބެހޭ ގޮތުން ތަފްސީލްކޮށް ވާހަކަ ދެއްކުމަށް ޝަރީޢަތުން ދެއްވި ފުރުސަތުގައި ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޝަރީޢަތް ހިންގުމުގެ ގަވާއިދު ނުހެދި ވަނިކޮށް ފާރިސްގެ ޝަރީޢަތް ކުރިއަށް ކުރިއަށް ގެންދިއުމަކީ ކްރިމިނަލް ކޯޓަށް ލިބެގެންވާ ބާރެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ގާނޫނުގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރަން ބުނެފައި ވަނިކޮށް އެކަމެއް ނުކޮށް ގާނޫނާއި ހިލާފަށް ކަންތައްތައް ކުރުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ފާރިސް އަށް ލިބިދޭ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު ނުހެދެނީސް ކްރިމިނަލް ކޯޓަށް ފެންނަ ގޮތަކަށް ޝަރީޢަތަށް ހުށަހެޅުންތައް ހުށަހަޅާ ޝަރީޢަތް ކުރިއަށް ކުރިއަށް ގެންދިއުމަކީ ކްރިމިނަލް ކޯޓުން ސްޕްރީމް ކޯޓުގެ އިސްތިލާހީ ބާރުތަކުގެ ތެރެއަށް ވަނުން ކަމަށާއި އެހެން ކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޝަރީޢަތް ކުރުމުގެ ގަވާއިދު ހެދެންދެން ފާރިސްގެ ޝަރީޢަތް މެދުކަނޑާ ލުމަށް އެދޭ ކަމަށް ފާރިސް ވަކީލް ވިދާޅުވިއެވެ.

ފާރިސްގެ ވަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޝަރީޢަތް ކުރުމުގެ ގަވާއިދު ނުހެދެނީސް ޝަރީޢަތްތައް ކުރިއަށް ގެންދިމުގެ ސަބަބުން އެކި ފަހަރު އެކިގޮތަށް އެކި ޝަރީޢަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު ނުހެދި ވަނިކޮށް ޝަރީޢަތް ކުރިއަށް ގެންދިމުން ސާބިތު ކޮށްދެނީ ގާނޫނުގެ އެއް ބަޔަށް ތަބާވެ އަނެއް ބަޔަށް ތަބާ ނުވާކަން ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ. އެހެން ކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޝަރީޢަތް ކުރުމުގެ ގަވާއިދު ހެދެން ދެން ޝަރީޢަތް މެދުކަނޑާލަން ކަނޑައަޅައި ދިނުމަށް ފާރިސްގެ ވަކީލް ޝަރީޢަތުގައި އެދިވަދައިގެންނެވިއެވެ.

ފާރިސްގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދިވީނަމަވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލިބިދޭ ހުރިހާ ހައްގުތަކާއި ގާނޫނީ ރައްކާތެރިކަން ފާރިސް އަށް ލިބިދޭ ކަމަށެވެ. އަދި މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލުމަށް ފަހު ވަކި މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ފަށަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށާއި އެހެން ކަމުން ފާރިސްގެ ވަކީލް ވިދާޅުވާ ގޮތަށް ގަވާއިދު ހެދެންދެން ޝަރީޢަތް މެދުކަނޑާލުމަކީ ގާނޫނުއަސާސީގައި އަވަސް ކަމާއެކު އިސްސާފް ގާއިމް ކުރެވެން ޖެހޭނެ ކަމަށް ބުނާ ބުނުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ޝަރީޢަތް ފެށުމުގެ ކުރިން ދައުލަތުން ހުށަހަޅާފައިވާ ހެކީގެ ތެރެއިން ސިއްރު ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުގެ ވަކީލް ވަކީލް ވިދާޅުވީ ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިޔާގެ ހެކިބަސް ފާރިސްގެ ހާޒިރުގައި ނުނެގުމަށް އެދޭ ކަމަށެވެ. އަދި އެގޮތަށް އެދެނީ ސިއްރު ހެކިވެރިޔާގެ ހެކިބަސް ފާރިސްގެ ހާޒިރުގައި ނުވަތަ ފާރިސްގެ ކުރިމަތީގައި ނަގައިފި ނަމަ ހެކިވެރިޔާ އަށް ނުފޫޒް ފޯރުވުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި ސިއްރު ހެކިވެރިޔާގެ ހެކި ބަސް ފާރިސްގެ ކުރިމަތީގައި ނުނެގުމަށް ދައުލަތުން ހުށަހެޅީ ސިއްރު ހެކިވެރިޔާގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ފާރިސްގެ ވަކީލް ވިދާޅުވީ ދައުލަތުން ފާރިސްއާ ދެކޮޅަށް ހުށަހަޅާ ސިއްރު ހެކިވެރިޔާއަކީ ކާކުކަން ނޭނގޭއިރު އެ ހެކިވެރިޔާ އަށް ފާރިސް ނުފޫޒް ފޯރުވާނެ ގޮތެއް ދައުލަތަށް ބުނެނުދެވޭ ކަމަށެވެ. އަދި ޝަރީޢަތުގެ ކުރިމަތީގައި ސިއްރުހެކިވެރިޔާގެ ހެކި ބަސް ނަގާއިރު އެ ހެކިވެރިޔާ އަށް ޝަރީޢަތުގެ ކުރިމަތީގައި ފާރިސް ނުފޫޒް ފޯރުވާނެ ގޮތެއް ނުވިސްނޭ ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ.

ފާރިސްގެ ވަކީލް ވިދާޅުވީ ޕްރޮސިކިޔުޓާ ޖެނަރަލް މީހުންގެ މައްޗަށް ދައުވާ ކުރުމުގައި ހަމަހަމަ އުސޫލެއް ނުގެންގުޅޭ ކަމަށެވެ. އެގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ފައިސާ ގޯނި އުފުލާ ފައިސާ ބެއްސެވި ކަމަށް އަމިއްލަ އަށް އިއުތިރާފްވި މެމްބަރު މިނިވަން ކަމާއެކު މުޖުތަމައުގައި އުޅެމުންދާ ކަމަށެވެ. އަދި ފައިސާ ގޯނި އުފުލާ ފައިސާ ބެއްސެވި ކަމަށް އިއތިރާފްވި މެމްބަރު ހައްރު ކުރުމަށް ނުވަތަ އެ މެމްބަރުގެ މައްސަލަ ތަހުގީގު ކުރަމުންދޭތޯ ޕްރޮސިކިޔުޓާ ޖެނަރަލް ނުބައްލަވާ ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ.

އެ ވާހަކަތައް ސާބިތު ކުރުމުގެ ގޮތުން އެ ވާހަކަ ދެއްކެވި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް މަޖިލީހުގައި ދެއްކެވި ވާހަކަތަކުގެ ޔައުމީއްޔާ ފާރިސްގެ ފަރާތުން ވަނީ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ފާރިސްގެ ވަކީލް ވިދާޅުވީ ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ޖަލްސާއެއްގައި އެ މަނިކުފާނުގެ ފައިސާ ކުރީގެ ނައިބު ރައީސް އަދީބް ބެއްސެވި ކަމަށް އިތިރާފް ވެވަޑައިގެންފައިވާ ކަމަށާއި އަދި އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ފައިސާ ކަމަށް ފަހުން އެނގިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ.

ފާރިސްގެ ވަކީލް ވިދާޅުވީ ރައީސް އަށް އެކި ގޮތް ގޮތުން ލިބިވޑައިގެންެވި ފައިސާ ބެލެހެއްޓެވީ އޭރުގެ ނައިބު ރައީސް އަދީބް ކަމަށާއި އެ ފައިސާ އިން ރައްޔިތުންގެ މަޖިލީހުގެ އެކި މެމްބަރުންގެ ކަންތައްތައް ވެސް ކޮށްދެއްވާފައިވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ފާރިސްގެ މައްޗަށް ކުރި ގޮތަށް ރިޝްވަތު ދިނުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ވެސް ޕްރޮސިކިޔުޓާ ޖެނަރަލް ކުރައްވަން ޖެހޭނެ ކަމަށް ފާރިސްގެ ވަކީލް ވިދާޅުވިއެވެ.

ފާރިސްގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ވާހަކަ ދައްކަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ފާރިސްގެ މައްޗަށް ދައުލަތުން ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައި ވަނީ ޝައްކެއް ނެތް މިންވަރަށް ހެއްކާއި ގަރީނާ ހުުރމުން ކަމަށެވެ. އަދި އެ މައްސަލާގައި ދެން ތުހުމަތު ކުރެވުނު އަހުމަދު ޝާފިއުގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ސާފް ކުރިއިރު ތަހުގީގީ މުއައްސަސާތަކުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ތަހުގީގުކޮށް ނުނިމޭ މައްސަލައެއްގައި ދައުލަތަށް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރީއްޔާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލަން ޖެހޭނެ ކަމަށް ފާރިސްގެ ވަކީލް ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލް ވިދާޅުވީ ރައީސުލްޖުމްހޫރީއްޔާގެ މައްޗަށް ދައުވާ ކުރެވޭނެ ހާލަތްތަކެއް ނުވަތަ ދައުވާ ކުރެވޭނެ ގޮތްތައް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށާއި އޭގެ އިތުރަށް އެ ވާހަކާގައި ދައުލަތުން އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

ފާރިސްގެ ފަރާތުން 22 ހުށަހެޅުމެއް ހުށަހެޅިއިރު އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދެ ފަރާތުން އެންމެ ބޮޑަށް ބަހުސްކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ނެތީސް ޝަރީއަތް ހިންގާތީ އެކަމާ ގުޅޭ ގޮތުންނެވެ.

ޝަރީޢަތަށް ކަނޑައަޅާފައިވާ ވަގުތު ހަމަވިއިރު ދެ ފަރާތުން ބަހުސްކޮށް ނިމުނީ ފާރިސްގެ ފަރާތުން ހުށަހެޅި ހަ ހުށަހެޅުމަކަށެވެ. އެހެންވެ ބާކީ ހުރި ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމަށް އަންނަ ބުރާސްފަތި ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް އެ ދައުވާ ސާބިތު ވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އައިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ. އެ މައްސަލާގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު