Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ޤަރްޔަތައިން ޓައުންގައި އައިއެސްއިން އެތައްބަޔަކު މަރާފައިވާ ކަމަށް މޮނިޓަރުން ބުނެފި

24 އޮކްޓޯބަރު 2017 | އަންގާރަ 08:49

ޤަރްޔަތައިން ޓައުން އައިއެސްގެ އަތްދަށުން އަތުލާފައިވަނީ ހުކުރު ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 24 އޮކްޓޯބަރު 2017 | އަންގާރަ 08:49
އެ ޓައުން އައިއެސްގެ އަތްދަށަށް ގެންދިޔައީ އޮކްޓޯބަރު މަހުގެ ކުރީކޮޅު

އެ ޓައުން އައިއެސްގެ އަތްދަށަށް ގެންދިޔައީ އޮކްޓޯބަރު މަހުގެ ކުރީކޮޅު

ސީރިޔާގެ މެދުތެރޭގައި އައިއެސްއިން މީގެ ދުވަސް ކޮޅެއް ކުރިން ތިބި ޓައުންގައި އެ ޖަމާއަތުން އެތައް ބަޔަކު މަރާފައިވާ ކަމަށް މޮނިޓަރ ކުރާ ގްރޫޕަކާއި އެގައުމުގެ އެކްޓިވިސްޓުން ބުނެފިއެވެ.

އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވަންޓް ނުވަތަ އައިއެސްގެ ނަންބޯޑް އަޅުވައިގެން އުޅޭ ޓެރެރިސްޓް ޖަމާއަތުން އޮކްޓޯބަރު މަހުގެ ކުރީކޮޅު ހިފި އަލް ޤަރްޔަތައިން ޓައުން، ސީރިޔާގެ ރައީސް ބަޝާރުލް އަސަދުގެ ސަރުކާރަށް ވަފާތެރި ފައުޖުތަކުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހިފާފައެވެ.

އިނގިރޭސިވިޔލާތުގައި ގާއިމްވެފައިވާ ސީރިޔަން އޮބްޒވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިންވަނީ ހޮމްސް ޕްރޮވިންސްގެ އެ ޓައުނުން މިދިޔަ ހުކުރު ދުވަހު އައިސްގެ ހަނގުރާމަވެރިން ބޭރުކޮށްލުމުގެ ކުރިން އެ ދިޔަ ތިން ހަފްތާގެ ތެރޭގައި 128 މީހުން މަރާލަފައިވާ ކަމަށް ބުނެފައެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި އާއްމު ރައްޔިތުން މަރާފައި ވަނީ ސީރިޔާގެ ސަރުކާރާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށެވެ.

ޕަލްމީރާ ކޯޑިނޭޝަން ކޮމިޓީގެ މެމްބަރު، މުހައްމަދު އަލް-ހޮމްސީ އަލް ޖަޒީރާގައި ބުނީ މަރުވި ކަމަށް ކަށަވަރު ވެފައިވާ 90 މީހުން ހިމެނޭ ގޮތުން ތައްޔާރު ކުރެވިފައިވާ ލިސްޓެއް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

"އެކަމަށް ކުޑަވަގުތުކޮޅެއް ނަގާ ސަބަބަކީ އަޅުގަނޑުމެން ބޭނުންވޭ މާރާލެވުނު މީހުންގެ ނަންތައް ޑަބަލް ޗެކް ކުރަން" އަލް ހޮސްމްސީ ބުންޏެވެ.

ޒަޚަމްވި ގިނަ މީހުންނަކީ ފިރެހެނުން ކަމަށާއި ނަމަވެސް އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

ސީރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮން ތުރުކީގެ ސިޓީއެއް ކަމަށްވާ ގަޒިއަންޓެޕްގައި ހުރި އަލްޖަޒީރާގެ ހާޝިމް އަހިލްބައްރާ ބުނި ގޮތުގައި ޤަރްޔަތައިންގައި، އެތައްހާސް އާއްމު ރައްޔިތުން އެމީހުންގެ ރައްކާތެރިކަމާމެދު ބިރުވެރިކަން އުފެދި ޓައުން ދޫކޮށް ދާން އުޅުމުން އައިއެސްއިން ވަނީ ހުރަސް އަޅާފައެވެ.

އޭނާ ބުނި ގޮތުގައި އަވަށް ދޫކޮށް ދާން އުޅުނު ބައެއް މީހުން އައިއެސްއިން ވަނީ މަރާލާފައެވެ.

އަހިލްބައްރާ ބުނީ އިދިކޮޅު އެކްޓިވިސްޓުންނާއި އެމީހުންގެ އާއިލާތަކުގެ މީހުން ގަރްޔަންޓައިންގައި މަރާލާފައިވާ ކަމަށެވެ.

"މިއީ އައިއެސް ހަނގުރާމަވެރިންގެ ބަދަލުހިފުމުގެ އަމަލެއް"ކަމަށް އޭނާ ބުނެއެވެ.

ހަމައެއާއެކު އައިއެސްއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް ސަރުކާރުން ވެސް އެ ޓައުންގައި އާއްމުން މަރާފައިވާކަމަށް ޚަބަރު ލިބިފައިވާކަމަށް އޭނާ ބުނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

13 އެޕްރީލު 2024

ޣައްޒާގެ ރެފިއުޖީން ތިބި ސްކޫލަކަށް ހަމަލާދީ އެތައްބަޔަކު ޝަހީދުކޮށްލައިފި

13 އެޕްރީލު 2024
ޣައްޒާގެ ރެފިއުޖީން ތިބި ސްކޫލަކަށް ހަމަލާދީ އެތައްބަޔަކު ޝަހީދުކޮށްލައިފި
25 މާރިޗު 2024

މޮސްކޯ ގައި އައިއެސްއިން ދިން ހަމަލާ މޮރޮކޯއިން ކުށްވެރިކޮށްފި

25 މާރިޗު 2024
މޮސްކޯ ގައި އައިއެސްއިން ދިން ހަމަލާ މޮރޮކޯއިން ކުށްވެރިކޮށްފި
02 ނޮވެމްބަރު 2023

ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އެތައްބަޔަކު ހިޔާވަހިކަން ހޯދަމުން އަންނަ އދ.ގެ ސްކޫލަކަށް އިސްރާއީލުން ބޮންއަޅައިފި

02 ނޮވެމްބަރު 2023
ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އެތައްބަޔަކު ހިޔާވަހިކަން ހޯދަމުން އަންނަ އދ.ގެ ސްކޫލަކަށް އިސްރާއީލުން ބޮންއަޅައިފި
16 ޖުލައި 2023

ދެކުނު ކޮރެޔާގެ ޓަނަލެއްގައި ފެންބޮޑުވެ އެތައްބަޔަކު މަރުވެއްޖެ

16 ޖުލައި 2023
ދެކުނު ކޮރެޔާގެ ޓަނަލެއްގައި ފެންބޮޑުވެ އެތައްބަޔަކު މަރުވެއްޖެ
30 ޖުލައި 2022

ކެންޓަކީ ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުން އެތައްބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

30 ޖުލައި 2022
ކެންޓަކީ ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުން އެތައްބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
06 ނޮވެމްބަރު 2020

ހޫތީ އިން ތާއިޒް އަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކު މަރުވެ އެތައްބަޔަކު ޒަހަމްވެއްޖެ

06 ނޮވެމްބަރު 2020
ހޫތީ އިން ތާއިޒް އަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކު މަރުވެ އެތައްބަޔަކު ޒަހަމްވެއްޖެ
23 އެޕްރީލު 2019

ލަންކާގެ ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުލާ ކަމަށް އައިއެސްއިން ބުނެފި

23 އެޕްރީލު 2019
ލަންކާގެ ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުލާ ކަމަށް އައިއެސްއިން ބުނެފި
26 ފެބުރުއަރީ 2019

ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރާ މެކްސިކޯގެ މީހަކު މަރާލުމާއި ގުޅިގެން އެތައްބަޔަކު މުޒާހަރާ ކޮށްފި

26 ފެބުރުއަރީ 2019
ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރާ މެކްސިކޯގެ މީހަކު މަރާލުމާއި ގުޅިގެން އެތައްބަޔަކު މުޒާހަރާ ކޮށްފި
03 މެއި 2018

އައިއެސްއިން ލީބިޔާގެ އިލެކްޝަންސް ކޮމިޝަނަށް ހަމަލާދީ 14 މީހުން މަރާލައިފި

03 މެއި 2018
އައިއެސްއިން ލީބިޔާގެ އިލެކްޝަންސް ކޮމިޝަނަށް ހަމަލާދީ 14 މީހުން މަރާލައިފި
23 މެއި 2017

މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން

23 މެއި 2017
މެންޗެސްޓަރ އެރީނާއަށް ދިން ހަމަލާގެ ޒިންމާ އައިއެސްއިން ނަގައިފި، ނަމަވެސް ހަމަލާ ދިނުމަށް ސީދާ އަމުރު ދިންކަން ޔަގީނެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް