Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީދީގެ ޝަރީއަތް

ޖެނަރަލް ދީދީގެ ޝަރީޢަތް: ދިފާއުގައި ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ޝަރީޢަތުން ދީދީ އަށް ދީފި

23 އޮކްޓޯބަރު 2017 | ހޯމަ 09:11

ދިފާއުގައި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ދީދީ އަށް ދިނީ ވަކީލް ބަދަލުވުމާ ގުޅިގެން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 23 އޮކްޓޯބަރު 2017 | ހޯމަ 09:11
އިބްރާހިމް ދީދީ

އިބްރާހިމް ދީދީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ މައްސަލައިގެ ދިފާއުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ޝަރީޢަތުން ދީދީ އަށް ދެއްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ މައްސަލައިގައި ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދިފާއުގައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ޝަރީޢަތުން ދީދީ އަށް ދީފައި މިވަނީ ދީދީގެ ވަކީލް ބަދަލުވުމާ ގުޅިގެން ދީދީގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.

Advertisement - newsAdvertisement

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ދީދީގެ ވަކީލް ސަފާ ޝަރީފް ވިދާޅުވީ އޭނާ މައްސަލައާ ހަވާލުވީ ވަރަށް ފަހުން ކަމަށާއި އެހެން ކަމުން ކުރިން ދީދީގެ ވަކީލް ދީދީގެ ދިފާއުގައި ޝަރީޢަތަށް ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔމެއްގެ އަސްލެއް ނުވަތަ ކޮޕީ އެއް ވެސް އޭނާގެ އަތުގައި ނެތް ކަމަށެވެ. އެހެން ކަމުން ކުރިން ދީދީވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތުން ދީދީގެ ދިފާއުގައި ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ކޮޕީ ލިބޭނެ ގޮތް ހައްދަވާ ދެއްވުން އެދޭ ކަމަށް ދީދީގެ އާ ވަކީލް ސަފާ ޝަރީފް ވިދާޅުވިއެވެ.

ސަފާ ވިދާޅުވީ ކުރިން ދީދީގެ ދިފާއުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި އަދި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ ބަޔާތްތައް ނުވަތަ އޯޑިއޯ ރިކޯޑިން ލިބުމުން އެ ވާހަކަތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ނުވަތަ މުރާޖާ ކުރުމަށް ފަހު އާ ހުށަހެޅުންތަކެއް ދިފާއުގައި ހުށަހަޅަން ޖެހިއްޖެނަމަ ހުށަހެޅުމުގެ ފުރުސަތު ބޭނުންވާ ކަމަށް ސަފާ ވިދާޅުވިއެވެ.

ދީދީގެ ވަކީލްގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ޖިނާއީ އިޖުރާޢަތުގެ ގާނޫނުގެ ދަށުން ލިބިދޭން ޖެހޭ ހުރިހައި ލުއިތަކެއް ދައުވާ ލިބޭ ފަރާތަށް ދިނުމަށް ދައުލަތުން އިއުތިރާޒް ނުކުރާ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ މީގެކުރިން ދިފާއުގައި ދީދީގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް އަލުން ދީދީ އަށް ދިނުން އެންމެ އެދެވިގެން ވަނީ ޝަރީޢަތުން ކަމަށެވެ. އަދި ދީދީގެ ވަކީލް ބަދަލުވެފައި ވާތީ އަލުން ދިފާއުގައި ލިޔެކިޔުންތަކެއް ހުށަހަޅަން ދިފާއުން ބޭނުން ވެއްޖެނަމަ އެކަމަށް ދައުލަތުން އިއތިރާޒް ނުކުރާ ކަމަށާއި ނަމަވެސް ދިފާއުން ހުށަހަޅާ ލިޔެކިޔުންތަކަށް ތައްޔާރު ވުމަށް ދައުލަތަށް ދެ ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މި ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އިބްތިދާއީ މަރުހަލާގެ ތެރެއިން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކާއި ނުވަތަ ދެއްކި ވާހަކަތަކުގެ ބަޔާންތައް ނުވަތަ އޯޑިއޯ ދޫނުކުރާ ކަމަށެވެ. ނަމަވެސް ކޯޓަށް އައިސް އެ ބަޔާންތައް ދިރާސާ ކޮށް ޝަރީޢަތުގެ މަޖިލީހުގައި ދައކާފައިވާ ވާހަކަތަކުގެ އޯޑިއޯ އަޑުއަހާ މުރާޖާ ކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޝަރީޢަތުން ވިދާޅުވީ ދިފާއީ ވަކީލް ބަދަލުވެގެން ދިފާއުގައި ކުރިން ހުށަހަޅާފައުވާ ލިޔެކިޔުންތައް އަލަށް އައްޔަން ކުރި ވަކީލަށް ލިބިފައި ނެތުމަކީ ޝަރީއަތުގެ މައްސަލަ އެއް ނޫން ކަމަށެވެ. އަދި ދިފާއުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ދިފާއުގައި ހުންނަން ޖެހޭނެ ކަމަށް ޝަރީޢަތުން ވިދާޅުވިއެވެ.

ޝަރީޢަތުން ވިދާޅުވީ ދައުވާ ލިބޭ ފަރާތަށް ގާނޫނުތަކުން ލިބޭ ލުއި ގޮތްތައް ޝަރީއަތުން އަބަދުވެސް ދޭނެ ކަމަށެވެ. އެގޮތުން ކުރިން ދީދީގެ ދިފާއުގައި ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިޔުންތައް ޝަރީޢަތުން ކޯޓް މެދުވެރިކޮށް ދީދީ އަށް ފޯރުކޮށް ދެއްވާނެ ކަމަށެވެ. އަދި ކުރިން ދިފާއުގައި ދީދީގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތައް ދީދީގެ އާ ވަކީލް ދިރާސާ ކުރުމަށް ފަހު އަލުން އާ ހުށަހެޅުންތަކެއް ދިފާއުގައި ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު ލިބިގެންވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ދީދީގެ ފަރާތުން ކުރިން ދިފާއުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލުޝަރީޢަތުން ބޭނުން ވެއްޖެނަމަ އެ ލިޔެކިޔުންތައް ދީދީގެ ފަރާތުން ޝަރީޢަތަށް ގެނެސްދޭން ޖެހޭނެ ކަމަށާއި އެކަން ކުރިން ދީދީގެ ވަކީލްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަކީލްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ޝަރީއަތުން ވިދާޅުވިއެވެ.

ޝަރީޢަތުން ވިދާޅުވީ ދީދީގެ ދިފާއުގައި ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް އަލުން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށާއި އޭގެ ފަހުން ދިފާއުގައި އެއްވެސް ލިޔެކިޔމެއް ހުށަހެޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޝަރީއަތުން ވިދާޅުވިއެވެ. އަދި ދީދީގެ ފަރާތުން ދިފާއުގައި ހުށަހަޅާ ލިޔެކިޔުންތަކުގެ ދެ ސެޓް ޝަރީޢަތަށް ހުށަހަޅަން ޖެހޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

ގާޒީ އަލީ އާދަމް ވިދާޅުވީ ދިފާއުން ހުށަހަޅާ ލިޔެކިޔުންތައް ކޯޓުން ދައުލަތަށް އަންނަ މަހުގެ އެއް ވަނަ ދުވަހު ފޯރުކޮށްދޭނެ ކަމަށާއި އަދި ދެން މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ ނޮވެންބަރުގެ މަހުގެ ނުވަ ވަނަ ދުވަހު 11:00 ގައި ކަމަށެވެ. އަދި އެ ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާ ބެހޭ ގޮތުން ތަފްސީލީ ގޮތުން ވާހަކަ ދެއްކުން ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ގާސިމްގެ ޝަރީޢަތް: ވީޑިއޯ ފިޔަވައި ގާސިމްއާ ދެކޮޅަށް އިތުރު ހެއްކެއް ނެތް

27 އެޕްރީލު 2017
ގާސިމްގެ ޝަރީޢަތް: ވީޑިއޯ ފިޔަވައި ގާސިމްއާ ދެކޮޅަށް އިތުރު ހެއްކެއް ނެތް
27 އެޕްރީލު 2017

ގާސިމްގެ ޝަރީޢަތް: ދައުވާ އަށް ޖަވާބްދާރީވުން މިއަދު

27 އެޕްރީލު 2017
ގާސިމްގެ ޝަރީޢަތް: ދައުވާ އަށް ޖަވާބްދާރީވުން މިއަދު
25 އެޕްރީލު 2017

ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި

25 އެޕްރީލު 2017
ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި
20 އެޕްރީލު 2017

ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި
19 އެޕްރީލު 2017

ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި

19 އެޕްރީލު 2017
ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި
13 އެޕްރީލު 2017

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

13 އެޕްރީލު 2017
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
04 އެޕްރީލު 2017

މައުމޫން ފެކްޝަންގެ ސެކްރެޓްރީ ޖެނަރަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި

04 އެޕްރީލު 2017
މައުމޫން ފެކްޝަންގެ ސެކްރެޓްރީ ޖެނަރަލް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް