Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނގުރާމަކުރުން

ސީރިއާ ހަނގުރާމާގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ ކުރި ދައުވާއިން ތިން މީހުން ސަލާމަތްވެއްޖެ

22 އޮކްޓޯބަރު 2017 | އާދީއްތަ 11:38

ތުރުކީއަށް ދިޔައީ ސީރިއާއަށް އެތެރެވެ ހަނގުރާމަ ކުރުމަށް ކަމަށް ބުނެ ކުރި ދައުވާއެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 22 އޮކްޓޯބަރު 2017 | އާދީއްތަ 11:38
ސީރިއާގައި ހަނގުރާމަކުރަމުންދާ ދިވެހިންތަކެއް، ގިނަ އަދަދެއްގެ ދިވެހިން އެގައުމުގައި އުޅޭ

ސީރިއާގައި ހަނގުރާމަކުރަމުންދާ ދިވެހިންތަކެއް، ގިނަ އަދަދެއްގެ ދިވެހިން އެގައުމުގައި އުޅޭ

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނާ ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސީރިއާއަށް އެތެރެވާން އުޅެނިކޮށް ތުރުކީއިން ރާއްޖެ ފޮނުވާލި ބައެއް ކަމަށް ބުނެ ދައުވާ ކޮށްފައިވަނީ، ލ. މާމެންދޫ، މުރިނގު، އަހުމަދު ލަތީފާއި، ގދ. ރަތަފަންދޫ، ނީލްވީލާ، އަހުމަދު ސުހައިލް މޫސާ އާއި، ތ. ގާދިއްފުށީ ސެނެރީގޭ، މުނައްވަރު އަބްދުﷲ ގެ މައްޗަށެވެ.

Advertisement - newsAdvertisement

މި ތިން މީހުންނަކީ ރާއްޖެއިން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނެ ފުރަތަމަ ކުރި ދައުވާ ރައްދުވާ މީހުންނެވެ.

މި ތިން މީހުންނަށް ކުރި ދައުވާގައި ބުނެފައި ވަނީ، ފެބުރުއަރީ 15، 2016 ވަނަ ދުވަހު ރާއްޖެއިން ފުރައިގެން މި ތިން މީހުން ތުރުކީއަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ސަރަހައްދުން ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ދައުވާއަށް ތިން މީހުން ވެސް އިންކާރު ކޮށްފައިވާއިރު، އެ މީހުން ބުނެފައި ވަނީ ތުރުކީއަށް ދިޔައީ ވިޔަފާރި ދަތުރެއްގައި ކަމަށެވެ. ސީރިއާއަށް އެތެރެވާން އުޅުނުކަން ސާބިތުކޮށްދިނުމަށް އެމީހުން ދައުލަތާ ޗެލެންޖް ކުރި ނަމަވެސް، ދައުލަތަށް އެކަން ސާބިތުކޮށް ދެވިފައެއް ނުވެ އެވެ.

މި މައްސަލައިގައި މިމަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ކުރެއްވި ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިން ދީފައިވާ ހެކި ބަހާއި ތަހުގީގަށް އެމީހުން ދިން ބަޔާންތަކުގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެމީހުން ތަހުގީގަށް ދިން ބަޔާންތަކަކީ އަމިއްލަ އިޚްތިޔާރެއް ނެތި ދީފައިވާ ބަޔާންތަކެއްކަން ދޭހަވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ އެ ތިން މީހުން ވެސް ތުރުކީގައި ހައްޔަރު ކުރެވުނުކަމީ ހަގީގަތަށްވާއިރު، ދައުވާ ސާބިތުކުރުމަށް އެންމެ މުހިންމު ލިޔުންތަކަކީ ތުރުކީގައި އެމީހުން ހައްޔަރުކުރެވުނުނަމަ އެކަން އެނގޭނެ ލިޔުންތަކެއް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ލިޔުމެއް ހޯދުމަށް ދައުލަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ އެއްވެސް ލިޔުމެއް ވެސް ހުށަހެޅިފައިނުވާ ކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެމީހުންގެ މުވާސަލާތުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުގައި ސީރިއާއަށް އެތެރެވެ، ސީރިއާގެ ބިމުގައި ތިބި ކަމަށް ދޭހަވާގޮތަށް ވާހަކަ ދެކެވިފައި އޮންނައިރު، މައްސަލައިގައި ހުށަހެޅިފައިވާ އެންމެހާ ކަމަކަށާއި ދައުވާގެ ސީޣާއަށް ބަލާއިރު ވެސް ސީރިއާގެ ބިމަށް އެމީހުން އެތެރެވެފައިނުވާކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބުނެފައިވަނީ، އެ މީހުން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ދީނީގޮތުން ސަމާލުވާންޖެހޭ ފަދަ ކަސިޔާރު ޙަމާސީ ވާހަކަތަކެއް އެކުލެވިފައިވާކަން ފާހަގަކުރެވުމަކީ، އެކަމަށް އެކަނި ރިއާޔަތްކޮށް ދައުވާލިބޭ ފަރާތްތަކުން ތުރުކީއަށް ފުރައިގެން ގޮސްފައިވަނީ ސީރިއާއަށް އެތެރެވެ، ސީރިއާގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަކަށް ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުކުރެވިދާނެ ކަމެއް ކަމަށް ޝަރީއަތަށް ނުބެލެވޭ ކަމަށެވެ.

މި ތިން މީހުންގެ އިތުރުން، އެހެން ބައެއްގެ މައްޗަށް ވެސް ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ ކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް