Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެނަރަލް ދީދީގެ ޝަރީޢަތް

ޖެނަރަލް ދީދީގެ ޝަރީއަތް: ޓެރެރިޒަމް ދައުވާގެ އަޑު އެހުމެއް ހޯމަ ދުވަހަށް ތާވަލް ކޮށްފި

21 އޮކްޓޯބަރު 2017 | ހޮނިހިރު 06:38

އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ދީދީ ކޮމާންޑް ކުރިކަން އެއްވެސް ލިޔުކިޔުމެއްގައި ބަޔާން ކޮށްފައެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 އޮކްޓޯބަރު 2017 | ހޮނިހިރު 06:38
ރައްޔިތުންގެ މަޖިލީޙުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު އިބްރާހީމްދީދީ ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީޙުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު އިބްރާހީމްދީދީ ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ އަޑު އެހުމެއް ހޯމަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމަށް ހޯމަ ދުވަހުގެ 10:00 އަށް އެކޯޓަށް ހާޒިރު ވުމަށް އަންގާފައެވެ.

Advertisement - newsAdvertisement

އޯގަސްޓް މަހުގެ 17 ވަނަ ދުވަހު މިމައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމުމަށް އޯގަސްޓް 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވެފައި ވަނީ މައްސަލައާ ގުޅޭ ގޮތުން ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތް ކުރާއިރު މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.

ޝަރީޢަތުގެ އަޑުއެހުމުގައި ދީދީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރެރިޒަމްގެ ދައުވާއަށް ދީދީ އިންކާރު ކުރާ ސަބަަބުތައް ބަޔާން ކޮށްދިނުމަށް ޝަރީޢަތުން ވަނީ ދީދީއަށް ފުރުސަތު ދީފައެވެ. އެގޮތުން ދައުވާއަށް އިންކާރުކުރާ ސަބަަބުތައް ބަޔާންކޮށް ވާހަކަ ދައްކަވަމުން ދީދީގެ ވަކީލް ވިދާޅުވީ ދައުލަތުން ދީދީގެ މައްޗަށް ކުރާ ޓެރެރިޒަމްގެ ދައުވާއާ ގުޅޭ ގޮތުން ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއްގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް މާލޭ އޭރިޔާގެ ކޮމާންޑަރުގެ ހައިސީއްޔަތުން ދީދީ އަމުރު ކުރިކަން ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

ހަމައެހެންމެ އަބްދުﷲ ގާޒީ ހައްޔަރުކޮށް ސިފައިންގެ ބެލުމުގެ ދަށުން ގިރިފުއްޓަށް ގެންދިޔައިރު ވެސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ދީދީ އަމަލީ ގޮތުން ބައިވެރިވެފައިވާކަން ދައުލަތުން ހުށަހެޅި އެއްވެސް ލިޔެކިޔުމެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށް ދީދީގެ ވަކީލް ވިދާޅުވިއެވެ.

މީގެއިތުރުން ދީދީގެ ވަކީލް ވިދާޅުވެފައި ވަނީ ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ދީދީއަށް އަމުރު ކުރިކަން ނުވަތަ ކޮމާންޑްކުރިކަން އެނގޭފަދަ އެއްވެސް ލިޔެކިޔުމެއްވެސް ނެތް ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް، ދީދީއަށް އަމުރު ކުރިކަން ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއްގައި ބަޔާން ކޮށްފައި ނުވާކަމަށް ދީދީގެ ވަކީލް ވިދާޅުވިއެވެ.

ދީދީގެ ވަކީލް ވިދާޅުވެފައި ވަނީ ސިފައިން އޭރު ހިންގި އޮޕަރޭޝަން އަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހާއްސަކޮށްގެން ހިންގި އޮޕަރޭޝަނެއް ނޫންކަން ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ކަމަށާއި އެ އޮޕަރޭޝަން އަކީ އޭރުގެ ހާލަތާ ގުޅޭ ގޮތުން ސިފައިން މުޅި ރާއްޖޭގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ދީދީގެ ވަކީލް ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް، ސިފައިންގެ އިސްވެރިންނާއެކު ބައްދަލުވުމެއް ބާއްވާ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށް ލަފާ ހޯއްދެވިކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ފިޔަވައި އެެހެން ހުރިހައި އޮފިސަރުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ދެކޮޅު ހެއްދެވި ކަމަށާއި އެހެން ކަމުން އަބްދުﷲ ގަޒީ ހައްޔަރު ކުރުމުގެ އެއްވެސް ނިޔަތެއް ނުވަތަ ބައިވެރިވުމެއް އަދި ލަފައެއް ދީދީ ދެއްވާފައި ނުވާކަން އެނގޭކަމަށް ދީދީގެ ވަކީލް ވިދާޅުވިއެވެ.

ދީދީގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލް ވިދާޅުވެފައި ވަނީ ސިފައިން ހިންގި އޮޕަރޭޝަންއަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނެއްކަން އޮޕަރޭޝަންގެ ރިޕޯޓުގައި ބުނެފައިވާ ކަމަށާއި އަދި ހިންގި އޮޕަރޭޝަންގައި މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހަމައްޖައްސާފައި ވަނީ ދީދީ ކަމަށެވެ.

ޝަރީޢަތުގެ މަޖިލިސް ނިންމަވާލެއްވުމުގެ ކުރިން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައި ވަނީ ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަަމަށް ޝަރީޢަތުން ކަނޑައަޅާފައި ވާތީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ޝަރީޢަތް ފެށުމުގެ ކުރިން ދިފާއުން ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެގޮތުން ދިފާއަށްއަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ޝަރީޢަތުން ވަނީ ދީދީއަށް ދީފައެވެ. އެހެން ކަަމުން ދިފާޢަށް ހުށަހެޅަން ޖެހޭ ލިޔެކިޔުންތައް ދީދީގެ ފަރާތުން ޝަރީޢަތަށް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހުގެ މުއްދަތަކީ އޯގަސްޓް 22 ވަނަ ދުވަހެވެ. އެ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ފަހުން އެ ފުރުސަތު ނުލިބޭނެ ކަމަށް ޝަރީއަތުން ދީދީ އަށް ޝަރީޢަތުން އެންގިއެވެ.

ދީދީގެ ވަކީލް ވިދާޅުވެފައި ވަނީ ދިފާއަށް ހުށަހެޅުމަށްޓަކައި އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްތަކުގެ ތަފްސީލް ރިޕޯޓް ބޭނުންވާ ކަމަށާއި އަދި އެ ރިޕޯޓްތައް ދައުލަތުގެ ފަރާތުން ދީދީއާ ހިއްސާ ކުރުމަށް ޝަރީޢަތުން އެންގެވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް