Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ "މިރައީސް" ޕްރޮގްރާމް

ޕީޕީއެމް އިން ބޭއްވި ޖަލްސާއަށް މީހުން ދިޔައީ ބިރު ދައްކައި މަޖުބޫރުކޮށްގެން: އާޒިމް

ރައީސް ޔާމީންގެ ޓީމުންގެ އަމަލުތައް ހުންނަވަނީ ޤާނޫނު އަސާސީއާ އެއްގޮތަށް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 އޮކްޓޯބަރު 2017 | ހޮނިހިރު 01:18
މެމްބަރު އަލީ އާޒިމް "މިރައީސް" ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

މެމްބަރު އަލީ އާޒިމް "މިރައީސް" ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ޕީޕީއެމް "ތައްޔާރު" ނަމުގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް މީހުން ގެންގޮސްފައިވަނީ ބިރު ދައްކައި، މަޖުބޫރު ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. މީހުންނަށް ބިރު ދައްކައިގެން ޖަލްސާއަށް ގެންދިއުމުގެ ބޭނުމަކީ ކޮބައިތޯ އާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ.

ހުކުރު ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން "މިރައީސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޕޯޑިއަމް ކައިރީގައި ވާހަކަދައްކަވަން ހުންނަވާއިރު ހަޑި މުޑުދާރު އަމަލުތައް ހިންގަވާ މަންޒަރު ފެނިގެންދާ ކަމަށެވެ. ރައީސް ޔާމީންގެ ޓީމުންގެ އަމަލުތައް ހުންނަވަނީ ޤާނޫނު އަސާސީއާ އެއްގޮތަށް ނޫން ކަމަށް ހާމަވެގެންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ބޭންކް އެކައުންޓްގައި ސަތޭކަ މިލައަންއަށް ވުރެ ގިނަ ފައިސާ ހުންނެވިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ ހުރި އެކައުންޓަކީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓެއް ކަމަށެވެ. އަދި މިހާރުވެސް އެ އެކައުންޓުގައި އެ ފައިސާ ހުރިކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކަނޑައެޅިގެން އެނގޭ މި ސަރުކާރަކީ އަދި ސަރުކާރު ހިންގަން ތިބި ވެރިންނަކީ ދިވެހިރާއްޖޭގައި މިހާ ހިސާބަށް ވެރިއަކު ވެރިކަން ކުރީއްޔާމުން، ވެރިއަކު ހުރެގެން ދިވެހިރާއްޖޭގެ ރައުސްމާލުން ފައިސާ ނެގިކަމަށްވިއްޔާ މި ދެމަފިރިންނަށްވުރެ ގިނައިން ވަކި ފައިސާ ނެގި ވެރިއަކު ނެތޭ އަޅުގަނޑުމެންނަށް ދަންނަވާލެވޭނެ" އާޒިމް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާހުރިކަމަށް އަލީ އާޒިމް ވިދާޅުވިނަމަވެސް އެކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް ރައީސް އޮފިހުން ހާމަކުރައްވާފައެއް ނުވެއެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، އެމަނިކުފަނަށް ލިބިވަޑައިގަންނަވާ ފައިސާއަކީ ހަދިޔާގެ ގޮތުގައި އެ މަނިކުފާނުގެ ސިޔާސީ ހަރަކާތްތައް ހިންގެވުމަށް ލިބިވަޑައިގަންނަވާ ފައިސާ ކަމަށެވެ.

އިތުރަށް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައްޔިތުންނަށް ހުރި ބޯހިޔާވަހީކަމުގެ ދަތިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމެއްގައި އަމިއްލައަށް ބިންގާ އަޅުއްވައިގެން ރައްޔިތުންނަށް ދޫކޮށްދެއްވި ފުލެޓްތަކެއް ނުހުންނާނެ ކަމަށެވެ. އިންސާފުވެރި ސަރުކާރެއް ޤާއިމުކުރެވެމުން ޤާނޫނާ ޙިލާފަށް ރައީސް ޔާމީންގެ ސަރުކާރުން ފުލެޓް ދޫކޮށްފައި ތިބި ރައްޔިތުން އަތުން އެ ފުލެޓްތައް އަތުލާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު