Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތައްބޫ

އަހަރެން އަޖޭއާ އެއްކޮށް ފިލްމެއް ކުޅެން ނޫނެކޭ ނުބުނާނަން: ތައްބޫ

އަޖޭ އާއި ތައްބޫގެ އާ ފިލްމް ހުކުރު ދުވަހު ވަނީ ސިނަމާތަކުގައި އަޅުވާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 އޮކްޓޯބަރު 2017 | ހުކުރު 18:49
ތާބޫ

ތާބޫ

މަޝްހޫރު އެކްޓަރ އަޖޭ ދޭވްގަންއާ އެއްކޮށް ފިލްމެއް ކުޅެން ނޫނެކޭ ނުބުނާނެ ކަމަށް ތައްބޫ ބުނެފިއެވެ.

ތައްބޫ ބުނީ އޭނާ އާއި އަޖޭއަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ ރަޙުމަތްތެރިން ކަމަށާއި މިއީ އަޖޭއާ އެއްކޮށް ފިލްމެއްގައި މަސައްކަތް ކުރުމަށް ލިބޭ އެންމެ ބޮޑު ފައިދާ ކަމަށެވެ. ތައްބޫ ވަނީ އަޖޭ އޭނާ އަށް ޑައިރެކްޓަރ ނުވަތަ ޕްރޮޑިއުސަރެއްގެ ރޯލް ހުށަހަޅައިފި ނަމަ އެކަން ކުރަން ވެސް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

އަޖޭ އާއި ތައްބޫ ވަނީ "ތަޝަކް"، "ހަގީގަތު"، "ގޯލްމާލް އެގެއިން" ފަދަ ފިލްމްތަކުގައި އެކީ ހަރަކާތްތެރިވެފައެވެ. އަހަރުތަކަކަށް ފަހު ތައްބޫ އާއި އަޖޭ އެކުގައި ފެނިގެންދާ "ގޯލްމާލް އެގެއިން" ހުކުރު ދުވަހު ވަނީ ސިނަމާތަކުގައި އަޅުވާފައެވެެ.

މި ދެ ތަރިން އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ތައްބޫ ވަނީ ބުނެފައެވެ. އެ ފިލްމް ޑައިރެކްޓްކުރާނީ "ޕިޔާރު ކާ ޕަންޗްނާމާ" އިން މަޝްހޫރުކަން ހޯދި ލަވް ރަންޖަންއެވެ.

ތައްބޫއަށް ވަނީ "ނެޝެނަލް ފިލްމް އެވޯޑް ފޯ ބެސްޓް އެކްޓްރަސް" ގެ އެވޯޑް ދެ ފަހަރަށް ލިބިފައެވެ. އަދި "ފިލްމް ފެއަރ އެވޯޑްސް" ހަ ފަހަރަށް އޭނާ ވަނީ ހާސިލްކޮށްފައެވެ.

ތާބޫ އެންމެ ފުރަތަމަ ފިލްމެއްގައި ހަރަކާތްތެރިވެފައި ވަނީ 1980 ވަނަ އަހަރުގައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
13 މާރިޗު 2017

ސާރާ ފިލްމް ކުޅެން ބޭނުން ވަނީ ރަންވީރާ އެކު

13 މާރިޗު 2017
ސާރާ ފިލްމް ކުޅެން ބޭނުން ވަނީ ރަންވީރާ އެކު
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު