Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އިންތިހާބު

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި: ހަސަން ލަތީފް

20 އޮކްޓޯބަރު 2017 | ހުކުރު 12:50

ޕާޓީގެ އިދާރީ ހިންގުން ޙަރުދަނާ ކުރަންޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 20 އޮކްޓޯބަރު 2017 | ހުކުރު 12:50
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީގެ އެތެރޭގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީ އާއި، ޗެއާޕާސަން ނައިބު އިދާރީގެ މަގާމު ހޮވުމަށް މިއަދު ބާއްވާ އިންތިހާބްގައި ވޯޓް ލެއްވުމަށް ފަހު ހަސަން ލަތީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މި ކުރަންޖެހޭ އިދާރީ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެ މަސައްކަތްތައް ކުރުމުގައި މި ދެ މަގާމަށް ހޮވޭ ބޭފުޅުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެ ދެ މަގާމަށް ދެ ބޭފުޅުން އިންތިހާބްވުމާ އެކު ޕާޓީގެ ހިންގުން އިތުރަށް ޙަރުދަނާވާނެ ކަމަށާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރާ މަސައްކަތަށް ހަލުވިކަމާ އެކު ކުރިއަށް ދާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމްޑީޕީން ކުރިއަށް ގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން

"އެމްޑީޕީގެ ސެކިރެޓްރޭޓްގެ އިދާރީ ވަރަށް ގިނަ މަސައްކަތަށް ކުރަންޖެހިފައި އޮތް ވަގުތެއް މި ވަގުތަކީ، އަޅުގަނޑުމެންނަން 2018 މި އޮތީ ބޯމަތިވެފައި، 2018 ގެ އިންތިހާބަށް ކުރިމަތިލުމަށްޓަކައި، އަޅުގަނޑުމެންގެ އެތެރޭގައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އަބަ އޮތް، އެހެންވެ މި މަސައްކަތް ވަރަށް ފުރިހަމައަށް ކުރުމަށްޓަކައި، އަޅުގަނޑުމެންނަން މި އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް،" ހަސަން ލަތީފް ވިދާޅުވިއެވެ.

އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުކުރު ދުވަހު ހަވީރު 3:00 އިން ފެށިގެން 6:00 އަށެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ އެ ޕާޓީގެ ގޮފިތަކަށާއި ރަށް ރަށުގެ އެމްޑީޕީގެ ކައުންސިލް މެމްބަރުންގެ އިތުރުން އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށެވެ. ޖުމްލަ 150 ވޯޓް ފޮށި ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އިންތިހާބްގައި ވަނީ ބަހައްޓާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައިވާއިރު ވާދަވެރި ކެމްޕެއިންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އިބްރާހިމް ވަހީދު (އެންސްޕާ ވަހީދު) އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

އެމްޑީޕީ ހަރުގޭގައި ވޯޓްލުން ކުރިއަށް ދަނީ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމާށް ކުރިމަތިލެއްވީ އަލީ ނިޔާޒް އެކަންޏެވެ. އެމަޤާމަށް އަލީ ނިޔާޒް އިންތިޚާބުވިކަން ރަސްމީކޮށް ކަށަވަރުވާނީ އިންތިޚާބުގައި ވޯޓު ނަގާއިރު މަދުވެގެން 10 ޕަސެންޓް ވޯޓު ލިބުމުންނެވެ. ނިޔާޒަކީ ކުރިން އެޕާޓީގެ ޗެއަރޕާސަން މާލީގެ މަޤާމްގައި ވެސް ހުންނެވި ބޭފުޅާއެވެ.

ޗެއަރޕާސަން ނައިބު އިދާރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ މެމްބަރޝިޕް ކޮމެޓީ އާއި ކެމްޕެއިން ކޮމެޓީ ޗެއަރކުރެއްވުން އަދި ޗެއަރޕާސަން ނެތިއްޖެ ހާލަތެއްގައި އެމަޤާމް ފުރުން ހިމެނެއެވެ.

މި އިންތިހާބްގެ ވޯޓްލުން މިއަދު 18:00 ގައި ނިމުމާ އެކު ވޯޓް ފޮށި ބެހެއްޓިފައި ހުންނަ ތަންތަނުގައި ވޯޓްގުނުމަށް ފަހު ވަގުތީ ނަތީޖާ އިއުލާން ކުރަން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް