Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓިވެކް ކޯސްތައް

ޓިވެކް ކޯސްތަކުގެ އޯޕަންޑޭ މި މަހު 21 އަދި 28 ގައި

ބ. އޭދަފުށީގައި އޯޕަންޑޭ އޮންނާނީ މަހުގެ 21 ވަނަ ދުވަހު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 15:06
ޓިވެކްގެ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފާއި ޓިވެކްގެ ކޮންސަލްޓަންޓް މޫސާ ޝާފިއު ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ޓިވެކްގެ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފާއި ޓިވެކްގެ ކޮންސަލްޓަންޓް މޫސާ ޝާފިއު ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

މަސައްކަތްތެރިކަމުގެ ރޮނގުން ޒުވާނުން ތަމްރީން ކުރުމުގެ މަގުސަދުގައި ކޯސްޓްލައިން ފައުންޑޭޝަނުން ހުޅުވާފައިވާ ޓެކްނިކަލް އެންޑް ވޯކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް)ގެ ކޯސްތަކުގެ އޯޕަންޑޭ މި މަހު ބޭއްވުމަށް ނިންމައިފި އެވެ.

ދިވެހި ޒުވާން މަސައްކަތްތެރިން ތަމްރީން ކުރުމަށްޓަކައި ބާ ކިހާދޫގައި ހުޅުވާފައިވާ ޓިވެކްގެ ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ހިލެއެވެ. މި ކޯސްތައް ފެށުމަށް ހަމަ ޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގަ އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ "ޙބަރުފީތާ" ޕްރޮގުރާމްގައި ޓިވެކްގެ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް ވިދާޅުވީ އެ ސެންޓަރުން ފަށާ ތިން ކޯހާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ އޯޕަންޑޭ ބ. އޭދަފުށީގައި މި މަހުގެ 21 ވަނަ ދުވަހު އޮންނައިރު ރ.އުނގޫފާރުގައި މި މަހުގެ 28 ވަނަ ދުވަހު ވެސް އޯޕަންޑޭ އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ އޯޕަންޑޭ އޮންނަ ދުވަހު ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމުގެ އިތުރަށް ކޯސްތަކުގައި ބައިވެރިވުމަށް ވެސް ފޯމް ހުށަހެޅޭނެ ކަމަށެވެ. ހަމަ އެހެންމެ މިހާރު ވެސް ޓިވެކްގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރުމަށް ފަހު މެއިލް ކޮށްގެން ވެސް ކޯހުގައި ބައިވެރިވުމަށް ހުށަހެޅިދާނެ ކަމަށެވެ.

" އަޅުގަނޑުމެންގެ މަގުސަދަކީ ވަކި ކުއްޖަކު ލައްވާ ވަކި ކަމެއް ކުރުވުމެއް ނޫން. މީގެ ބޭނުނަކީ މީގެ އެވެއާނަސް ކްރިއޭޓްކޮށް އެކުދިންނަށް ފަސޭހަވާނެތާ. އެތަނުން ފޯމް ފުރާފަ ލެވޭނެތާ. އަދި ފޯމް ހިފައިގެންގޮސް ފަހުން ވެސް ލެވިދާނެ،" އޭނާ ވިދާޅުވި އެވެ.

އެއްތަނެއްގައި ތިބެގެން ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށްވާތީ އެއް ފަހަރާ ހުރިހާ ކުދިންނަށް ޖާގަ ނުދެވިދާނެ ކަމަށާއި މިހާރު ކޮންމެ ކޯހަކުން އެއްފަހަރާ ލިބޭނީ 50 ޖާގަ ކަމަށް ވެސް ނަޒީފް ވިދާޅުވި އެވެ. ނަމަވެސް ކޯހަށް ހުށަހަޅަމުންދާ ކުދިންނަށް އޭގެ ފަހުން ވެސް ޖާގަ ދެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓިވެކްގެ ކޮންސަލްޓަންޓް މޫސާ ޝާފިއު ވިދާޅުވީ އެ ސެންޓަރުގައި ޓެކްނިކަލް އަދި ވޮކޭޝަން އެޑިއުކޭޝަންގެ އިތުރުން ތަފާތު ޓްރޭނިންތައް ހިންގާއިރު މައިގަނޑު ހަތަރު ޕްރޮގުރާމެއް އެ ސެންޓަރުން ހިންގާނެ ކަމަށެވެ.

"އޭގެ ތެރޭގައި މި ހިމެނެނީ އިލެކްޓްރިކަލް ވޯކްސް ޕްރޮގްރާމަކާ އިންޖީން ރިޕެއަރިން އެންޑް މެއިންޓެނަސް ޕްރޮގްރާމަކާ ރިފްރެޖެރޭޝަން އެންޑް އެއާކޮންޑިޝަނިން ޕްރޮގުރާމަކާ ޕްލަމްބިން ވޯކްސް ޕްރޮގްރާމެއް. ހަތަރު ޕްރޮގުރާމް ވެސް ހިންގަނީ ލެވެލް ތްރީ އެމްކިއުއޭ ސެޓްފިކެޓަކާ ހަމައަށް،" އޭނާ ވިދާޅުވި އެވެ.

މި ކޯސްތައް ހިންގުމަށް ހަމަ ޖެހިފައި ވަނީ ދަރިވަރުން ކޯހުގައި ކިޔަވަމުންދާއިރު އިތުރު ހުނަރުތައް ލިބިގެންދާނެ ގޮތައް ކަމަށް ވެސް ޝާފިއު ފާހަގަ ކުރެއްވި އެވެ. އަދި މި ކޯސްތަކުގައި ކިޔަވަދޭ މުއްދަތަކީ 15 ހަފްތާ ކަމަށް ވިއަސް ބައިވެރިވާ ކުދިން އިތުރަށް ދެތިން ހަފްތާ ތިބެން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރަށް އުމުރުން 16 އަހަރުން މަތީގެ ޒުވާނުންނަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު