Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ

ސަރުކާރާއި ވާދަވެރި ޚަބަރު ގެނެސްދޭ ފަރާތްތައް ނެތިގޮސްދާނެކަމުގެ ބިރު ވަނީ ބޮޑުވެފައި، ރާއްޖެޓީވީއަށް އެހީވުމަކީ މުހިންމު ކަމެއް: އެމްޑީޕީ

ރައްޔިތުންގެ ޚިޔާލު ބްރޯޑްކާސްޓްކޮށް އެޚަބަރުތައް ދުރާއި ގާތުން އާންމުކޮށް ފޯރުކޮށްދިނުމަކީ ޚަބަރުފަތުރާ ފަރާތްތަކުގެ ޒިންމާއެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 14:33
ރާއްޖެޓީވީގެ އަބުރު ފަންޑު ހުޅުވުން: އެމްޑީޕީން ވަނީ ރާއްޖެޓީވީއަށް އެހީވުމަށް އެދިފައި

ރާއްޖެޓީވީގެ އަބުރު ފަންޑު ހުޅުވުން: އެމްޑީޕީން ވަނީ ރާއްޖެޓީވީއަށް އެހީވުމަށް އެދިފައި

ސަރުކާރު ޒިންމާދާރުކޮށް ރައްޔިތުންގެ އަޑާއި، ރައްޔިތުންގެ ހިޔާލުތައް ބްރޯޑްކާސްޓްކުރުމަކީ މީޑިއާތަކުގެ ޒިންމާއެއް ކަމަށާއި، އެކަންކުރުމުގެ ސަބަބުން ރާއްޖެޓީވީ ޖޫރިމަނާކުރަނީ ޤާނޫނާ ހިލާފަށް ކަމަށް ބުނެ ރާއްޖެޓީވީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ދޯދިޔާ ކަމާއި ޢަބްދުﷲ ޔާމީންގެ ޚުދުމުހުތާރު ވެރިކަމަށް ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އިންތިހާއަށް ގިނަވެފައިވާ މިވަގުތުގައި އެ ފާޑުކިޔުންތަކުގެ ޚަބަރުތަކާއި ރައްޔިތުންގެ ޚިޔާލު ބްރޯޑްކާސްޓް ކުރުމަކީ ކުށެއް ކަމަށް ޤާނޫނާ ޚިލާފަށް ކަނޑައަޅައި ރާއްޖެ ޓީވީއަށް އަދަބު ދިނުމުގެ ގޮތުން ފުލުފުލުން އަތްނުފޯރާ މިންވަރަށް ޖޫރިމަނާކުރަމުން ގެންދާތީވެ، އެކަމަށް ފައިސާ ހޯދުމަށް އެ ޓީވީގެ ފަރާތުން ކުރިއަށް ގެންދަވާ "އަބުރުފުޅު" ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީން ބުނީ، ސަރުކާރުގެ ކަންކަމާ މެދު ރައްޔިތުންގެ ޚިޔާލު ބްރޯޑްކާސްޓްކޮށް އެ ޚަބަރުތައް ދުރާއި ގާތުން އާންމުކޮށް ފޯރުކޮށްދިނުމަކީ ޚަބަރުފަތުރާ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން މާލީ ބޮޑެތި އަދަބުތައް މީޑިޔާގެ ބެލެނިވެރި ފަރާތުން ޓީވީތަކަށް ދިނުމަކީ ދަށުދަރަޖައިގެ ޢަމަލެއް ކަމުގައި ދެކޭ ކަމަށާއި، ބްރޯޑްކާސްޓިން ކޮމިޝަންގެ މި ނޭއްގާނީ ޢަމަލުން އެ ކޮމިޝަނުގެ މުސްތަޤިއްލުކަން ގެއްލިފައިވާ މިންވަރު ހާމަވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ބުނީ، ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އަށް މާލީ ގޮތުން އަދަބުދީފައިވާ 3 ފަހަރު ވެސް އަދަބު ދީފައިވަނީ އެއްވެސް ރައްޔިތެއްގެ އަބުރާ ބެހުމުގެ ސަބަބުން ނޫން ކަމަށާއި އެއީ ހަމައެކަނި ސަރުކާރާއި ޢަބްދުﷲ ޔާމީނަށް ފާޑުކިޔާފައިވާ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުންކަން ވެސް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ސަރުކާރަށާއި ދައުލަތުގެ ބޮޑުންނަށް ފާޑު ކިޔުމަކީ ޑިމޮކްރަޓިކް ޤައުމުތަކުގެ މައިގަނޑު އަސާސެއްކަމަށްވާއިރު އެގޮތަށް ފާޑުކިޔުމުން އަދަބުދެވެނީ ހަމައެކަނި ދުނިޔެއަށް މަޝްހޫރު ޚުދުމުހުތާރު ޤައުމުތަކުގައި އެކަނިކަމަށް އެމްޑީޕީނން ބުނެފައި ވެއެވެ. އެ ޕާޓީން ބުނީ، އެފަދަ ކަންކަމުގެ ސަބަބުން ރާއްޖެ ޓީވީ އާއި ސަރުކާރާ ވާދަވެރި ޚަބަރުތައް ގެނެސްދޭ ފަރާތްތައް ނެތިގޮސްދާނެ ކަމުގެ ބިރު މިހާރު މިވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައި ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ރާއްޖެޓީވީ ފުރަތަމަ ފަހަރަށް ޖޫރިމަނާކޮށްފައި ވަނީ ދެ ލައްކަ ފަންސާސް ހާސް ރުފިޔާއިން ކަމާއި، ދެ ވަނަ ފަހަރަށް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އަދި ތިންވަނަ ފަހަރަށް ނުޙައްޤުން ފަސްލައްކަ ރުފިޔާ އަތުލުމަށް އަންގާފައި ވަނީ ރާއްޖެޓީވީ އަނދާ އަޅިޔަށް ހެދި ޖަރީމާ އަށް ހަތަރު އަހަރު ފުރި އިންސާފު ނުލިބުމުގެ ކަންބޮޑުވުން ފާހަގަ ކުރަމުން ގެންދިޔަ ދުވަހާ ދިމާކޮށްކަން އެމްޑީޕީން ފާހަގަކޮށްފައި ވެއެވެ. އެކަމުންވެސް އެނގެނީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީއަށް ދެމުންގެންދާ މާލީ ބޮޑެތި އަދަބުތަކަކީ ނުޙައްޤު އަދަބުތަކެއް ކަމާއި، ބްރޯޑްކާސްޓިން ކޮމިޝަނުގައި ޢަބްދުﷲ ޔާމީންގެ ސިޔާސީ ޙަރަކާތްތަކުގައި ފާޅުގައި ބައިވެރިވާ އެކްޓިވިސްޓުން ލުމުގެ ބޭނުމަކީ ވެސް އެއީ ކަންކަމުގައި ދެކޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރައުދާގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާތީ ތަހުގީގަށް ހުރަސް އެޅޭ: ފުލުހުން

06 އެޕްރީލު 2017
 ރައުދާގެ މަރާ ގުޅިގެން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާތީ ތަހުގީގަށް ހުރަސް އެޅޭ: ފުލުހުން
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
30 މާރިޗު 2017

ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް

30 މާރިޗު 2017
ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް
28 މާރިޗު 2017

ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް

28 މާރިޗު 2017
 ޖަލްސާ އަޑުއަހަން ނޫސްވެރިންނާއި އެހެން ފަރާތްތައް ނުވައްދަން ނިންމީ އެމްއެންޑީއެފް އިން: މަޖިލީހުގެ ނައިބް ރައީސް
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު