Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު19 އަހަރުން ދަށުގެ ޓީމު

ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމެއް 19 އަހަރުން ދަށުގެ ޓީމު އައްޑޫއަށް

19 އޮކްޓޯބަރު 2017 | ބުރާސްފަތި 12:52

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު އައްޑޫ ސިޓީއަށް ގޮސްފައިވަނީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 12:52
ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު އައްޑޫގައި ފަރިތަކުރުންތަށް ފުރިހަމަކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު އައްޑޫގައި ފަރިތަކުރުންތަށް ފުރިހަމަކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން

ރަހުމަތްތެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ރާއްޖޭގެ19 އަހަރުން ދަށުގެ ގައުމީ ޓީމު އައްޑޫ ސިޓީ އަށް ގޮސްފިއެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު އައްޑޫ ސިޓީއަށް ގޮސްފައި ވަނީ އެ ސިޓީން އެކުލަވާލި ޓީމާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށެވެ. އެފްއޭއެމްއިން ވަނީ އައްޑޫ ސިޓީ އެކި ރަށްތަކުން ކުޅުންތެރިން ހޯދުމަށް ފަހު އެ ސިޓީގައި 19 އަހަރުން ދަށުގެ ޓީމެއް އެކުލަވާލާފައެވެ. އެގޮތުން މި ޓީމަށް ކުޅުންތެރިން ހޮވާފައި ވަނީ ރާއްޖޭގެ ނަން މަޝްހޫރު ފަސް ކޯޗެއްގެ ބެލުމުގެ ދަށުން ބޭއްވި ޓްރައިލްތަކެއްގައި ކަމަށް އެފްއޭއެމްއިން ހާމަކޮށްފައި ވެއެވެ.

އައްޑޫ އިން އެކުލަވާލި ޓީމު އަދި 19 އަހަރުން ދަށުގެ ޓީމު ކުޅޭ މެޗުގައި ދެ ޓީމުން ވެސް ބޭނުންކުރާނީ ގައުމީ ޖޯޒީ ކަމަށާއި، އެގޮތުން ގައުމީ ޓީމުން ރަތް ކުލަ ބޭނުންކުރާއިރު، އައްޑޫގެ ޓީމުން ބޭނުންކުރާނީ ނޫ ޖޯޒީ ކަމަށް އެފްއޭއެމްއިން މައުލޫމާތުދެއެވެ. ހަމައެހެންމެ އައްޑޫގެ ޓީމުގެ ކޯޗުކަން ކުރާނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ކޭން ވަންލީ އެވެ.

ޒުވާން ޓީމުތައް ބިނާކުރުމަށް އެފްއޭއެމް އިން ކުރާ މަސައްކަތުގެ ދަށުން އެކުލަވާލި މި ޓީމުވެގެން ދާނީ 19 އަހަރުން ދަށުގެ ބެކަޕް ޓީމެއްގެ ގޮތުގައި ކަމަށާއި، އެޓީމު ބިނާކުރުމަށް އެފްއޭއެމް އިން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ. ހަމަމިއާ އެކު އައްޑޫ އިން އެކުލަވާލާ ޓީމުން ފާހަގަކުރެވޭ ކުޅުންތެރިންނަށް 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގައި 18 އަހަރުން ދަށުގެ ޓީމުން ވާދަކުރިއިރު ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފައެވެ. ހަމައެހެންމެ ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމު ވެސް އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގައި ވާދަކޮށް ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. މިކަމުގެ ސަބަބުން އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން އެ އިދާރާއިން ވަނީ ރާއްޖޭގެ ޒުވާން ޓީމުތަށް ބިނާކުރުމަށް މަސައްކަތް ފަށާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ބަދަލު ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް: ބަރަކާތު

29 މާރިޗު 2017
ބަދަލު ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް: ބަރަކާތު
13 މާރިޗު 2017

ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ

13 މާރިޗު 2017
ޔޫވީ ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން: މުރުތަލާ
13 މާރިޗު 2017

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
09 މާރިޗު 2017

ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ

09 މާރިޗު 2017
ވެލެންސިޔާ މެޗު ފަސޭހައެއް ނުވާނެ، ރަނގަޅު ކުޅުމެއް ދައްކަންޖެހޭ: ނިޒާމްބެ
07 މާރިޗު 2017

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

07 މާރިޗު 2017
 ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް