Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލަންކާގެ ހާލަތު ދަށަށް

"މި ދިރިއުޅުން މަތިން އަހަރެން ފޫހި ވެއްޖެ"

މަސް ނިންމާފައި ލިބޭ އާމްދަނީގެ ބޮޑު ބައެއް ދަނީ ކާބޯ ތަކެއްޗަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 8 އެޕްރީލު 2022 | ހުކުރު 19:18
ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ، ތަކެތީގެ އަގުތައްވަނީ އިންތިހާއަށް އުފުލިފައި

ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ، ތަކެތީގެ އަގުތައްވަނީ އިންތިހާއަށް އުފުލިފައި

ސްރިލަންކާއަށް މިހާުރު ދިމާވެފައިވާ އިގްތިސާދީ ދަތި ކަމުގެ އަސަރު ނުކުރާ އެންމެ ރައްޔިތަކުވެސް އެގައުމުގައި ނެތެވެ. މުއްސަންޖަކަސް ފަގީރަކަސް މި ދަތިކަމުގެ އިހުސާސް ކޮންމެވެސް މިންވަރަކަށް މިވަނީ ކުރަން ޖެހިފައެވެ. ލަންކާގެ މައި ސިޓީ ކޮލަމްބޯގައި ދިރިއުޅޭ ރައްޔިތުން ބުނަމުންދަނީ ކާބޯތަކެތީގެ އަގު އުފުލި އަތްނުފޯރާ ފަށަށް ދިޔުމުން ކުރިން އެމީހުން ކެއިން ބުއިމަށް ބޭނުންކުރަމުން އައި ތަކެތީގެ ދެބައިކުޅައެއްބަޔަށް މިހާރު މަދު ކުރަން ޖެހިފައިވާ ކަމަށެވެ. މެދުފަންތީގެ އާއިލާތަކާއި، ކެފޭ ރެސްޓޯރެންޓްތައް ހިންގަމުން އަންނަ މީހުންނަށް ވަނީ ގިނަ ވަގުތު ކަރަންޓާ ނުލާ އުޅެން މަޖުބޫރުވުމުން އެމީހުންގެ ވިޔަފާރިތައް ބަންދުކުރަން ޖެހިފައެވެ. އާމްދަނީ ލިބޭނެ ގޮތްތައް މިވަނީ ބަންދުވެފައެވެ.

"މުޅި ގައުމު މިވަނީ މުޅިން ހަލާކުވެފައި" ކޮލަމްބޯގެ ނުގެގޮޑާގައި ދިރިއުޅެމުން އަންނަ މީހަކު ބުންޏެވެ. "މަގުމަތީގައި އުޅޭ ކުއްތާތަކުގެ ހާލަތުވެސް އަހަރެމެންނަށްވުރެ ރަނގަޅު" އެމީހާ އިތުރަށް ބުންޏެވެ.

އެހެން މީހަކު ބުނީ ހުރިހާއެއްޗެއް އަގު އިންތިހާއަށް ބޮޑުކަމަށާ އެތަކެތި ގަތުމަށް އެމީހުންނަށް އެކަށީގެން ނުވާކަމަށެވެ.

ގާތްގަނޑަކަށް 22 މިލިއަނެއްހާ މީހުން އުޅެމުން އަންނަ ސްރިލަންކާގައި ބޭރު ފައިސާ ލިބުމުގެ ދަތިކަމާއެކު މިހާރު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅަކީ މިހާތަނަށް އެގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މިފަދަ ކާރިސާއެވެ.

ބޭރުފައިސާ ލިބުމުގެ ދަތިކަމާއެކު ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރަށްވަނީ ތެލާއި އެހެނިހެން މުދާ ގައުމަށާ އެތެރެކުރުމަށް ނުކުޅެދިފައެވެ. މިއާއެކު ގައުމު ތެލަށް ޖެހި އާއްމު ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސް ރައްޔިތުންނަށް ވަނީ 13 ގަޑިއިރަށްވުރެ ގިނައިރު ކަރަންޓާ ނުލާ އުޅެން މަޖުބޫރު ވެފައެވެ. އަދި މުޅި ގައުމު މިވަނީ ހުއްޓުމަކަށް އައިސްފައެވެ.

ތެލާއި ކައްކާ ގޭސް ހޯދުމަށް ކިއުގައި އެތައް ދުވަހަކު މަޑުކުރަން އާންމު ރައްޔިތުންނަށްވަނީ ޖެހިފައެވެ. ކިއުތަކުގައި ތިބި އާންމު ރައްޔިތުންގެ ތެރެއިން ދެމީހަކު މަރުވެގެންވެސް ރިޕޯޓްކޮށްފައިވެއެވެ. ބޭހުގެ އަގުވެސް އިންތިހާއަށް އުފުލި ބައެއް ބޭސްތައް މިހާރު ނުލިބެއެވެ.

މިހުރިހާކަމަކުން އަރައިގަތުމަށްޓަކައި ރާޖަޕަކްސަގެ ސަރުކާރުން އަންނަނީ އެހެން ގައުމުތަކުގެ އެހީއަށް އެދެމުންނެވެެ. މިގޮތުން އިންޑިއާއިންވަނީ 500 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ތެޔޮ ގަތުމަށް ފޯރުކޮށްދީފައެވެ. އަދި އެއް ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް، ޒަރޫރީ ބޭނުންތައް ހަމަޖެއްސުމަށް މާޗް މަހު އިންޑިއާއިންވަނީ ދީފައެވެ. އެހެންނަމަވެސް އިގްތިސާދީ މި ކާރިސާއިން އަރައި ގަތުމަށް މިއީ ކުޑަ މިންވަރެކެވެ.

އާންމު ރައްޔިތުންނަށް ؛މިހުރިހާ ކަމަކާ ކުރިމަތިލާން ޖެހުމުން ރުޅިގަދަވެ މަގުމަތީގައި އަންނަނީ ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންނެވެ. ރައީސް ގޮތަބަޔާ ރާޖަޕްކްސަގެ އިސްތިއުފާއަށް ގޮވާލައި މާރޗް މަހުން ފެށިގެން މުޅި ގައުމުގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގައި ހޭދަކުރަން ޖެހުނު 2 އަހަރު ދުވަހުން ލަންކާގެ އިގްތިސާދުގެ މަައިގަނޑު ދައުރެއް އަދާކުރާ ފަތުރުވެރިކަމަށްވަނީ އަސަރުކޮށްފައެވެ.

މަގުތަކުގައި މުޒާހަރާ ކުރަމުން އަންނަ ރައްޔިތުން ބުނަމުންދަނީ 26 އަހަަރުވަންދެން ތަމަޅައިންނާ ކުރި ހަނގުރާމައިގެ ދުވަސްވަރުވެސް މިއަށްވުރެ ހާލަތު ރަނގަޅު ކަމަށެވެ. މިއީ އެމީހުންގެ ހަނދާނުގައިވެސް ލަންކާއަށް އައި އެންމެ ތަދު ދުވަސްވަރުކަމަށް ރައްޔިތުންދަނީ ބުނަމުންނެވެ. އެ ހަނގުރަމާ ނިމުމަކަށް އައީ 2009ވަނަ އަހަރުއެވެ.

ނުގެގޮޑާގެ ރޭލު ޓްރެކްތައް ކައިރީ ދިރިއުޅެމުން އަންނަ ރައްޔިތުން ބުނަމުންދަނީ ކާނެ އެއްޗެއް ހޯދުމަށްވެސް މިހާރު ދަތިވެފައިވާ ކަމަށެވެ. ޕެންޑަމިކް ފެށުނު ފަހުން ގޭގޭގައި މަސައްކަތް ކޮށްގެން ގޭތެރޭގެ ޚަރަދުތަކާއި، ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުން އަންނަ ޗަންދްރާ ބުނީ، ހާލަތު މިހެން ދަށަށްދާނަމަ މާގިނަ ދުވަހެއް ނުވެ އޭނާގެ ބޭސްފަރުވާއަށްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. ޗަންދްރާ ދިރިއުޅެމުން އަންނަނީ ރޭލު ޓްރެކްތައް ކައިރީގައެވެ.

"މިއީ ބޮޑު ކާރިސާއެއް. ކިހިނެތް އަހަރެމެން މިގޮތަށް ދިރިތިބޭނީ؟" ތިން ކުދިންގެ މަންމަ ޗަންދްރާ ބުންޏެވެ.

ހަމަ އެ ސަރަހައްދުގައި ދިރިއުޅޭ ނިމާލް ބުނީ، މަސް ނިންމާފައި ލިބޭ އާމްދަނީގެ ބޮޑު ބައެއް ދަނީ ކާބޯ ތަކެއްޗަށް ކަމަށެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"މި ދިރިއުޅުން މަތިން އަހަރެން ފޫހި ވެއްޖެ" އޭނާ ބުންޏެވެ.

ކުރޮޅި ދުއްވައިގެން އާމްދަނީ ހޯދަމުން އަންނަ އުމުރުން 42 އަހަރުގެ ގަޔަން ކަންޗަނާ ބުނީ މިއީ އޭނާއަށް ފެނުނު އެންމެ ދަތި އުނދަގޫ ދުވަސްތައް ކަމަށެވެ. ދެކުދިންގެ ބައްޕަ ކަންޗަނާ ބުނީ ޕެޓްރޯ އަގު ބޮޑުވެ ދަތުރުގެ އަގު ބޮޑުވުމުން ކުރޮޅި ދަތުރެއްވެސް ލިބެނީ ވަރަށް މަދުން ކަމަށެވެ. އެހެން ކަމުން މިހާރު ލިބޭ އާމްދަނީއިން އާއިލާއަށް މަހާ، ޕާނާ ބިހުގެ އެއްވެސް ބާވަތެއް ކެއުމަށް ހޯދައި ނުދެވޭ ކަމަށެވެ.

"ކުރިން އަހަރެމެން ހަފްތާއަކު ތިންފަހަރު ކުކުޅު މަސް ކަން. އެކަމަކު މިހާރު މިކަނީ ހިކި މަހާއި ބަތް ކޮޅެއް" އޭނާ ބުންޏެވެ.

ލަންކާގެ ސެންޓްރަލް ބޭންކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ގައުމުގެ އިންފްލޭޝަން ރޭޓް ހުރީ 18.7 އިންސައްތައިގައެވެ. ކާބޯތަކެތީގެ އަގުވަނީ 30.2 އިންސައްތަ އުފުލިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުފަށަނީސް ވެމްކޯ ފެއިލްވެއްޖެ!

ނުފަށަނީސް ވެމްކޯ ފެއިލްވެއްޖެ!

02 އޯގަސްޓު 2017
އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

އަސޭލާގެ ސުވާލު:ރައީސް ޔާމީން ސިހުރު ގަބޫލުނުކުރައްވާނަަމަ، އަހަރެން ލައްވާ އެކަންކުރުވަންވީ ކީއްވެ؟

12 ޖުލައި 2017
ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު