Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަ ސުރުޚީ

ކުށްކުރާ މީހުންނަށް ސަރުކާރުން ފިޔަވަޅު ނާޅާނެކަން އެމީހުންނަށް އެނގޭ: ރިޔާޒް

ރައްޔިތުންނަށް އެބަ ފެނޭ ވެރިކަމުގައި ތިބި މީހުން ޤާނޫން އަސާސީއާ ޤާނޫންތަކަށް ބޯ ނުލަނބާކަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2017 | ހޯމަ 02:10
ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ކިނބިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ރިޔާޒް ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ބޮޑެތި ކުށްވެރިންނަށް ސަރުކާރުން ފިޔަވަޅު ނާޅާނެކަން އެ މީހުންނަށް އެނގުމަކީ ރާއްޖޭގައި މީހުން މެރުންފަދަ ބޮޑެތި ކުށްތައް ކުރުން ޢާއްމުވި ސަބަބުކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރކަންވެސް ހުންނެވި ރިޔާޒު، ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވިދާޅުވީ މި ޤައުމު މިއޮތީ ވަރަށް ކަންބޮޑުވާން ޖެހޭ ހާލަތެއްގައި ކަމަށާއި ހުރިހާ ކަމަކުންވެސް މިއޮތީ ޤައުމު ފެއިލްވެފައި ކަމަށެވެ. ޤާނޫނުއަސާސީއާއި ޤާނޫންތަކާ އެއްގޮތަށް ހިނގާ އެއްވެސް ކަމެއް ނެތި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށާއި އެއްވެސް ވަރަކަށް ހެޔޮވެރިކަމެއް ޤާއިމް ނުކުރެވިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއްވެސް ތަނެއްގައި ޢަދްލު އިންސާފް ޤާއިމް ނުކުރެވޭނަމަ އެތަނެއްގައި ކުށް ކުރުން ވަރަށް ގިނަ ވާނެ ކަމަށާއި ޚާއްޞަކޮށް ޤަބޫލް ކުރާ އުސޫލުތަކެއް ނެތުނީމާ ކުށްކުރުން އިތުރުވެގެންދާނެ ކަމަށެވެ.

" ރައްޔިތުންނަށް އެބަ ފެނޭ ވެރިކަމުގައި ތިބި މީހުން ޤާނޫން އަސާސީއާ ޤާނޫންތަކަށް ބޯ ނުލަނބާކަން. އަދި ކުށްކުރާ މީހުންނަށް އެބައެނގޭ އެކަން ނުކުރާކަން. ޤާނޫނު އަރާ ހަމަކޮށްފާނެކަމަށް އެއްވެސް ވަރެއްގެ ބިރެއް ޖެހިލުމެއްނެތި ކުށްކުރާމީހުން ކުށްކުރަމުންދަނީ" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ޤައުމީ ހިމާޔަތް ހޯދަދޭނެކަމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ އެއްވެސް ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުން ގޭންގްތަކުގެ މީހުންގެ ބޭނުން ހިފާތަން ފެންނަ ކަމަށެވެ. ޚާއްޞަކޮށް ސިޔާސީ މީހުންނަށް ބިރުދެއްކުމަށްޓަކައި ސަރުކާރުން ގޭންގްތަކުގެ މީހުން ބޭނުންކުރާ ތަން ފެންނަ ކަމަށާއި އެމީހުންނާމެދު އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ ސިޔާސީ މީހުންނަށް ބިރުދައްކަން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ގޭންގް މީހުންގެ ބޭނުން ހިފާތަން. އެއީ ޝައްކެތް ނެތް މިންވަރަށް އެނގޭ ކަންކަން." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ދިވެހި ފުލުހުންނަކީ ޤާބިލް ތޫނުފިލި ބައެއް ކަމަށާއި ގޭންގް ކުށްތައް ވެސް އަދި އެހެނިހެން ކުށްތައްވެސް ހުއްޓުވުމުގެ ޤާބިލްކަން ފުލުހުންގެ ހުންނާނެ ކަމަށެވެ. ނަމަވެސް އެމީހުންނަށް މިނިވަންކަމާއެކު މިހާރު އެކަން ކުރެވޭކަށް ނޯންނަ ކަމަށާއި ސިޔާސީ މީހުން އެމީހުންނަށް ނުފޫޒް ފޯރުވަމުންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު