Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީ ރޯކޮށްލި މައްސަލަ

ރާއްޖެޓީވީން ރޯކޮށްލުމުގެ މައްސަލައިގެ ފަހަތުގައި ތިބި މީހުން އެނގޭ ކަމަށް މުސްތަފާ ވިދާޅުވި މައްސަަލަ ފުލުހަށް ހުށަހަޅައިފި

12 އޮކްޓޯބަރު 2017 | ބުރާސްފަތި 11:40

މި މައްސަލަ ހުށަހަޅާފައިވަނީ މުސްތަފާ ދެއްކެވި ވާހަކަތަކަކަށް ބިނާކޮށްް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 11:40
ރާއްޖެޓީވީ ރޯކޮށްލި މީހުންގެ ސީސީޓީވީ ފޫޓޭޖުގެ ފޮޓޯއެއް

ރާއްޖެޓީވީ ރޯކޮށްލި މީހުންގެ ސީސީޓީވީ ފޫޓޭޖުގެ ފޮޓޯއެއް | ރެޑް ބުލް

ރާއްޖެޓީވީ ރޯކޮށްލުމުގެ ފަހަތުގައި ތިބި މީހުން އެނގޭ ކަަމަށް ބުނި މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް އެޑްރެސްކޮށް، ރާއްޖެޓީވީން ހުށަހެޅި މައްސައިގައި ބުނެފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު 07 ގައި ރާއްޖެޓީވީ ރޯކޮށްލީ، ލިބެމުންދިޔަ އިންޒާރުތަކުގެ މައްސަލަ ޕޮލިހަށް ހުށަހަޅައި، ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ވުމަށް ރައްކާތެރިކަމުގެ ގޮތުން ފުލުސް އޮފީހުގެ ފަރާތުން އެޅުއްވެން އޮތް ފިޔަވަޅެއް އަޅުއްވައި ދެއްވުމަށް އެދިފައިވަނިކޮށެވެ.

މި މައްސަލައަށް ހަތަރު އަހަރު ވެގެންދިޔަ އިރު އިންސާފެއް ނުލިބޭ ކަމަށް ރާއްޖެޓީވީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މި މައްސަަލައިގެ އަޑީގާ ތިބި ބައެއް ނުހޯދޭ އިރު ސަރުކާރަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ އޮކްޓޯބަރު 10 ވަނަ ދުވަހު ރާއްޖެޓީވީން ވަގުތުން ގެނެސްދިން އިވެންޓެއްގައި ވިދާޅުވި ވާހަކަތަކަކީ ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގެ ހަގީގަތް ހޯދަން ބާރު ލިބޭނެ ވާހަކަަތަކެއް ކަމަށް ރާއްޖެޓީވީއަށް ފުލުހަށް ފޮނުވި ސިޓީގައި ހާމަކޮށްފަ އެވެ. މުސްތަފާ ދެއްކެވި ވާހަކަތަކަކީ ތަހުގީގަށް މުހިއްމު ލީޑްތަކެއް ލިބިދާނެ ވާހަކަތަކެއް ކަމަށް ރާއްޖެޓީވީއަށް ގަބޫލު ކުރެވޭ ކަމަށާއި މުސްތަފާ ވިދާޅުވި ވާހަކަފުޅުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލައިވައި ދިނުމަށް އެދޭ ކަމަށް ރާއްޖެޓީވީން ބުނެ އެވެ.

ސިޓީ ފުލުސް އޮފީހަށް ހުށަހެޅުމަށްފަހު ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހު، ރާއްޖެޓީވީއާ ވާހަކަދައްކަވަމުން، މެންބަރު މުސްތަފާ ރާއްޖެޓީވީ ރޯކޮށްލުމުގެ އަޑީގައި ތިބި ބައެއް އެނގޭކަމަށް ވިދާޅުވި މައްސަލަ ހުށަހެޅީ ރާއްޖެޓީވީއަށް އިންސާފު ހޯދުމަށް ކަމަށެވެ.

މިފަދަ ނުރައްކާތެރި ޖަރީމާތަކަކީ، އެކަމުގައި ބޭރު ފުށުން ފެންނަން ތިބޭ ޒުވާން ދެތިން ކުއްޖަކު، އެކުވެގެން ކުރާ ކަމަކަށް ވުރެ ބޮޑަށް ބާރުގަދަ ބަޔަކު އަޑީގައި ތިބގެނެް ދުރާލާ ހިންގާ ޖަރީމާއެއް ކަމަށް ބުނެފައިވެ އެވެ.

އެހެން ނަމަވެސް ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ލިބެމުންދާ އިރު އިންސާފު ހޯދައި ދިނުމަށް އެކަށީގެންވާ ހަލުއި މިނެއްގައި މަސައްކަތްތައް ކުރިއަށް ނުދިއުމަކީ ހިތާމަކުރާ ކަމެއް ކަމަށް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖެޓީވީ ރޯކޮށްލި މައްސަލައިގައި ރާއްޖެޓީވީއަށް ވަނީ 11.65 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް