Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-އެމެރިކާ ގުޅުން

އެމެރިކާއާއެކު އެކުލަވައިލާ ވިޔަފާރީގެ އެއްބަސްވުން އޮތީ ނިމުމަކާ ގާތްވެފައި: އިންޑިއާގެ ވިޔަފާރިއާބެހޭ ވަޒީރު

27 ނޮވެމްބަރު 2026 | ހުކުރު 09:19

އިންޑިއާއާއި އެމެރިކާއާ ދެމެދު ގިނަ ދުވަސްތަކެއް ވަންދެން ކުރެވެމުންދާ ވިޔަފާރީގެ އެއްބަސްވުން ނިމުމަކާ ގާތްވެފައިވާ ކަމަށް އިންޑިއާގެ ވިޔަފާރިއާބެހޭ ވަޒީރު ޕިޔުޝް ގޯޔަލް ވިދާޅުވެއްޖެ. އެމެރިކާއިން އިންޑިއާގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރާނެ ކަމުގެ އިންޒާރު ދީފައިވާއިރު، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިވެ، އިންޑިއާގެ މައިގަނޑު އުފެއްދުންތަކަށް އެމެރިކާގެ ބާޒާރުން އިތުރު ފުރުސަތުތައް ފަހިވެގެންދާނެ

ނިއުސް ޓީމް
ނިއުސް ޓީމް | 27 ނޮވެމްބަރު 2026 | ހުކުރު 09:19
އިންޑިއާގެ ވިޔަފާރިއާބެހޭ ވަޒީރު ޕިޔުޝް ގޯޔަލް ސްވިޓްޒަލެންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ

އިންޑިއާގެ ވިޔަފާރިއާބެހޭ ވަޒީރު ޕިޔުޝް ގޯޔަލް ސްވިޓްޒަލެންޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަނީ | އޭޕީ

އެމެރިކާއާއެކު ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރެވެމުން އަންނަ ވިޔަފާރީގެ އެއްބަސްވުން ނިމުމަކާ ގާތްވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން ނޮވެންބަރު 27 ވީ ހުކުރު ދުވަހު ހާމަކޮށްފި އެވެ. އިންޑިއާއިން މި ކަން ހާމަކޮށްފައި މި ވަނީ، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ވިޔަފާރީގެ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ މުދަލުން ނަގާ ޓެރިފް ނުވަތަ އިންޕޯޓުޑިޔުޓީ ބޮޑުކުރާނެ ކަމުގެ އިންޒާރު ވޮޝިންގޓަނުން ދީފައި ވަނިކޮށެވެ.

ދެ ގައުމުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތަކަށް ހައްލު ލިބެން ފަށާފައިވާ ކަމަށް، ސިނާއީ މަހާސިންތާއެއްގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ވިޔަފާރިއާބެހޭ ވަޒީރު ޕިޔުޝް ގޯޔަލް ވިދާޅުވި އެވެ. "އެމެރިކާގެ ވިޔަފާރީގެ އެއްބަސްވުން މިހާރު އޮތީ ނިމުމަކާ ވަރަށް ގާތުގައި،" ގޯޔަލް ވިދާޅުވި އެވެ. "އެއްބަސްވުން ފައިނަލް ކުރުމަށް އަބަދުވެސް ހުރަހަކަށްވެފައި އޮތް އިޖުރާތުތަކާއި މަގުޗާޓަށް މިހާރު އަމަލީ ސިފައެއް އަންނަން ފަށައިފި."

Advertisement - worldAdvertisement

ގޯޔަލްގެ މި ވާހަކަފުޅުތައް އައިސްފައި ވަނީ، އެމެރިކާގެ ވިޔަފާރިއާބެހޭ މަންދޫބު ޖެއިމީސަން ގްރިއަރ ބުދަ ދުވަހު ދެއްވި ބަޔާނަކާ ގުޅިގެންނެވެ. ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ އިންޑިއާގެ މުދަލުން ނަގާނީ %17 ގެ ޓެރިފެއް ކަމަށް ގްރިއަރ ހާމަކުރެއްވި އެވެ. ނަމަވެސް، އެއްބަސްވުމަކަށް ނާދެވިއްޖެ ހާލަތެއްގައި އެ އަދަދު %25 އާ ހަމައަށް އުފުލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލަށް ހުށަހަޅާފައިވާ މި ޓެރިފްތަކަށް އަންނަ އަހަރު އަމަލުކުރަން ފެށުމުގެ ކުރިން، އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާއެއް ފުރިހަމަކުރަން ޖެހޭނެ އެވެ.

އެމެރިކާއަކީ އިންޑިއާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ އެވެ. ފެބުރުވަރީ މަހު ދެ ގައުމުގެ ދެމެދުގައި ވަގުތީ އެއްބަސްވުމަކަށް އާދެވުނު ފަހުން، ދާއިމީ ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމަށް ދެ ފަރާތުން އަންނަނީ މެދުނުކެނޑި މަޝްވަރާ ކުރަމުންނެވެ.

މި މަޝްވަރާތަކުގައި ނިއު ދިއްލީން އެންމެ ބޮޑަށް އިސްކަންދެނީ، އިންޑިއާގެ މައިގަނޑު އެކްސްޕޯޓް ދާއިރާތައް ކަމަށްވާ ފޭރާމާއި، ބޭސްވެރިކަމުގެ ސާމާނުގެ އިތުރުން އިންޖިނިއަރިންގ މުދަލަށް އެމެރިކާގެ ބާޒާރުން ފުރުސަތު ހޯދުމަށެވެ. މިއާއެކު، ވޮޝިންގޓަނުން ބާރުއަޅަމުން އަންނަނީ އެމެރިކާގެ އުފެއްދުންތަކަށް އިންޑިއާގެ ބާޒާރުން އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ވިޔަފާރީގެ އުސޫލުތައް ދެ ގައުމުގެ ދެމެދުގައި އެއްގޮތްކުރުމަށެވެ.

މަސްދަރު: ސީއެންއޭ

އިންޑިއާ-އެމެރިކާޕިޔޫޝް ގޯޔަލްޖެމީސަން ގްރީއާޓްރޭޑް އެގްރީމަންޓް

އެންމެ ހިނގާ

1

ސްޓޭޓް މިނިސްޓަރު ނާޒިމްގެ ތުހުމަތުތަކާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ސިޓީއެއް ދިވެހި ސަރުކާރަށް!

2

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

3

މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި

4

ބެންޣާޒީގައި ރަޝިއާގެ މަނަވަރަކަށް ދިން ހަމަލާގައި ލީބިޔާގެ ދެ ސިފައިން މަރުވެ، ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީ އިން ބާއްވާ އެއްވުން: ސްޓެލްކޯ އިން ބުނީ ކަރަންޓު ފޯރުކޮށްނުދެވޭނެ ކަމަށް!

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

އަދާނީގެ މައްޗަށް އުފުލި ޖިނާއީ ދައުވާތައް އެމެރިކާގެ ކޯޓަކުން ބާތިލްކޮށްފި

11 އޯގަސްޓު 2026
އަދާނީގެ މައްޗަށް އުފުލި ޖިނާއީ ދައުވާތައް އެމެރިކާގެ ކޯޓަކުން ބާތިލްކޮށްފި
08 ޖުލައި 2026

އިންޑިއާ-ރާއްޖެ އިންވެސްޓްމަންޓް އެއްބަސްވުން ފައިނަލް ކުރަމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރ ސައީދު

08 ޖުލައި 2026
އިންޑިއާ-ރާއްޖެ އިންވެސްޓްމަންޓް އެއްބަސްވުން ފައިނަލް ކުރަމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރ ސައީދު
24 މާރިޗު 2026

ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ޖައިޝަންކަރާއި، ރޫބިއޯ މަޝްވަރާ ކުރައްވައިފި

24 މާރިޗު 2026
ހުޅަނގު އޭޝިއާގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ ޖައިޝަންކަރާއި، ރޫބިއޯ މަޝްވަރާ ކުރައްވައިފި
08 އޮކްޓޯބަރު 2025

ވިޔަފާރީގެ އެއްބަސްވުން ކުރިއެރުވުމަށް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އިންޑިއާ އަށް

08 އޮކްޓޯބަރު 2025
ވިޔަފާރީގެ އެއްބަސްވުން ކުރިއެރުވުމަށް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އިންޑިއާ އަށް
08 އޮކްޓޯބަރު 2025

ޓްރަމްޕް އާއި ކާނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި

08 އޮކްޓޯބަރު 2025
ޓްރަމްޕް އާއި ކާނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި
06 ސެޕްޓެމްބަރު 2025

އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކަމަށް މޯދީ ވިދާޅުވެއްޖެ

06 ސެޕްޓެމްބަރު 2025
އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކަމަށް މޯދީ ވިދާޅުވެއްޖެ
03 ސެޕްޓެމްބަރު 2025

އެމެރިކާ އާ އެކު ކުރަމުން އަންނަ މަޝްވަރާތައް ކާމިޔާބު ކަމަށް އިންޑިއާ އިން ބުނެފި

03 ސެޕްޓެމްބަރު 2025
އެމެރިކާ އާ އެކު ކުރަމުން އަންނަ މަޝްވަރާތައް ކާމިޔާބު ކަމަށް އިންޑިއާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް