Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިންޑިއާ ގުޅުން

އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކަމަށް މޯދީ ވިދާޅުވެއްޖެ

މޯދީ ވިދާޅުވީ، އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމާ މެދު، ޓްރަމްޕް ދެއްވި ޚާއްސަ އަދި ރަނގަޅު ސްޓޭޓްމަންޓަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި، ކުރި މަގަށް ބަލާއިރު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް އޮތް ކަަމަށް ވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާއާއި އެމެރިކާގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ނަރެންދްރަ މޯދީއާއި ޓްރަމްޕް ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 08:15
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކަމަށް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިހެން ވިދާޅުވެފައި ވަނީ، އިންޑިއާގެ މުދަލުން 50 އިންސައްތައާ ހަމައަށް ޓެރިފް ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ފަހުން، ދެ ޤައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އިންޑިއާ އާއި އެމެރިކާއާ ދެމެދު އަންނަނީ، އެކަމާ ގުޅިގެން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިންޑިއާ އާއި އެމެރިކާގެ ގުޅުމާ ގުޅޭ ގޮތުން ނޫސްވެރިން ވަނީ ޓްރަމްޕްއާ ސުވާލު ކޮށްފަ އެވެ. އެ ސުވާލާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ، އަބަދު ވެސް އޭނާ ހުންނަވާނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި މޯދީ އަކީ ވަރަށް ރަނގަޅު ބޮޑު ވަޒީރެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އިންޑިއާ އާއި އެމެރިކާއާ ދެމެދު އަބަދު ވެސް އޮންނަނީ ވަރަށް ޚާއްސަ ގުޅުމެއް ކަމަށާއި، ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުމާ މެދު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމާ މެދު، ޓްރަމްޕް ދެއްވި ޚާއްސަ އަދި ރަނގަޅު ސްޓޭޓްމަންޓަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި، ކުރި މަގަށް ބަލާއިރު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް އޮތް ކަަމަށް ވެސް މޯދީ ވަނީ ވިދާޅުވެފަ އެވެ.

ހުސްވި ހަފުތާގެ ތެރޭގައި މޯދީ ވަނީ، ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާ އަށް ވަޑައިގެންފަ އެވެ. މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި މޯދީ ޗައިނާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ފާއިތުވި ހަފްތާގައި މޯދީ ވަނީ ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ 7 އަހަރު ފަހުން މޯދީ ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ މިއަހަރުގެ މެއި މަހުގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި ހިނގި އެންމެ ނުރައްކާތެރި ހަނގުރާމައިގައި ސުލްޙަ ޤާއިމު ކުރުމަށް އޭނާ ކުރެއްވި މަސައްކަތަށް، ނޯބެލް ސުލްޙައިގެ އިނާމު ލިބެން ވާނެ ކަމަށެވެ. ނަމަވެސް އިންޑިއާ އިން ބުނަމުން އަންނަނީ، އެ މައްސަލައިގައި ތިން ވަނަ ފަރާތެއްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

މަސްދަރު: އޭއެފްޕީ

ނަރެންދުރަ މޯދީ ޑޮނަލްޑް ޓްރަމްޕްއިންޑިއާ-އެމެރިކާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު