Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެންޔާ

ކެންޔާގެ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް އިދިކޮޅު ކެންޑިޑޭޓް އޮޑިންގާ ނިންމަވައިފި

އިންތިޚާބު އަލުން ބާއްވަން ތާވަލުކޮށްފައިވަނީ އޮކްޓޯބަރު 26 ގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2017 | ބުދަ 08:27
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ

ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ

ކެންޔާގެ ރިޔާސީ ރޭހުން އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ވަކިވެވަޑައިގަންނަވައިފި އެވެ.

ކެންޔާގެ ރިޔާސީ އިންތިޚާބު އޮކްޓޯބަރު މަހުގެ ތެރޭގައި އަލުން ބޭއްވުމަށް ތާވަލް ކޮށްފައިވަނިކޮށް، އިންތިޚާބުގައި ބައިވެރިވެވަޑައިނުގަތުމަށް އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ ނިންމެވީ، އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ވޯޓުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ވަގުތު ދިނުމާއި، އެންމެންނަށްވެސް ބަލައިގަނެވޭނެ ފަދަ އިންތިޚާބެއް ބޭއްވުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

ކެންޔާގައި 2017 ވަނަ އަހަރު އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސްޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ އެޤައުމުގެ ވެރިކަމުގައި ހުންނަވި އުހުރު ކެންޔައްޓާ އެވެ.

އޮޑިންގާ އިންތިޚާބުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު އޭނޭ އިތުރަށް ވިދާޅުވީ 26 އޮކްޓޯބަރު ގައި ބާއްވަން ތާވަލުކޮށްފައިވާ އިންތިޚާބު، ކުރިން ބާއްވައިފައިވާ އިންތިޚާބަށް ވުރެ ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކެންޔާގެ އިންތިޚާބާއި ދިމާކޮށް އިންތިޚާބާއި ބެހޭ ގާނޫނަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާއިރު ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ގާނުނު ހަދާ މަޖިލިސް ބޯއިކޮޓް ކުރާނެ ކަމަށެވެ.

ނަހަމަ ކަންކަން ހިންގާފައި ވާތީ ކަމަށް ބުނެ ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލުކުރި އިރު، ސުޕްރީމް ކޯޓުން ވަނީ 60 ދުވަހުގެ ތެރޭގައި އާ އިންތިޚާބެއް ބޭއްވުމަށް އަމުރުކޮށްފައެވެ. އެގޮތުން ކެންޔާގައި އަލުން ބާއްވާ އެގައުމުގެ ރިޔާސީ އިންތިޚާބު އޮކްޓޯބަރު 17 ވަނަ ދުވަހު ބާއްވަން އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ނިންމިއެވެ. ކެންޔާގެ އިލެކްޓޯރަލް ކޮމިޝަނުން ބުނެފައި ވަނީ އަލުން އިންތިޚާބު ބާއްވަނީ އެގައުމުގެ ސުޕްރީމް ކޯޓުގެ ނިންމުމަށް އަމަލުކުރުމުގެ ގޮތުން ކަމަށެވެ. މީގެ އިތުރުން އެ ކޮމިޝަނުން ބުނެފައި ވަނީ ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާގެ ނަންފުޅާއި މައި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާގެ ނަންފުޅާއި، ދެ ކެނޑިޑޭޓުންގެ ރަނިންމޭޓުންގެ ނަންފުޅު ކަމަށެވެ.

އެހެންނަމަވެސް ފަހުން އަޑުއިވިގެން ދިޔައީ ކެންޔާގައި އަލުން ބާއްވަން ތާވަލު ކުރި ރިޔާސީ އިންތިޚާބު އޮކްޓޯބަަރު 26 އަށް ފަސްކުރި ވާހަކައެވެ. ކެންޔާގެ އިލެކްޓޯރަލް ކޮމިޝަނުން ބުނާ ގޮތުން ރިޔާސީ އިންތިޚާބު އޮކްޓޯބަރު 26 އަށް ފަސްކުރީ ސުޕްރީމް ކޯޓުން އިންތިޚާބާ ގުޅޭ ގޮތުން ނެރުނު ރޫލިންގ އަށް އަމަލު ކުރުމަށް އިތުރަށް ވަގުތު ބޭނުން ވާތީއެވެ.

އޯގަސްޓް މަހު ކެންޔާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައި ވަނީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ އެވެ. އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާގައި، އިދިކޮޅު ކެނޑިޑޭޓް އޮޑިންގާ އަށް ވުރެ އިތުރަށް، 1.4 މިލިއަން ވޯޓު ރައީސް އުހުރު ކެންޔައްޓާ އަށް ލިބިވަޑައިގެންފައިވެއެވެ.

ކެންޔާ ވެފައި ވަނީ އެފްރިކާ ގައުމުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބެއް ބާތިލު ކުރި ފުރަތަމަ ގައުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެފްރިކާ ބައްރުގައި ބާއްވާ ރިޔާސީ އިންތިޚާބުތަކުގައި އާންމު ގޮތެއްގައި މިފަދަ ބޮޑެޓި މައްސަލަތައް ޖެހެއެވެ. އަދި އެއިރެއްގައި ހުންނަ ވެރިއެއްގެ ކޮޅަށް މައްސަލަތައް ނިންމުން އެއީ އާއްމު ކަމެކެވެ. އެހެންކަމުން ކެންޔާގެ މި މައްސަލަ ވެސް ފަހު ވަގުތު ނިމިގެންދާނީ ކެންޔައްޓާ ކޮޅަށް ކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު