Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުއިއްޒުއާއި މުއިއްޒުގެ ވަށާޖެހުނު "އިހުތިރާމް"

19 ނޮވެމްބަރު 2026 | ބުރާސްފަތި 13:42

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ދެއްކެވި ވާހަކަފުޅުތަކާއި އަމަލާ ދިމާނުވުމުގެ ސަބަބުން، އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައި. މަޖިލިސް މެޖޯރިޓީއާއި ވަޒީފާތަކުގެ ބޭނުން ހިފައިގެން ސިޔާސީ ބާރުވެރިކަން ހޯއްދެވި ނަމަވެސް، ރައްޔިތުންނަށް ވީ ވައުދުތަކަށް އިހުތިރާމް ނުކުރާތީ ގިނަ ބައެއްގެ އިތުބާރު ވަނީ ގެއްލިފައި. އެހެންކަމުން، މިއަދު ފެންނަމުންދަނީ ކުރިން ކުރި އިހުތިރާމުގެ ބަދަލުގައި ރައްޔިތުންގެ ނުރުހުން ސަރުކާރަށް ރައްދުވަމުންދާ މަންޒަރު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 ނޮވެމްބަރު 2026 | ބުރާސްފަތި 13:42
ހޮނިހިރު ދުވަހުގެ ރޭ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެއްޓެވުމުގެ ގޮތުން މޮނިއުމަންޓެއްގެ މަތީގައި ރައީސް މުއިއްޒު ދިއްލޭ ބޯޅަ އެއް ބާއްވަނީ

ހޮނިހިރު ދުވަހުގެ ރޭ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެއްޓެވުމުގެ ގޮތުން މޮނިއުމަންޓެއްގެ މަތީގައި ރައީސް މުއިއްޒު ދިއްލޭ ބޯޅަ އެއް ބާއްވަނީ | ރައީސް އޮފީސް

އިޚްލާސްތެރި ހިތަކުން އިހުތިރާމާއެކު ބުނަމެވެ. އިހުތިރާމަކީ އިހުތިރާމެވެ. އިހުތިރާމް ކުރެވޭނީ އިހުތިރާމް ލިބިގެންނެވެ. އިހުތިރާމް އަދާކުރެވޭނީ ވެސް އޭގެ ހައްގުވެރިންނަށެވެ. އިހުތިރާމަކީ ބޮޑު އަގުދީފައި ގަނެގެން ހޯދޭ އެއްޗެއް ނޫނެވެ. އަދި ދަނޑިމާރު އަޅައިގެން ގަދަކަމުން ކުރުވޭ ވެސް އެއްޗެއް ނޫނެވެ. އިހުތިރާމަކީ ވަށާ ޖެހޭ އެއްޗެކެވެ. އަނބުރާ ހޭރިޔާކޮށް އަރާ ހަމަކުރާ ވެސް އެއްޗެކެވެ.

އެބީދައިން ޑރ. މުއިއްޒު ވެރިކަން ހޯއްދެވުމަށް ލައްކަ ވާހަކަ ދެއްކެވި އެވެ. ވަރަށް އިހުތިރާމާއެކު އެވެ. އޭރު ވެރިކަން ހިނގަމުންދިޔަ ގޮތަށް ފާޑު ވިދާޅުވެ އެވެ. ކަންކުރާގޮތް ކަމުނުގޮސްގެންނެވެ. ބައެއް ފަހަރަށް ސާބިތު ނުހިފޭ ވާހަކަތައް ވެސް ދެއްކެވީ އެވެ. ވެރިކަން ހޯދަން އޭރުގެ ވެރިންގެ އިހުތިރާމަށް ބެއްލެވުމެއްނެތި އެވެ.

ވެރިކަން ބަދަލުވެ މުއިއްޒަށް ބާރު ލިބުނެވެ. ރައްޔިތުން ވެރިކަން ދިނީ މުއިއްޒު ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކޮށް ނުހަނު އިހުތިރާމާއެކުގަ އެވެ.

ވެރިކަން ކުރާން ފެށިގޮތުން މީހުން ފޫހިވާން ފެށި އެވެ. ކުރިން ދެއްކެވި ވާހަކަތައް މުޅިންހެން ބަދަލުވީތީ އެވެ. ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ހައްދަވަން ފެށްޓެވީމަ އެވެ. އެ ވާހަކަ އާއްމު ރައްޔިތުން އެ ދައްކާން ފެށީ އެހެން ވެގެންނެވެ. އެކަމަކު ނުހަނު އިހުތިރާމާއެކުގަ އެވެ. ކުރިން މުއިއްޒު ދެއްކެވި އިހުތިރާމްގެ އިމުގެ ތެރެއިންނެވެ.

މަޖިލިސް ހޯދަން ލައްކަ ކުޅިސަމާ ދެއްކި އެވެ. މެޖޯރިޓީ ނުލިބިއްޖިއްޔާ ސަރުކާރު ހިންގަން ދަތިވާނެކަމާއި ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ ކަންކަން ނުވާނެ ކަމަށް ބުނެ އެވެ. މަޖިލީހަށް ޕީއެންސީން ނެރުނު ކެންޑިޑޭޓުންގެ އިހުތިރާމްގަ އެވެ. އެވާހަކަ ގަބޫލުކޮށްގެން އެ މެންބަރުން ނަގައި ސުޕަރ މެޖޯރިޓީއެއް ދިނީ އެވެ. މުއިއްޒަށް ކުރި އިހުތިރާމެއްގެ އިތުރުން ކެނޑިޑޭޓުންނަށް އިހުތިރާމް ކޮށްފަ އެވެ. އެކަމަކު މަޖިލިސް ލިބުނީމާ މުއިއްޒަށް އިހުތިރާމް ކުރަން އެ މެންބަރުން ކަންކުރާން ފެށީ މުއިއްޒު ވިދާޅުވާ ގޮތަށެވެ. ވޯޓު ދިން އާއްމު ރައްޔިތުންގެ އިހުތިރާމް ބޮލާލާ ޖައްސަވާފަ އެވެ. އެ މެންބަރުން ކަންކުރައްވާ ގޮތުގެ ވާހަކަ އެ ރައްޔިތުން އެ ދައްކަނީ އެ އިހުތިރާމްގެ ބަދަލުގަ އެވެ. އެވެރިން އޭރު ދެއްކެވި ވާހަކައަށް އިހުތިރާމްކޮށްފަ އެވެ.

ސަރުކާރާއި މަޖިލިސް ހޯދެންދެން ލައްކަ މީހުންނަށް ހޭހަން ކޮށްދިނެވެ. ވަޒީފާތައް ވެސް ބަހާ އުޅުނީ ކާފަގެ މަސްބެހުމަށެވެ. އެދެ ބާރު ހޯދުމަށް އެވެރިންނާއި އެވެރިންގެ އާއިލާތަކުގެ އިހުތިރާމާއި ތާއީދު ހޯދުމަށެވެ. އެވެރިންގެ ބާރު ކެނޑުނީމާ އެމީހުން ދޫކޮށްލީ ދެން ގާތައް ގެންނާން ޖެހޭ މީހުން ގެންނާށެވެ. އެމީހުންނަށް ވަޒީފާގެ އިހުތިރާމް ދައްކައިގެން ކުރިންތިބި މީހުންގެ ވަޒީފާތަކުން ވަކިކޮށްފަ އެވެ. އިހުތިރާމަކަށް އިހުތިރާމް ގުރުބާންކޮށްފަ އެވެ. ދޯކާ ލިބުނު މީހުން އެވާހަކަ މިހާރު އެދައްކަނީ އެހެހެންވެގެންނެވެ. އެކަމަކު ނުހަނު އިހުތިރާމާއެކުގަ އެވެ.

އިހުތިރާމްގެ މަޝްރޫއު ވިލަރެސް ކުރެއްވި ވަޒިރަކީ ނުހަނު އިހުތިރާމް ކުރެއްވި ބޭފުޅެކެވެ. މުއިއްޒު ވެރިކަމަށް ގެނައުމަށެވެ. ފަންނާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު ހީނާ ވަލީދުގެ ދިޔަރެސް ނޫހުން ލައްކަ ރަނގަޅަށް އެ އިހުތިރާމް އަދާކުރި އެވެ. ބައެއް މީހުން މައިބަފައިންނާއި ދަރިން ގާތު ތިބެގެން އަޑުއަހާލަން ނުކެރޭވަރުގެ އިހުތިރާމްގެ ވާހަކަތަކެވެ. އިހުތިރާމާއެކު އެއްވެސް ހެއްކެތްނެތި ދެއްކި ވާހަކަތަކުންނެވެ. އެވެސް އިހުތިރާމެވެ. މުއިއްޒަށް ކުރާ އިހުތިރާމަކުން އަދާކުރި އެ އިހުތިރާމްގެ ބަދަލުގައި ހީނާ ވަލީދަށް އާއްމުން އެކިޔާ އެއްޗެއް އެ ކިޔަނީ އެ އިހުތިރާމްގެ އަލީގަ އެވެ. މުއިއްޒަށް ކުރި އިހުތިރާމުގައި އިހުތިރާމް އަދާކުރުމުގެ ގޮތުން މުއިއްޒު ދެއްވި ވަޒީފައިގައި ހުންނަވައިގެން ކަންކުރައްވާ ގޮތުންނެވެ. އެކަމަކު ނުހަނު އިހުތިރާމާއެކުގަ އެވެ.

ކެމްޕެއިންގައި އިހުތިރާމާއެކު އުޅުނު ޒުވާން ކުއްޖަކަށް ވެސް އޭގެ އިހުތިރާމްގެ ވަޒީފާއެއް ދީގެން ދުވަސްކޮޅަކު ރައީސް އޮފީހުގައި ވެސް ގެންގުޅުއްވި އެވެ. ވަރަށް އިހުތިރާމާއެކުގަ އެވެ. އެ ޒުވާން ކުއްޖާ ވެސް އުޅުނީ ނުހަނު އިހުތިރާމް އަދާކޮށްގެންނެވެ. އެކަމަކު އެ ދިމާވި ކަމަކާއެކު އެ މަންޖެ އެ ވަޒީފާއިން ވަކިކުރީ ވެސް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ. އެކަމަކު އެ މަންޖެ ނުކުމެ އެ ދައްކާން ފެށި ވާހަކައެއް ވެސް ދައްކާން އެ ފެށީ އެ މަންޖެ ވެސް އަދާކުރި އިހުތިރާމްގެ ބަދަލުގައި ލިބުނު އިހުތިރާމުންނެވެ.

ކޮންމެއަކަސް ކުރިން ވެސް ބުނިހެން އިހުތިރާމަކީ އިހުތިރާމެވެ. އިހުތިރާމް ލިބޭ ގޮތަކުން މެނުވީ އިހުތިރާމަކީ ލިބޭނޭ އެއްޗެއް ނޫނެވެ. އަދި އިހުތިރާމް އަދާކުރާ ގޮތުން ނުވަތަ އިހުތިރާމް ދޭގޮތުން އިހުތިރާމް އަންނާނީ ވެސް ބަދަލު ވެގެންނެވެ. ދުނިޔެވީ އެހަމައިން މުއިއްޒު ވަށާލާފައި އެވަނީ ވެސް އެފަދަ އިހުތިރާމްތަކުންނެވެ. މަވާ ސަލާމެވެ.

ޑރ. މުހައްމަދު މުއިއްޒުއިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

3

ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2026

އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު

18 ނޮވެމްބަރު 2026
އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު
15 ނޮވެމްބަރު 2026

އިހުތިރާމް އަދާކުރުމުގެ މަޝްރޫއުގެ ލޯގޯ ހޮވުމަށް ޕީއެސްއެމް އެއަރ މެދުވެރިކޮށް ބޮޑު ހޭދައެއް ކުރުވި ފަހުން، ވަނަ ނުހޮވަން ނިންމުމުން ބައިވެރިއެއްގެ ކަންބޮޑުވުން!

15 ނޮވެމްބަރު 2026
އިހުތިރާމް އަދާކުރުމުގެ މަޝްރޫއުގެ ލޯގޯ ހޮވުމަށް ޕީއެސްއެމް އެއަރ މެދުވެރިކޮށް ބޮޑު ހޭދައެއް ކުރުވި ފަހުން، ވަނަ ނުހޮވަން ނިންމުމުން ބައިވެރިއެއްގެ ކަންބޮޑުވުން!
15 ނޮވެމްބަރު 2026

އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު

15 ނޮވެމްބަރު 2026
އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު
13 ނޮވެމްބަރު 2026

އިހްތިރާމަކީ މަޖުބޫރުކޮށްގެން ދަސްކޮށްދެވޭނެ އެއްޗެއްތަ؟

13 ނޮވެމްބަރު 2026
އިހްތިރާމަކީ މަޖުބޫރުކޮށްގެން ދަސްކޮށްދެވޭނެ އެއްޗެއްތަ؟
15 އޯގަސްޓު 2026

ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު

15 އޯގަސްޓު 2026
ކުރިއަށް އޮތްތަނުގައި އިސްލާމްދީނާ ޚިލާފު ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުއިއްޒު
04 އޯގަސްޓު 2026

ކަށި ނެތް ދުލެއް އޮތީތީ، ހަމަ ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ، ލަދުވެތިކަމާއި އިޚުލާސްތެރިކަން ވެސް ހުންނަން ޖެހޭނެ!

04 އޯގަސްޓު 2026
ކަށި ނެތް ދުލެއް އޮތީތީ، ހަމަ ވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ، ލަދުވެތިކަމާއި އިޚުލާސްތެރިކަން ވެސް ހުންނަން ޖެހޭނެ!
09 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު

09 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރަކީ މަދިރި އަކަށްވުރެ ބަލި ސަރުކާރެއް: މެންބަރު ސަމީރު
10 މާރިޗު 2026

ހަގީގަތުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްގެން ގެންގުޅޭތާ އަހަރެއް ވީ: ޔައުގޫބް

10 މާރިޗު 2026
ހަގީގަތުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްގެން ގެންގުޅޭތާ އަހަރެއް ވީ: ޔައުގޫބް
08 މާރިޗު 2026

ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކްސްޕޯޓް ކުރުމުގެ ކޯޓާ އިންޑިއާއިން ރެކޯޑް މިންވަރަކަށް އިތުރުކޮށްފި

08 މާރިޗު 2026
ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކްސްޕޯޓް ކުރުމުގެ ކޯޓާ އިންޑިއާއިން ރެކޯޑް މިންވަރަކަށް އިތުރުކޮށްފި
06 މާރިޗު 2026

ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ

06 މާރިޗު 2026
ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް