Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމް

ހަގީގަތުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްގެން ގެންގުޅޭތާ އަހަރެއް ވީ: ޔައުގޫބް

10 މާރިޗު 2026 | އަންގާރަ 05:17

ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ ނެތް ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، އެ ފަރާތްތަކަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ޔައުގޫބް ތުހުމަތުކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 10 މާރިޗު 2026 | އަންގާރަ 05:17
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ.

ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ. | ރާއްޖެ އެމްވީ

ހަގީގަތުގައި ރާއްޖޭގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްގެން ގެންގުޅޭތާ އަހަރެއް ވެފައިވާ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ޔައުގޫބް ވިދާޅުވީ ޤާނޫނަށް ބަދަލު ގެނެސްގެންނާއި އުސޫލުތަކަށް ބަދަލު ގެނެސްގެން ކައުންސިލްގެ ބާރު ނަގާލުމަކީ މި ސަރުކާރަށް އާއްމު ކަމަކަށް ވެފައިވާ ކަމަށެވެ. ކައުންސިލްތަކަށް ކުޑަ މިނުން މިސްކިތް ފޮޅާ ސާފުކުރަން ވެސް މީހަކު ހޯދުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ފާހަގަކުރައްވާ ޔައުގޫބް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ޓެކްނިކަލީ މިހާރު އޮތީ ކައުންސިލް ސަސްޕެންޑްކޮށްފައި ޤާނޫނަށް ބަދަލު ގެނެސްގެން އެހެން ނަމެއްގައި. މި ސަރުކާރަކީ ނިޒާމަށް ނުފަރިތަ ނިޒާމް ނުދަންނަ ބައެއް. އެފަދަ ބަޔަކު ރައްޔިތުން ކުރިމައްޗަށް ކެންޑިޑޭޓޫން ނެރެނީ ކީއްކުރަންތޯ." އޭނާ ވިދާޅުވި އެވެ.

ޔައުގޫބް ވަނީ މި ސަރުކާރުން ޕޭޕަރ ވޯކް ބަދަލުކުރުން ނޫން ކަމެއް ނުކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ސަރުކާރަށް 3 އަހަރު ވާއިރު ވެސް ކުރެވުނު ކަމެއް ނެތް ކަމަށް ޔައުގޫބް ވަނީ ވިދާޅުވެފަ އެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ޕީއެންސީ އިން ލާމަރުކަޒީ ނިޒާމްގެ ސިޔާސަތުތައް ބަލައި ނުގަންނަ ކަމަށާއި އެކަންކަން ސަރުކާރުގެ އަމަލުތަކުން ފެންނަ ކަމަށް ޔައުގޫބް ވިދާޅުވި އެވެ. ޕީއެންސީގެ މެޖޯރިޓީ ނެތް ކައުންސިލެއް ނަމަ އެ ކައުންސިލެއްގެ ބާރުތައް ނަގާ، އެ ކައުންސިލްތަކަށް ފިއްތުންތައް ކުރިމަތިކުރުވަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ސަރުކާރު އުފެދުމާއި އެކު ޑިމޮކްރަސީ ރާއްޖެ އަށް އައުމުގެ ކުރިން އޮތް އެޓޯލްސް މިނިސްޓްރީ ވެސް ވުޖޫދަށް ގެނައި ކަަަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ބޭނުމަކީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް މައި ސަރުކާރުގެ ބާރު އިތުރުކުރުން ކަމަށް ޔައުގޫބް ވަނީ ވިދާޅުވެފަ އެވެ.

ޔައުގޫބު އަބްދުﷲދާންދޫޑރ. މުހައްމަދު މުއިއްޒުޕީއެންސީލާމަރުކަޒުކުރުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 މާރިޗު 2026

ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ

09 މާރިޗު 2026
ދޫނިތަކުގެ ކޯޅުން ބޮޑުވެ ދޫނިތައް ތަޅާފޮޅަނީ
08 މާރިޗު 2026

މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު

08 މާރިޗު 2026
މާލެ ވަނީ އާ ވިންދަކަށް ބޭނުން ވެފައި، އެމްޑީޕީ އިން ނުކުމެ ތިބީ އެ ވިންދު ބަދަލުކުރަން: ޝާހިދު
08 މާރިޗު 2026

އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން

08 މާރިޗު 2026
އެމްޑީޕީ ސަރުކާރުން މަކުނުދޫގައި އެއަރޕޯޓު އަޅަން ހިއްކި ސަރަހައްދު ހަލާކުވާތީ ޝާހިދުގެ ކަންބޮޑުވުން
08 މާރިޗު 2026

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިހާރު ރާއްޖެއަކު ނެތް: މެންބަރު ފަލާހު

08 މާރިޗު 2026
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިހާރު ރާއްޖެއަކު ނެތް: މެންބަރު ފަލާހު
08 މާރިޗު 2026

ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކްސްޕޯޓް ކުރުމުގެ ކޯޓާ އިންޑިއާއިން ރެކޯޑް މިންވަރަކަށް އިތުރުކޮށްފި

08 މާރިޗު 2026
ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކްސްޕޯޓް ކުރުމުގެ ކޯޓާ އިންޑިއާއިން ރެކޯޑް މިންވަރަކަށް އިތުރުކޮށްފި
06 މާރިޗު 2026

މަޖިލިސް އިންތިޚާބު ލިބުމުން ވެސް ޑޮލަރުގެ އަގު ތިރި ނުވަނީތޯ އާއްމު މީހަކު ކުރި ސުވާލަށް ޖަވާބު ނުދެއްވާ ސައީދު ފިއްލަވައިފި

06 މާރިޗު 2026
މަޖިލިސް އިންތިޚާބު ލިބުމުން ވެސް ޑޮލަރުގެ އަގު ތިރި ނުވަނީތޯ އާއްމު މީހަކު ކުރި ސުވާލަށް ޖަވާބު ނުދެއްވާ ސައީދު ފިއްލަވައިފި
06 މާރިޗު 2026

ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ

06 މާރިޗު 2026
ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ
05 މާރިޗު 2026

ހަނގުރާމަ ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

05 މާރިޗު 2026
ހަނގުރާމަ  ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު
05 މާރިޗު 2026

ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

05 މާރިޗު 2026
ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
05 މާރިޗު 2026

މާޅޮސްމަޑުލު އުތުރުބުރީ "އުނގުލު" އެ އަތޮޅު "އުނގޫފާރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

05 މާރިޗު 2026
މާޅޮސްމަޑުލު އުތުރުބުރީ "އުނގުލު" އެ އަތޮޅު "އުނގޫފާރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް