Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހުތިރާމް މަޝްރޫއު

އިހުތިރާމް އަދާކުރުމުގެ މަޝްރޫއުގެ ލޯގޯ ހޮވުމަށް ޕީއެސްއެމް އެއަރ މެދުވެރިކޮށް ބޮޑު ހޭދައެއް ކުރުވި ފަހުން، ވަނަ ނުހޮވަން ނިންމުމުން ބައިވެރިއެއްގެ ކަންބޮޑުވުން!

15 ނޮވެމްބަރު 2026 | އާދީއްތަ 12:02

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯ ހޮވުމަށް ޕީއެސްއެމް އެއަރ މެދުވެރިކޮށް ބޮޑު ހޭދައެއް ކުރުވި ފަހުން، އާންމުންގެ ތަރުހީބު ނެތް ކަމަށް ބުނެ ވަނަ ނުހޮވަން ނިންމުމުން ބައިވެރިން ކަންބޮޑުވުން ފާޅުކޮށްފި. މި މުބާރާތުގެ ބައިވެރިންނަށް އެންގުމެއް ނެތި ވަނަ ނުހޮވަން ނިންމައި، މަޝްރޫއު އިފްތިތާހު ކުރިއިރު ބޭނުންކޮށްފައިވަނީ މުޅިން އައު ލޯގޯއެއް. އެހެންކަމުން، މިއީ އާންމުންގެ އަތުން ފައިސާ ހޯދުމަށް ހިންގި ސްކޭމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތުކުރޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 15 ނޮވެމްބަރު 2026 | އާދީއްތަ 12:02

އެތައް ހާސް ރުފިޔާއެއް ހަރަދުކޮށްފައި ވަނިކޮށް، އިހުތިރާމު މަޝްރޫއަށް ލޯގޯ ފަރުމާކުރުމުގެ މުބާރަތުގައި ވަނަ ނުހޮވަން ނިންމުމާއި ގުޅިގެން ބައިވެރިއެއްގެ ކަންބޮޑުވުން! | ރާއްޖެ އެމްވީ

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯ ފަރުމާކުރުމުގެ މުބާރަތުގައި ވަނަ ނުހޮވަން ނިންމުމާއި ގުޅިގެން އެ މުބާރަތުގައި ބައިވެރިވި މީހަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި އިހުތިރާމް އަދާކުރުމުގެ މަޝްރޫއަށް ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އެގޮތުން އެ މަޝްރޫއަށް އެންމެ މޮޅު ލޯގޯއެއް ފަރުމާކުރާ ފަރާތަކަށް 60،000 ރުފިޔާގެ އިނާމެއް ދިނުމަށް ވެސް ހެރިޓޭޖް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

Advertisement - newsAdvertisement

މި މަޝްރޫއަށް 22 ފަރާތަކުން ވަނީ ލޯގޯ ހުށަހަޅާފަ އެވެ. އަދި ފަނޑިޔާރުންގެ އިވެލުއޭޝަނަށް ފަހު ޝޯޓްލިސްޓް ކުރި 10 ލޯގޯއަށް ވޯޓު ދިނުމުގެ ފުރުސަތު ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށް އޮކްޓޫބަރު މަހުގެ 16އިން 29އަށް ހުޅުވާލާފައިވެ އެވެ. 

ހަމައެއާއެކު، ފަނޑިޔާރުންގެ މާކްސާއި އާންމުންގެ ވޯޓުން އެންމެ ކުރި ހޯދި ފަސް ލޯގޯއެއް ޝޯޓްލިސްޓްކޮށް، އަނެއްކާ ވެސް އެ ފަސް ލޯގޯއަށް ޕީއެސްއެމް އެއަރ މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. 

އިހުތިރާމް އަދާކުރުމުގެ މަޝްރޫއަށް ލޯގޯ ހުށަހެޅި ފަރާތެއް ކަމަށްވާ އަލީ އަހުމަދު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ވަނީ އެއްވަނަ ހޮވަން އޮތް ދުވަހު ރައްޔިތުންގެ މާބޮޑު ތަރުހީބެއް ނެތް ކަމަށް ބުނެ ލޯގޯ ބޭނުން ނުކުރާނެ ކަމަށް ނޫހެއްގައި ޖަހާފައި އޮއްވާ ފެނުނު ކަމަށް ބުނެފަަ އެވެ. 

އޭތި ދިޔައީ ގަދަ 5 ކާއި ހަމައަށް، ގަދަ 10ން ގަދަ 5ށް ގޮސްފައި ގަދަ 5ން އޭތި ހޮވަން ވީ ދުވަހުގައި އޭތި މި ބަދަލުކޮށްލަނީ އެއްވެސް ކަހަލަ ތަރުހީބެއް ނެތޭ ކިޔާފައި. ގަދަ 10ށް ދިޔާމަ ދެން އޮތީ ޖަޖުންގެ 50 ޕަސަންޓާއި ވޯޓުގެ 50 ޕަސަންޓާއި، ވޯޓު ކުރަން ޖެހެނީ ޕީއެސްއެމް އެއަރ މެދުވެރިކޮށް، ކޮންމެ ވޯޓަކީ 3 ރުފިޔާގެ ގޮތުގައި. ގާތްގަނޑަކަށް އަޅުގަނޑަށް ކުރެވުނު 25،000ށް ރުފިޔާގެ ވޯޓު ގަދަ 5 ގައި
އަލީ އަހުމަދު

އޭނާ މައުލޫމާތު ދިން ގޮތުގައި ގަދަ 5 ގެ އިތުރުން ގަދަ 10 ގައި ވެސް ވޯޓުލުމަށް ގިނަ އަދަދަކަށް ފައިސާ ހަރަދުކުރި އެވެ. މީގެ އިތުރުން، ވަނަ ނުހޮވަން ނިންމިކަން ބައިވެރިންނަށް ނާންގާ ކަމަށް އޭނާ ބުންޏެވެ. 

އެވެސް އަޅުގަނޑުމެންނަކަށް ނާންގާ މެސެޖެއްހާ މިންވަރު ވެސް އަޅުގަނޑުމެންނަކަށް ކޮށްނުލާ، މިހެން މިހެން އެބަ ހަދަމޭ ނޫނީ، މިހެން މިހެން އެބަ ވަމޭ. ދެން ކުއްލިއަކަށް އަޅުގަނޑުމެންނަށް ފެންނަނީ އޮންލައިން ނޫހެއްގައި ޖަހާލާފައި މި އިންނަނީ މިހެން މިހެން ހަދާ ނިންމާލާފީމޭ މިކަންތައް 
އަލީ އަހުމަދު

އެސްއެމްއެސް ކުރުމަށް ހަރަދުކުރި ފައިސާ ވެސް ލިބިފައި ނުވާ ކަމަށާއި، ލޯގޯ ހެދި ކުދިންގެ އަގު ވަޒަން ކުރާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނި ނަމަވެސް އިހުތިރާމް އަދާކުރުމުގެ މަޝްރޫއު އިފްތިތާހު ކުރި ޖަލްސާއަށް ދައުވަތު ވެސް ނުދޭ ކަމަށް އޭނާ މައުލޫމާތު ދިނެވެ. 

މީގެ އިތުރުން، އޭނާ ވަނީ މިކަމަކީ ސްކޭމެއް ގޮތުގައި ސިފަކޮށްފަ އެވެ. އެގޮތުން، ވޯޓުލުމަށް ގިނަ އަދަދަކަށް ފައިސާ ހަރަދުކޮށްފައި ވަނިކޮށް ވަނަ ނުހޮވަން ނިންމުމާއި ގުޅިގެން އާންމު ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމަކީ ސަރުކާރުން ފައިސާ ހޯދަން ކުރި ކަމެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ސިފަ ކުރެ އެވެ.

އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ލޯގޯތަކަށް އާންމުންގެ ފަރާތުން އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން، އެއްވެސް ލޯގޯއެއް ބޭނުން ނުކުރުމަށް ހެރިޓޭޖް މިނިސްޓްރީން ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު ނިންމާފައިވީ ނަމަވެސް މި މަޝްރޫއު އިފްތިތާހު ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވަނީ އައު ލޯގޯއެއް އިފްތިތާހުކޮށްފަ އެވެ. 

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުހެރިޓޭޖް މިނިސްޓްރީ

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2026

އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު

15 ނޮވެމްބަރު 2026
އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު
13 ނޮވެމްބަރު 2026

އިހްތިރާމަކީ މަޖުބޫރުކޮށްގެން ދަސްކޮށްދެވޭނެ އެއްޗެއްތަ؟

13 ނޮވެމްބަރު 2026
އިހްތިރާމަކީ މަޖުބޫރުކޮށްގެން ދަސްކޮށްދެވޭނެ އެއްޗެއްތަ؟
15 ސެޕްޓެމްބަރު 2026

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި ހުރި އިސްލާމީ އާސާރުތަށް އަޅާނުލެވި ދޫކޮށްލެވިފައި!

15 ސެޕްޓެމްބަރު 2026
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، ރާއްޖޭގައި ހުރި އިސްލާމީ އާސާރުތަށް އަޅާނުލެވި ދޫކޮށްލެވިފައި!
17 އޯގަސްޓު 2026

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

17 އޯގަސްޓު 2026
ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!
27 ޑިސެމްބަރު 2025

ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު

27 ޑިސެމްބަރު 2025
ގައުމީ ދާރުލްއާސާރުގެ ދޮރުމަތީ ގައި ސަތަރި އަޅައި ބަންދުކޮށްފައިވަނީ ކޮން ބައެއް ކަން އަދިވެސް ވަޒީރަށް ބުނެ އެއް ނުދެވުނު
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
20 އޮކްޓޯބަރު 2025

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

20 އޮކްޓޯބަރު 2025
ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު
30 އެޕްރީލު 2025

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

30 އެޕްރީލު 2025
ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
16 އެޕްރީލު 2025

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު

16 އެޕްރީލު 2025
ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު
25 އެޕްރީލު 2024

އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

25 އެޕްރީލު 2024
އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް