Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު

އިހްތިރާމަކީ މަޖުބޫރުކޮށްގެން ދަސްކޮށްދެވޭނެ އެއްޗެއްތަ؟

13 ނޮވެމްބަރު 2026 | ހުކުރު 11:03

ސަރުކާރުން ފަށާފައިވާ 'އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު' އަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ސިޔާސީ ކެމްޕޭނެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން. މި މަޝްރޫއުގެ ދަށުން ބާއްވާ ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރާތީ، މިއީ އިހްތިރާމް އާލާކުރުމުގެ ބަދަލުގައި ނަފްރަތު އުފެދޭނެ ކަމެއްގެ ގޮތުގައި އާންމުން ސިފަކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ނޮވެމްބަރު 2026 | ހުކުރު 11:03
ކެބިނެޓުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު އާއި ވަޒީރުން

ކެބިނެޓުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު އާއި ވަޒީރުން | ރައީސް އޮފީސް

އިހްތިރާމަކީ އަނެކާގެ ކިބައިން ގަދަކަމުން ނުވަތަ ބާރުގެ ބޭނުންކޮށްގެން ހޯދޭނެ އެއްޗެއް ނޫނެވެ. އެއީ ދެފަރާތުން ވެވޭ އިހުސާސެކެވެ. ލޯތްބާއި ކުލުނާއެކު އެކަކު އަނެކަކަށް އިހްތިރާމްކޮށްގެން މެނުވީ އަނެކާގެ ހިތުން އެ ގަދަރެއް ނުލިބޭނެ އެވެ. ނަމަވެސް މިއަދު ފެންނަމުން މިދަނީ ދިވެހިރާއްޖޭގައި އިހްތިރާމް ކުރުމުގެ ސިފަ އާލާކުރުމުގެ ނަމުގައި، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން އެކަން ކުރުވަން އުޅޭ މަންޒަރެވެ.

ދިވެހީންނަކީ ޒަމާނުއްސުރެ ވެސް އިހްތިރާމް ކުރުމަކީ ކޮބައިކަން ދަންނަ، އަދަބު އަޚްލާގާށް ލޯބިކުރާ ބަޔެކެވެ. މުޖުތަމައުގެ ރީތި އާދަކާދަތަކާއި އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ އަސާސްތައް ދިވެހި ދަރިންނަށް ދަސްވަމުން އަންނަނީ ކުޑައިރުއްސުރެ ގޭތެރެއިންނާއި ސްކޫލުތަކުގެ ތައުލީމީ ނިޒާމުގެ ތެރެއިންނެވެ. މިއީ މިއަދު އަލުން ބަޔަކު ދަސްކޮށްދޭން ޖެހިފައި އޮތް ބީރައްޓެހި ކަމެއް ނޫނެވެ.

ނަމަވެސް، ސަރުކާރުގެ ބައެއް ބޭފުޅުން ސިޔާސީ ބޭނުމަށް ދައްކަވާ ވާހަކަތަކުން، މި ގައުމުގެ ސްކޫލުތަކުންނާއި ލޯބިވާ ބެލެނިވެރިން އެ ދަރިންނަށް ރިވެތި އަދަބުތައް ދަސްނުކޮށްދޭ ފަދަ ނުރަނގަޅު އިހްސާސެއް މުޖުތަމައުގައި ދަނީ އުފެދެމުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިއީ މުޅި މުޖުތަމައުގެ ތަރުބިއްޔަތާމެދު ސުވާލު އުފައްދައި، ބެލެނިވެރިންނާއި ޓީޗަރުންގެ މަސައްކަތުގެ އަގު ވައްޓާލުން ފަދަ ކަމެއްނުންތޯ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވަނީ 'އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު' ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޮޑު ކެމްޕޭނެއް ފަށާފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ މުޖުތަމައުގައި އެކަކު އަނެކަކަށް އިހްތިރާމް ކުރުމުގެ ސިފަ އަލުން ދިރުވުމަށް ފެށި މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ކުންފުނިތަކާއި އޮފީސްތަކުގައި ސިލްސިލާ ވޯކްޝޮޕްތަކާއި އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އަދި މިކަމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ ކަމެކެވެ. 

ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، މި ހަރަކާތްތަކުގައި ބައިވެރިވުމަށް މުވައްޒަފުންނަށް ގަދަކަމާއި މަޖުބޫރުކަން ކުރިމަތިކުރުވާ ކަމުގެ ޝަކުވާ އެވެ. ހިތްހަމަނުޖެހުމާއި ގަދަބާރުގެ ތެރެއިން އުފަންވާނީ އިހްތިރާމެއް ނޫނެއްނުންތޯ އެވެ. އޭގެ ބަދަލުގައި އުފެދޭނީ ފޫހިކަމާއި ނަފްރަތެވެ. މިއީ އިންސާނީ ތަބީއަތް ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ ސާދާ ހަގީގަތެއްނުންތޯ އެވެ.

އެހެންކަމުން، މި މަޝްރޫއުގެ ހަގީގީ މަގުސަދާމެދު މިއަދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.

މަޖުބޫރުކޮށްގެން މީހެއްގެ ހިތުގައި އިހްތިރާމް އުފެއްދިދާނެތޯ އެވެ؟ ކަންދެއްކުމުގެ ވޯކްޝޮޕްތަކަކުން ރައްޔިތުންގެ ހިތްތައް ފަތަހަ ކުރެވޭ މަންޒަރެއް މިހާތަނަށް ފެނިފައިނުވެ އެވެ. މިހާރު ވެސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މި މައްސަލައާ ގުޅިގެން ސަރުކާރަށް ފާޑު ކިޔާފައިވާ ގިނަ ޕޯސްޓުތައް ހުރީ ފެންނަން ހުރިއިރު، މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑެތި ޚަރަދުތަކެއް ކޮށްގެން، ވެރިކަމުގެ ބާރު ދައްކަން ހިންގާ ސިޔާސީ ކެމްޕޭނެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

ޑރ. މުހައްމަދު މުއިއްޒުއިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު

އެންމެ ހިނގާ

1

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

3

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

4

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

5

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ މައްޗަށް ބޭރުގެ ނުފޫޒު އެބައޮތް، މިސްރާބު ހުރީ ނިޒާމު ފުނޑާލަން: ޕާޕާ

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ މައްޗަށް ބޭރުގެ ނުފޫޒު އެބައޮތް، މިސްރާބު ހުރީ ނިޒާމު ފުނޑާލަން: ޕާޕާ
12 ނޮވެމްބަރު 2026

ރަސްމާލެއިން ބިން ދޭ މައްސަލައިގައި ދިވެހި ސިފައިން ތެދުވަން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ގޮވާލައްވައިފި

12 ނޮވެމްބަރު 2026
ރަސްމާލެއިން ބިން ދޭ މައްސަލައިގައި ދިވެހި ސިފައިން ތެދުވަން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ގޮވާލައްވައިފި
12 ނޮވެމްބަރު 2026

ރައީސް މުއިއްޒު އަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ ބަޔަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ވެރިއެއް، މިއަދު ރެފަރެންޑަމެއް ނެގިޔަސް، 15 އިންސައްތަވެސް ނުލިބޭނެ: މީކާއިލް

ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން

12 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން
12 ނޮވެމްބަރު 2026

ތިނަދޫ ސިޓީގެ މޭޔަރުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް ބުނެ، ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފި

12 ނޮވެމްބަރު 2026
ތިނަދޫ ސިޓީގެ މޭޔަރުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް ބުނެ، ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފި
12 ނޮވެމްބަރު 2026

އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި

12 ނޮވެމްބަރު 2026
އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 ނޮވެމްބަރު 2026

ޖުމްހޫރީ ވެރިކަމެއް ކުރުމަށް ހަވާލުވެ ރައީސް މުއިއްޒު އަލުން ރާއްޖެ އެ ގެންދަނީ ރަސްކަމުގެ މަގަށް: ފައްޔާޒް

11 ނޮވެމްބަރު 2026
ޖުމްހޫރީ ވެރިކަމެއް ކުރުމަށް ހަވާލުވެ ރައީސް މުއިއްޒު އަލުން ރާއްޖެ އެ ގެންދަނީ ރަސްކަމުގެ މަގަށް: ފައްޔާޒް
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް