ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވޭ، ބޮޑަށް ރަނގަޅު ވާނީ އިސްތިއުފާ ދެއްވުން: ކުރީގެ އުއްތަމަ ފަނޑިޔާރު
15 ނޮވެމްބަރު 2026 | އާދީއްތަ 17:47ރަސްމާލެ މަޝްރޫއަކީ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު އަދި ގައުމުގެ ސިޔާދަތާއި ދީނީ ވަހުދަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ވިދާޅުވެ، އެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ގޮވާލައްވައިފި. ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވާ ކަމަށް ފާހަގަކުރައްވައި، އެމަނިކުފާނަށް ދެއްވާނެ އެންމެ ރަނގަޅު ލަފާއަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވެސް ދީދީ ވިދާޅުވި


ކުރީގެ އުއްތަމަ ފަނޑިޔާރު ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އަރުވަން ޖެހިއްޖެ ނަމަ އަރުވާނެ ލަފާއަކީ އިސްތިއުފާ ދެއްވުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ކަނޑައެޅިގެން ގާނޫނުއަސާސީގެ އޮނިގަނޑާއި ހިލާފު ކަމެއް ކަމަށާއި، ދިވެހިރާއްޖޭގެ އިސްލާމް ދީނާއި ސިޔާދަތާއި އިސްތިގުލާލު އަދި ރައްޔިތުންގެ ދީނީ ވަހުދަތު ގެއްލިދާނެ ކަމަކަށް ވާތީ ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ލަފާދެއްވާ ކަމަށެވެ.
އަޅުގަނޑުމެން ރައްޔިތުން ގާނޫނު އަސާސީގައި އެޔޮތީ ހަވާލުކޮށްފައި، ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވާށޭ ބުނެފައި މި އޮންނަނީ ރައްޔިތުންނަށް އަސްލު ރެޕްރެޒެންޓެޓިވްސްގެ ބޭރުން ރައްޔިތުން ބަސް ބުނަން ޖެހޭ ކަންތައް އިހުތިޔާރު ކޮށްފައި އޮތީ ވަރަށް ރީޗަށް ބުނެފައި ގައުމީ މުހިއްމު ކަންތަކޭޑރ. އަހްމަދު އަބްދުﷲ ދީދީ
މީގެ އިތުރުން، ދީދީ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވާ ކަމަށާއި ރައީސްއަށް އަރުވާނެ ލަފާއަކީ އިސްތިއުފާ ދެއްވުން ކަމަށް ދީދީ ވިދާޅުވި އެވެ.











