Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ

16 ނޮވެމްބަރު 2026 | ހޯމަ 05:05

މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުން، ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި މުއައްސަސާތަކުގައި ކޮރަޕްޝަން އޮތް މިންވަރާ މެދު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކަންބޮޑުވުން ފާޅުކުރައްވައިފި. ނިޒާމުގެ ތެރެއިން މީހުން ފްރޭމްކުރުމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، އިންސާފުވެރި ޝަރީއަތެއް ކަށަވަރުނުކޮށް މީހެއްގެ ފުރާނަ ނަގާލުމާ މެދު އޭނާ ސުވާލު އުފެއްދެވި. މި ބިލަކީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ އިޖުރާއަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ހުށަހެޅި ބިލެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 ނޮވެމްބަރު 2026 | ހޯމަ 05:05
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) | ރައްޔިތުންގެ މަޖިލިސް

މިސްކިތް އެޅުމާ ހަމައިން ފެށިގެން ގޮސް ދަން ޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ ކަން އެއީ މިއަދު މިގައުމުގެ ހުރިހާ ރައްޔިތުންގެ ވެސް ގަބޫލު ކުރާނެ ހިތި ހަގީގަތެއް ކަމަށާއި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފްރޭމްކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމާ މެދު ސުވާލު އުފެދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގުރައިދޫ ދާއިރާގެ މެންބަރު ހައްނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމާބެހޭ ބިލަށް ވަނީ ބަހުސްކޮށްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ކުޑޫ ވިދާޅުވީ މިއަދު މި ގައުމުގެ ރައްޔިތުންގެ އެންމެ ގިނައިން ސުވާލު އުފައްދާ އެއް ކަމަކީ އަދުލު އިންސާފް ގާއިމުކުރެވެނީ ރަނގަޅަށް، އެންމެ ހެޔޮ ގޮތަށް ކަމާމެދު ކަމަށެވެ. 

Advertisement - newsAdvertisement
ޖިންސީ ގޯނާ ކޮށްގެން ޖަލުގައި ހުކުމް ތަންފީޒުކުރަން ޖެހޭ މީހުންގެ ތެރެއިން 240 މީހުންގެ ތެރެއިން 20 މީހުން ތިބީ ގޭގައި. މާލެ ސަރަހައްދުގައި އެމީހުން ގިނައިން ތިބީ. އެމީހުން ސައި ހޮޓާ ކެފޭ ރެސްޓޯރެންޓުތަކަށް ވަންނަމުން ދޭ. މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުން އޮތް ކަމެއް. މިހާ ހިސާބުން އުފެދޭ ސުވާލަކީ އަދުލު އިންސާފު ގާއިމުކުރެވޭ ތޯ އަޅުގަނޑުމެންނަށް. މިކަހަލަ ކަންތައް މިހެން ހުރިހާ ހިނދަކު މިކަން އަޅުގަނޑުމެންނަށް ރަނގަޅަށް ކުރެވޭނެ ބާ އޭ. މިއީ ހަމަ ޝައްކު ކުރެވޭނެ ކަންތައްތައް
މުހައްމަދު އިބްރާހީމް (ކުޑޫ)

އޭގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ވެސް އިންތިހާ އަށް މިގައުމުގައި އޮތް އިރު ފާއިތުވި ހަފްތާގައި ވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ 300 އެތައް މިލިއަން ރުފިޔާއެއްގެ ލިޔެކިޔުން ނެތް ކޮރަޕްޝަންގެ ވާހަކަ ފެންމަތިވެގެން ގޮސްފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ. މިއީ ހައްތަހާ ވެސް އެކަމުގައި ކަންބޮޑުވުން ހުރި ކަންކަން ކަމަށް މެންބަރު ވިދާޅުވި އެވެ. 

މި ދައްކަނީ ސްޓޭޓް އޯންޑް ރައްޔިތުންގެ ކުންފުނިތަކުގެ ވާހަކަ. މި ދައްކަނީ ކުޑަ ފައިސާގެ އަދަދެއްގެ ވާހަކައެއް ނޫން. މިއީ އަޅުގަނޑުމެންގެ މުޖުތަމައުގެ ކަންކަން ގޮސްފައި އޮތް ހިސާބު. މިސްކިތް އެޅުމުން ފެށިގެން ހައްޖު ކޯޓާއާ ހިސާބަށް ވެސް މިދަނީ އޮޅުވާލަމުން. މިހެން ކަންކަން ހުރީމައި އަޅުގަނޑުމެންގެ ކަންބޮޑުވުން އޮވޭ. މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ރަނގަޅަށް ބާއޭ. މިސްކިތް އެޅުމާ ހިސާބުން ފެށިގެން ދަން ޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ ކަން އެއީ ހަމަ ކަނޑައެޅިގެން އަޅުގަނޑުމެން އެންމެން ގަބޫލު ކުރާނެ ހިތި ހަގީގަތެއް. ވަރަށް އިންސާފުވެރި ޝަރީއަތެއް ކޮށްގެން ނޫނީ މީހެއްގެ ފުރާނަ ނަގާލައިގެން ނުވާނެ. ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތައް ހުރިކަން އެއީ އަޅުގަނޑުމެން އެންމެން ދެބަސް ނުވާނެ ހަގީގަތެއް. ކަންބޮޑުވުމަކީ މި ބިލް ގާނޫނަކަށް ވުމުން ފްރޭމްކޮށްގެން މީހަކު މަރާ ހިސާބަށް ގޮސްދާނެތޯ. އެއީ އެންމެ ބޮޑު ކަންބޮޑުވުން
މުހައްމަދު އިބްރާހީމް (ކުޑޫ)

އެ ބިލުގައި ބިލު ހުށަހެޅި މަގްސަދެއް ކަމުގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ ކަމާގުޅޭ އުސޫލުތަކާއި، އާންމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތް ކުރެވިގެން، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމާއި ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފް ކުރުމެވެ.

އެގޮތުން މި ބިލުގައި ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުގައި ކޯޓުތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައަޅައި، މަރުގެ އަދަބެއް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމްތަކާއި، މަރުގެ އަދަބު ކަނޑައެޅުނު މީހާއަށް ލިބިގެންވާ ހައްގުތަކާއި، އަދަބު ތަންފީޒު ކުރުން މަނާކުރާ ހާލަތްތަކާ ސަބަބުތައް ބަޔާންކޮށް އެނޫން ވެސް މަރުގެ އަދަބު ކަނޑައެޅުމާއި، އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރުން ކަމަށް ވެސް ބިލުގައިވެ އެވެ. 

އެ ބިލުގައި ބުނީ ގާނޫނުގެ ދަށުން، ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ބަލަހައްޓާނީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުން ކަމަށެވެ. އެގޮތުން އެ ކޮމިޓީގައި ހިމެނޭނީ ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރަކާއި، ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރެއް، ޕްރޮސެކިއުޓަރެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް، ޑޮކްޓަރެއް، ސުޕްރީމް ކޯޓުން ކަނޑައަޅާ ފަރާތެެއްގެ އިތުރުން ދީނީ ތަގްރީރު ކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތެކެވެ. 

މަރުގެ އަދަބުރައްޔިތުންގެ މަޖިލިސްމުހައްމަދު އިބްރާހީމް (ކުޑޫ)

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
09 ނޮވެމްބަރު 2026

މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް މަރުގެ އަދަބާގުޅޭ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް މަރުގެ އަދަބާގުޅޭ ބިލު ހުށަހަޅައިފި
04 ނޮވެމްބަރު 2026

މި އަހަރު ވެސް ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު

04 ނޮވެމްބަރު 2026
މި އަހަރު ވެސް ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
04 ނޮވެމްބަރު 2026

ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް

04 ނޮވެމްބަރު 2026
ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް
03 ނޮވެމްބަރު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

03 ނޮވެމްބަރު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި
02 ނޮވެމްބަރު 2026

ބަޖެޓު 2027: ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު، ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް 45 މިނެޓު!

02 ނޮވެމްބަރު 2026
ބަޖެޓު 2027: ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު، ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް 45 މިނެޓު!
02 ނޮވެމްބަރު 2026

ހޯމް ސްކޫލިންގ ތައާރަފު ކުރުމަށް ތައުލީމީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ ކޮމިޓީ އަށް

02 ނޮވެމްބަރު 2026
ހޯމް ސްކޫލިންގ ތައާރަފު ކުރުމަށް ތައުލީމީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ ކޮމިޓީ އަށް
02 ނޮވެމްބަރު 2026

ބެލެނިވެރިންނާއި ޓީޗަރުން ލައްވާ މަސައްކަތްކޮށް ފަންޑް ރެއިޒްކޮށްގެން ނޫނީ ސްކޫލްތަކަށް މިއަދު އިތުރު ހަރަކާތެއް ވެސް ނުބޭއްވޭ: މައުރޫފް

02 ނޮވެމްބަރު 2026
ބެލެނިވެރިންނާއި ޓީޗަރުން ލައްވާ މަސައްކަތްކޮށް ފަންޑް ރެއިޒްކޮށްގެން ނޫނީ ސްކޫލްތަކަށް މިއަދު އިތުރު ހަރަކާތެއް ވެސް ނުބޭއްވޭ: މައުރޫފް
02 ނޮވެމްބަރު 2026

އެއްވެސް އަސާސެއް ނެތި ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖޭއެސްސީ ޖަވާބުދާރީވުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

02 ނޮވެމްބަރު 2026
އެއްވެސް އަސާސެއް ނެތި ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖޭއެސްސީ ޖަވާބުދާރީވުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް