Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްޓީއޯގެ އޮނިގަނޑު

އެސްޓީއޯގެ މުސާރައިގެ އޮނިގަނޑާއި މުވައްޒަފުންގެ އަދަދު މުރާޖައާކޮށް ބަދަލު ގެންނަނީ

11 އޮކްޓޯބަރު 2017 | ބުދަ 07:08

މުރާޖައާ ކުރުމުގެ މަސައްކަތް ކުރާއިރު ބައެއް މުވައްޒަފުންގެ މުސާރައިން ބައެއް ކެނޑިފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 11 އޮކްޓޯބަރު 2017 | ބުދަ 07:08
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ހެޑް އޮފީސް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ހެޑް އޮފީސް

ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑާއި މުވައްޒަފުންގެ އަދަދު މުރާޖައާކޮށް ބަދަލުތަކެއް ގެންނަން، ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ނިންމައިފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރު ސޮއިކުރައްވައި މިމަހުގެ 4 ވަނަ ދުވަހު ނެރުނު މެމޯއެއްގައި ބުނެފައިވާ ގޮތުން ކުންފުނީގެ ހިންގުން ހަރުދަނާކޮށް ވިޔަފާރި ސްޓްރީމްލައިން ކުރުމަށްޓަކައި އެ ކުންފުނިން ވަނީ ރިސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި އެ މަސައްކަތް ކުރިއަށްދާއިރު، ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ ޚަރަދުކުޑަކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މެމޯގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެގޮތުން ކުންފުނީގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށްޓަކައި ކުންފުނީގެ މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަހީރު ސޮއިކުރައްވާ ނެރެފައިވާ މެމޯގައި ބުނެފައިވެއެވެ.

މެމޯގައި ބުނެފައިވާ ގޮތުން ހިންގުމުގެ އޮނިގަނޑު ރިސްޓްރަކްޗަރ ކުރުމާއި، މުސާރައިގެ އޮނިގަނޑު މުރާޖައާކުރުމުގެ މަރުހަލާގެ ތެރޭގައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ޑިޕާޓްމަންޓްތައް ބަދަލުކުރެވި، މުވައްޒަފުންގެ އަދަދު މުރާޖައާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

އަލަށް އެކުލަވާލާ ޑިޕާޓްމެންޓްތަކުގެ އާ އޮނިގަނޑުގައި ނުހިމެނޭ މުވައްޒަފުންނަށް ކުންފުނީގެ އެހެން ދާއިރާތަކުން ވަޒީފާ ހަމަޖައްސަައިދިނުމުގެ މަސައްކަތް ކުރެވޭނެ ކަމަށްވެސް މެމޯގައި ބުނެފައިވެއެވެ.

މިފަދަ މެމޯއެއް ނެރެފައިވާއިރު، މިމަހުގެ މުސާރަ ދިންއިރު ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތައް އުނިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނި ގޮތުގައި މުސާރައިން 1،400 ރުފިޔާ އުނިވި މީހުން ވެސް އެބަތިއްބެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިވުމަށް ބައެއް މުވައްޒަފުންނަށް އަންގަމުންދާ ކަމަށްވެސް މުވައްޒަފުން ބުނެއެވެ. އަދި ވަކިވާ މުވައްޒަފުންނަށް އެހެން ތަންތަނުން ވަޒީފާ ހޯދުމުގައި އެހީތެރިވެދޭނެ ކަމަށް ބުނަމުންދާ ކަމަށް ވެސް ބުނެއެވެ.

ޚަރަދު ކުޑަކުރުމަށް މުވައްޒަފުންގެ މުސާރައާއި މުވައްޒަފުންގެ އަދަދު މުރާޖައާ ކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ފައިދާގެ ގޮތުގައި އެކުންފުންޏަށް 115.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި ލިބުނީ 54 މިލިޔަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި ލިބުނު 61 މިލިޔަން ރުފިޔާއާ އެކު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކުންފުންޏަށް ލިބުނީ ޖުމްލަ 115.9 މިލިޔަން ރުފިޔާގެ ފައިދާއެކެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުން އެކުންފުންޏަށް ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 1.9 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އެއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 1.8 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 7.8 އިންސައްތަ އިތުރު އަދަދެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

މަރުވި މީހުންގެ އަދަދު ހައަކަށް، އެޑްމިޓް ކުރި މީހުން ވެސް އިތުރު: އިންފްލުއެންޒާ އެޗްވަންއެންވަން

27 މާރިޗު 2017
މަރުވި މީހުންގެ އަދަދު ހައަކަށް، އެޑްމިޓް ކުރި މީހުން ވެސް އިތުރު: އިންފްލުއެންޒާ އެޗްވަންއެންވަން
26 މާރިޗު 2017

އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ

26 މާރިޗު 2017
އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
16 މާރިޗު 2017

އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

16 މާރިޗު 2017
އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް