Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން

14 ނޮވެމްބަރު 2026 | ހޮނިހިރު 06:16

ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަންނަ ކަންކަމާ ދެކޮޅަށް ބަސްބުނުމަށް ގޮވާލައްވައި، ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ކުރީގެ ރައީސް ޔާމީން ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައި. "ދިވެހީންގެ ބިން ދިވެހީންނަށް" އެއްވުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ގައުމުގެ ބިންތަކަށް ގެއްލުންދޭ ފަރާތްތަކުގެ މައްޗަށް ކުރިމަގުގައި ޖިނާއީ ތަހުގީގު ހިންގައި ހައްގު އަދަބު ދޭނެ ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 14 ނޮވެމްބަރު 2026 | ހޮނިހިރު 06:16
"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ

"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ | ސަން އޮންލައިން

ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމުގައި ޔާމީން ވަނީ އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ މާކް ޓުވެއިންގެ ބަސްކޮޅަކަށް އަލިއަޅުއްވާލައްވާފަ އެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ހަގީގީ ވަތަނީ މީހަކީ ލޯ މެރި، ސަރުކާރުތަކަށް އަޅުދާސްތުވާ މީހެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ގައުމު ދެކެ ލޯބިވާ، ގައުމުގެ އަސާސްތައް ދަމަހައްޓާ އަދި ގައުމަށް އިހްތިރާމްކުރާ މީހާ ކަމަށެވެ. އަދި މިއަދު ރާއްޖެ މިއޮތީ އެފަދަ ހައްސާސް މަރުހަލާއެއްގައި ކަމަށް ޔާމީން ވިދާޅުވި އެވެ. 

ވަތަނީ މީހަކީ އެއްގޮތަކަށް ވެސް ލޯ އަނދިރިވެ، ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން. ހަގީގަތުގައި ވަތަނީ މީހަކީ ގައުމު ދެކެ ލޯބިވާ، ގައުމުގެ ބަހާތައް ދަމަހައްޓާ، ގައުމަށް އިހުތިރާމްކުރާ މީހާ
އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް

ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ސިފައިންނާއި ފުލުހުންނަށް މުޚާތަބުކުރައްވައި ޔާމީން ވިދާޅުވީ، މިއީ ގައުމުގެ ހައްގުގައި އެ ފަރާތްތަކުން ބަސްބުނަންޖެހޭ ވަގުތު ކަމަށެވެ. އަދި ރާއްޖޭގެ އިސްތިގުލާލު ގެއްލުވާލައި، ބިމުން ބައެއް ކަނޑާލައި ދިނުމަށްފަހު، ފަހުން އެ އަނބުރާ ހޯދަން މަސައްކަތްކުރުމަކީ ބޭކާރު ކަމެއް ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އެފަދަ ކަންކަމާ ދެކޮޅަށް ތެދުވެ ބައިވެރިނުވާ ކޮންމެ މީހަކީ އެ އަމަލުގައި ބައިވެރިވާ މީހެއް ކަމަށާއި، ކުރިމަގުގައި އެހެން ވެރިކަމެއް އައިސް މިކަންކަން އިސްލާހު ކުރާއިރު، މިކަމުގައި ޝާމިލުވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގުތައް ހިންގައި، އެކަށީގެންވާ ޖިނާއީ އަދަބު ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު އަކީ އަބަދުވެސް ބިމާ ގުޅޭ ކަންކަމަށް ޚާއްސަ ޝައުގުވެރިކަމެއް ބަހައްޓަވާ ބޭފުޅެއް ކަމަށާއި، އެކަން މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް ވަރަށް ސާފުކޮށް ފެނިގެންދިޔަ ކަމަށެވެ. 

ޑރ. މުހައްމަދު މުއިއްޒުރަސްމާލެއަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

އެންމެ ހިނގާ

1

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

3

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

4

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

5

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ

14 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ
14 ނޮވެމްބަރު 2026

ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް
14 ނޮވެމްބަރު 2026

މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން

14 ނޮވެމްބަރު 2026
މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން
13 ނޮވެމްބަރު 2026

އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!

13 ނޮވެމްބަރު 2026
އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ
13 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟

13 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
13 ނޮވެމްބަރު 2026

އިހްތިރާމަކީ މަޖުބޫރުކޮށްގެން ދަސްކޮށްދެވޭނެ އެއްޗެއްތަ؟

13 ނޮވެމްބަރު 2026
އިހްތިރާމަކީ މަޖުބޫރުކޮށްގެން ދަސްކޮށްދެވޭނެ އެއްޗެއްތަ؟
13 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
13 ނޮވެމްބަރު 2026

ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި

13 ނޮވެމްބަރު 2026
ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް