Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކަރަންޓު ކަނޑާލައި ފިއްތުންތައް ކުރިމަތިކުރުވިއަސް، ރަސްމާލެ އެއްބަސްވުމާ ދެކޮޅު ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވުނު!

14 ނޮވެމްބަރު 2026 | ހޮނިހިރު 11:58

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޭން ނިންމި ނިންމުމާ ދެކޮޅަށް، ސަރުކާރުގެ އެކި ހުރަސްތަކާއެކު ވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އިހުތިޖާޖުކޮށްފައި. ސިޔާސީ ފިކުރު އެއްފަރާތްކޮށް ބޭއްވި މި އެއްވުމުގައި، ބިމުގެ މިލްކުވެރިކަމާ މެދު އޮތް ކަންބޮޑުވުންތައް ފާޅުކޮށް، ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށް ރައްޔިތުން ވަނީ ގޮވާލާފައި. މި ހަރަކާތުން ހާމަވީ ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ނޮވެމްބަރު 2026 | ހޮނިހިރު 11:58
"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ގޮވާލި ގޮވާލުމަށް ރައްޔިތުން ނުކުމެ އާޓިފިޝަލް ބީޗު ވަނީ ފުރާލާފައި

"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ގޮވާލި ގޮވާލުމަށް ރައްޔިތުން ނުކުމެ އާޓިފިޝަލް ބީޗު ވަނީ ފުރާލާފައި | ސޯޝަލް މީޑިއާ

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް ފާޅުކުރުމަށް "ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ އެއްވުމަކީ، ފަހުގެ ތާރީޚެއްގައި ރައްޔިތުންގެ އަޑު އިއްވުމަށް ބޭއްވުނު އެންމެ ފާހަގަކޮށްލެވޭ އެއް އެއްވުމެވެ. އެ އެއްވުމުގައި ތިބީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ވަކި ޕާޓީއަކަށް ނިސްބަތްވާ މީހުންނެއް ނޫނެވެ. އެތަނުގައި ތިބީ، ސަރުކާރާ އިދިކޮޅު މީހުންނެއް ވެސް ނޫނެވެ. އެހެން ނަމަވެސް، އެ އެއްވުމުން ފެނިގެން ދިޔައީ، ދިވެހި ގައުމު ދެކެ ލޯބިވާ، ދިވެހި ގައުމާ މެދު ވިސްނާ، ގައުމުގެ މުސްތަގުބަލާ މެދު ކަންބޮޑުވާ ދިވެހި ރައްޔިތުންނެވެ.

އެ އެއްވުމުން ފެނިގެންދިޔައީ ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެކި ފިކުރުތަކުގެ މީހުން އެއް އަޒުމެއްގައި އެއްތަނަކަށް ޖަމާވި މަންޒަރެވެ. މޫސުން ގޯސްވެ ވާރޭ ވެހެމުން ދިޔަ ނަމަވެސް، މުޅި އާޓިފިޝަލް ބީޗު ސަރަހައްދު މި އެއްވުމުގައި ބައިވެރިވި ރައްޔިތުން ވަނީ ފުރާލާފަ އެވެ.  ވާރޭގެ ތެރޭގައި ވެސް އެއްވެސް މަޖުބޫރު ކަމެއް ނެތި ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް ޖަމާވުމުން ދައްކުވައިދެނީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ވެފައިވާ އެއްބަސްވުމުގެ ސަބަބުން ގައުމުގެ ބިމުގެ މިލްކުވެރިކަމަށް އަތުވެދާނެ ބަދަލުތަކާ މެދު އާންމު ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ ބޮޑުކަމާއި، ގައުމުގެ ހައްގުގައި ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބެވެ. 

ސަރުކާރުން މި ހަރަކާތަކީ ސިޔާސީ ބޭނުމެއްގައި ހިންގާ ކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް، ރޭގެ އެއްވުމުގައި އެއްވެސް ސިޔާސީ ބައިބައިވުމެއް ނެތެވެ. އެ އެއްވުމަށް ދިޔަ ކޮންމެ މީހަކުވެސް އެތަނަށް ދިޔައީ ވަކި ސިޔާސީ ލީޑަރެއްގެ ދައުވަތަކަށް ނުވަތަ ސިޔާސީ މަންފާއެއް ހޯދުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، ކޮންމެ ރައްޔިތަކު ވެސް އެ އެއްވުމުގައި ބައިވެރިވީ ގައުމު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނާއި، ދިވެހިންގެ ބިން ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅު ހެދުމުގެ ގައުމީ ވާޖިބު އަދާކުރުމަށެވެ. އެއްވުމުގެ މާހައުލުން ފެނިގެންދިޔައީ ސިޔާސީ ވާދަވެރިކަމުގެ ބަދަލުގައި، އަމިއްލަ ވަތަނުގެ މިނިވަންކަމާއި ބިމުގެ ސިޔާދަތު ހިމާޔަތްކުރުމަށް ދިވެހިންގެ މެދުގައި އޮތް އެއްބައެއްވަންތަކަމެވެ.

މި އެއްވުން ކުރިއަށް ގެންދިއުމުގައި އިންތިޒާމު ކުރާ ފަރާތްތަކަށް ދިމާވި ވަރަށް ގިނަ ދަތިތަކާއި ގޮންޖެހުންތަކާއި ސަރުކާރުގެ އެތައް ފިއްތުންތަކާއެކު ވެސް އެ އެއްވުން ވެގެން ގޮސްފައިވަނީ ކާމިޔާބު އެއްވުމަކަށެވެ. އެއްވުން ބާއްވާނެ އެކަށީގެންވާ ތަނެއް ހޯދުމަށް ދިމާވި އުނދަގޫތަކާއި އެ ސަރަހައްދުން ކަރަންޓު ކަނޑާލުން ފަދަ ކަންކަން ކުރިމަތި ކުރުވަމުން ދިޔައީ އެއްވުން ހުއްޓުވައި ނާކާމިޔާބުކޮށްލުމަށް ސަރުކާރުން ރާވައިގެން ކަމަށް އިދިކޮޅު ފަރާތްތަކާއި އެއްވުމުގެ ބައިވެރިން ވަނީ ތުހުމަތުކޮށްފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް އިޖާބަދިނުމުގެ ބަދަލުގައި، އެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެއްވުމުގެ ބައިވެރިން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. 

ސަރުކާރުގެ ފަރާތުން މިފަދަ ކަންކަމުގައި ގެންގުޅޭ ސިޔާސަތުތަކާއި އަމަލުތަކުގައި ތަފާތުކުރުމާއި އިންސާފެއް ނެތް މިންވަރު އިންތިހާއަށް ބޮޑުވެފައިވާކަން ހާމަވާ އެންމެ ބޮޑު އެއް ހެއްކަކީ، ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރުމަށް ބާއްވާ އެއްވުމަކަށް ސަރުކާރުން އެއްވެސް ތަނެއް ނުދީ ހިފެހެއްޓިއިރު، ގައުމީ ފެންވަރުގައި އިހުތިރާމު އަދާކުރުމުގެ ގައުމީ ކެމްޕޭން ފެށުމަށް ބާއްވާ ރަސްމިއްޔާތަށް ބޭއްވުމަށް ސަރުކާރުން އާންމުން ކަސްރަތުކުރުމަށް ބޭނުންކުރާ ދުވާ ޓްރެކް ސަރަހައްދު ބަންދު ކުރި ކުރުމެވެ. ހޮނިހިރު ދުވަހުގެ ރޭގެ ރަސްމިއްޔާތަށް ގިނަ ބަޔަކު ޖަމާކުރުމަށްޓަކައި ސަރުކާރުގެ މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކަށް މަޖުބޫރުކޮށް، އެ ހަފްލާގައި ބޮޑު ޚަރަދުކޮށްގެން ހަވާ އެރުވުމަށް ވެސް ވަނީ ތައްޔާރުވެފަ އެވެ. މިކަމުން ދޭހަވަނީ ސަރުކާރުން ބޭނުންވާ ކަންކަމަށް އާންމު ތަންތަނާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާއިރު، ރައްޔިތުންގެ ކަންބޮޑުވުންތައް ހާމަކުރުމަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ މިންވަރެވެ.

ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ފަށާ ބޮޑު މަޝްރޫއެއް ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެ މަޝްރޫއު ހިންގުމަށް ހަދާފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަނުކުރުމާއި، އެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިމުގެ ބޮޑު ބައެއް ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކަކާއި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. 

ހުކުރު ދުވަހުރެ ރޭގެ އެއްވުމުގައި ބައިވެރިވި ރައްޔިތުން މި ސަރުކާރަށް ދިން އެންމެ ބޮޑު މެސެޖަކީ، ސިޔާސީ ކުލައަށް ބެލުމެއް ނެތި، ދިވެހި ރައްޔިތުންގެ ހައިސިއްޔަތުން ގައުމު ދެކެ ވާ ލޯތްބެއްގެ ސަބަބުން، ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް ވެސް ބޭރުގެ ބަޔަކަށް ދިނުމަށް ޖާގަ ނުދޭނެ ކަމެވެ.

ދިވެހީންގެ ބިން ދިވެހީންނަށްރަސްމާލެ

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

2

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

3

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

4

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

5

ފެނަކައިގެ 2024 ވަނަ އަހަރުގެ މާލީ ބަޔާނުގައި ބޮޑެތި މައްސަލަތަކެއް، ރައުޔެއް ދެވެން ނެތްކަމަށް ކަނޑައަޅައި އޮޑިޓް ރިޕޯޓު ނެރެފި!

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2026

ސަރުކާރުގެ މިޖަރީމާ ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒު ވެވަޑައިގަންނަވަނީ މަހްމޫދު އައްބާސްއަކަށް، ރާއްޖެ ބަދަލުވަނީ ބާރެއް ނެތް ގައުމަކަށް: ޝެއިޚް އިމްރާން

14 ނޮވެމްބަރު 2026
ސަރުކާރުގެ މިޖަރީމާ ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒު ވެވަޑައިގަންނަވަނީ މަހްމޫދު އައްބާސްއަކަށް، ރާއްޖެ ބަދަލުވަނީ ބާރެއް ނެތް ގައުމަކަށް: ޝެއިޚް އިމްރާން
14 ނޮވެމްބަރު 2026

ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“

ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން

14 ނޮވެމްބަރު 2026
ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން
14 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ

14 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ
14 ނޮވެމްބަރު 2026

ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް
14 ނޮވެމްބަރު 2026

މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން

14 ނޮވެމްބަރު 2026
މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން
13 ނޮވެމްބަރު 2026

އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!

13 ނޮވެމްބަރު 2026
އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ
13 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟

13 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
13 ނޮވެމްބަރު 2026

ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް