Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

މި ސަރުކާރުން ކަންކުރަމުންދަނީ އިސްތިއުމާރީ ވެރިކަމުގައި ކަންކުރާ އުސޫލުން، މިއީ އަލައްބާރުމެންގެ އިންވެސްޓްމަންޓް މޮޑެލްގެ ސިފައެއް: މަތީން

14 ނޮވެމްބަރު 2026 | ހޮނިހިރު 16:56

ރަސްމާލެ މަޝްރޫއު ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ނުދެނީ އީގަލް ހިލްސް ފަދަ ކުންފުނިތަކުގެ ނުފޫޒުން ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ މަތީން ވިދާޅުވެއްޖެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިފަދަ މަޝްރޫއުތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންގޮސް، އިންވެސްޓަރުން ބޭނުންވާ ގޮތަށް ޤާނޫނުތައް ބަދަލުކުރުމަކީ އިސްތިއުމާރީ ސިފައެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 14 ނޮވެމްބަރު 2026 | ހޮނިހިރު 16:56
އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން

އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން | ރާއްޖެއެމްވީ

މި ސަރުކާރުން ކަންތައްތައް ކުރަމުންދަނީ އިސްތިއުމާރީ ވެރިކަންތައްތަކުގައި ކަންކުރާ އުސޫލުން ކަމަށާއި، މި ސިފައަކީ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރުމެންގެ އިންވެސްޓްމަންޓް މޮޑެލްގެ ސިފައެއް ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން މަތީން ވިދާާޅުވީ މި ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ފެންނަނީ ސަރުކާރު ވަރަށް ބޮޑަށް ތާށިވެގެން އުޅޭ މަންޒަރު ކަމަށެވެ. މިއީ އީގަލް ހިލްސް އިން އިންވެސްޓްކުރާއިރު ފެންނަ ސިފަތަކެއް ކަމަށާއި ރައްޔިތުން ނުކުމެ ކިތަންމެ ވާހަކައެއް ދެއްކިޔަސް ގޮތް ނިންމާ ބަޔަކީ އެމީހުން ކަމަށް މަތީން ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެއީ އެމީހުންގެ އިންވެސްޓްމަންޓް މޮޑެލްގައި އޮންނަ ސިފައެއްކަން ފާހަގަކުރައްވާ މަތީން ވިދާޅުވީ ރައްޔިތުންގެ ކިތަންމެ ބޮޑު ކަންބޮޑުވުމެއް މިކަމުގައި އޮތް ނަމަވެސް، މި ސަރުކާރަށް ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މަޖުބޫރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. 

އެއީ އީގަލް ހިލްސް އިން އިންވެސްޓްކުރަން ފަށާ ތަންތަނުގައި އެބަހުރި ރައްޔިތުން ނުކުމެ، ވަރަށް ގިނަ ގައުމުތަކުގައި އަޑު އުފުލާފައި. ހަމައެކަނި ދިވެހީންނެއް ނޫން. 16 ވަރަކަށް ގައުމަށް ބެލިކަމުގައިވީ ނަމަވެސް އެކަންބޮޑުވުންތައް އާދޭ. ބައެއް ފަހަރު އެގްރީމަންޓް ބާތިލުކުރީމަ ވެސް އެމީހުން އެ ގައުމުތަކުން ނުފައިބާ އެބަހުރޭ. އިސްތިއުމާރީ ވެރިކަންތައް ކުރީގައި ހިންގި އުސޫލަށް ހިންގާ ކަންކަން މި ހުންނަނީ. އަޅުގަނޑުމެންނަކަށް ނުފެނޭ ޖެނުއިން އިންވެސްޓަރުން އައިސްގެން ކަމަށް އެއީ ކީ. ޖެނުއިން އިންވެސްޓަރުން އައީމަ މިކަހަލަ ހަމަނުޖެހުންތަކެއް ނުއުފެދޭނެ. ރައްޔިތުންގެ ތެރޭގައި ހިތްހަމަނުޖެހުންތަކެއް އޮތްކަމުގައި ވާނަމަ އެ ފަރާތުން ވެސް ރައްޔިތުންގެ އަޑުތައް އަހާނެ. ސަރުކާރުން ވެސް ރައްޔިތުންގެ އަޑު އަހާނެ
އަބްދުލް މަތީން

އެހެން ނަމަވެސް އިސްތިއުމާރީ ބާރުތަކުގައިވާ ގޮތަށް ބަލާއިރު ގޮއްމުށުގެ ބާރުން ކަންކަން ކުރާއިރު ރައްޔިތުންގެ އަޑު އަހަން ބޭނުން ނުވާނެ ކަމަށާއި މައިނޯރިޓީ އަށް އިހުތިރާމް ކުރުމެއް ވެސް ނޯންނާނެ ކަމަށް މަތީން ވިދާޅުވި އެވެ. އަދި ވިދާޅުވީ މެޖޯރިޓީ އިން ކަންކުރާނީ ގާނޫނުތަކާ އެއްގޮތްވާ ގޮތަކަށް ވެސް ނޫން ކަމަށެވެ.

މަތީން ވިދާޅުވީ އިންވެސްޓްމަންޓްތަކަކީ ގާނޫނީ ފްރޭމްވޯކް ހެދިގެން، ގާނޫނީ އޮނިގަނޑުގެ ތެރެއިން ހުޅުވާލެވިފައިވާ ފުރުސަތެއްގެ ތެރެއިން، އަދި ވާދަވެރި ފުރުސަތެއްގެ ތެރެއިން އަންނަން ޖެހޭ އެއްޗެއް ކަމަށެވެ. އަންނަނީ އެންމެ ރަނގަޅު ފުރުސަތު ކަމާއި ލިބެނީ ހައްގު މިންވަރުކަން އެނގޭނީ ވެސް އޭރުން ކަމަށް މަތީން ވިދާޅުވި އެވެ. 

އެހެން ނަމަވެސް މީހަކު ގެނެސް އެއްބަސްވުންތައް ހެދިތަން ވެސް ފެނުނީ ވަރަށް ސިއްރުންކަން ފާހަގަކުރައްވާ މަތީން ވިދާޅުވީ ދެން ފެނުނީ އެ އެއްބަސްވުމުގެ މައްޗަށް ގާނޫނު ހެދި މަންޒަރު ކަމަށެވެ. މިއީ ވެސް އަލައްބާރުމެން ކުރާ މަސައްކަތުގެ މޮޑެލް އެއް ކަމަށާއި ކަންކަން ރަނގަޅަށް ހިނގާނަމަ، ނުވަތަ ގާނޫނީ ވެރިކަމެއް ހިނގާ ތަންތަނުގައި އެ އަންނަ މީހާ، ނުވަތަ އިންވެސްޓަރު ޖެހޭނީ ގާނޫނަށް ތަބާވާން ކަމަށް މަތީން ވިދާޅުވި އެވެ. ނަމަވެސް މިހާރު މި ފެންނަނީ ގާނޫނު އެ މީހުންނަށް ތަބާވާން ޖެހޭތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އީގަލް ހިލްސްމުޙައްމަދު އަލައްބާރުރަސްމާލެއަބްދުލް މަތީ

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

3

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2026

ކަރަންޓު ކަނޑާލައި ފިއްތުންތައް ކުރިމަތިކުރުވިއަސް، ރަސްމާލެ އެއްބަސްވުމާ ދެކޮޅު ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވުނު!

14 ނޮވެމްބަރު 2026
ކަރަންޓު ކަނޑާލައި ފިއްތުންތައް ކުރިމަތިކުރުވިއަސް، ރަސްމާލެ އެއްބަސްވުމާ ދެކޮޅު ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވުނު!
14 ނޮވެމްބަރު 2026

ސަރުކާރުގެ މިޖަރީމާ ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒު ވެވަޑައިގަންނަވަނީ މަހްމޫދު އައްބާސްއަކަށް، ރާއްޖެ ބަދަލުވަނީ ބާރެއް ނެތް ގައުމަކަށް: ޝެއިޚް އިމްރާން

14 ނޮވެމްބަރު 2026
ސަރުކާރުގެ މިޖަރީމާ ކާމިޔާބުވެއްޖެނަމަ ރައީސް މުއިއްޒު ވެވަޑައިގަންނަވަނީ މަހްމޫދު އައްބާސްއަކަށް، ރާއްޖެ ބަދަލުވަނީ ބާރެއް ނެތް ގައުމަކަށް: ޝެއިޚް އިމްރާން
14 ނޮވެމްބަރު 2026

ޔާމީންގެ ވަރުގަދަ މެސެޖެއް ދީނީ އިލްމުވެރީންނަށް: ''އެ ބޭފުޅުންގެ ވާޖިބު އަދާކުރަން ބޭނުން ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެންވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ“

ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން

14 ނޮވެމްބަރު 2026
ވަތަނީ މީހަކީ ސަރުކާރަށް ކުޑަކަކޫ ޖަހާ އަޅެއް ނޫން، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ބަސްބުނަން ޖެހޭ: ރައީސް ޔާމީން
14 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ

14 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ އިހުތިޔާރީ ކަމެއް ނޫން، އެއީ ލާޒިމުކަމެއް: ބޮންޑާ
14 ނޮވެމްބަރު 2026

ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒުއަކީ ރައްޔިތުންގެ ބަހެއް އަހާ މީހެއް ނޫން، އޭނާ މައިތިރިކުރަން ވަރަށް ގިނަ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާނެ: މެންބަރު މައުރޫފް
14 ނޮވެމްބަރު 2026

މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން

14 ނޮވެމްބަރު 2026
މިއަދު ދިމާވެފައިވަނީ ދިވެހިރާއްޖެ ދެމި އޮތުމާއި ނެތުމުގެ މައްސަލައެއް: އަލީ ހުސެއިން
13 ނޮވެމްބަރު 2026

އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!

13 ނޮވެމްބަރު 2026
އަލައްބާރު އަށް ރައީސް ޔާމީންގެ ހޫނު ބަހުގެ ހަމަލާތަކެއް: ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން، ބަދަލެއް ވެސް ނުދޭނަން!
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ
13 ނޮވެމްބަރު 2026

އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟

13 ނޮވެމްބަރު 2026
އަލީ ހުސެއިންގެ ސުވާލެއް ރައީސް މުއިއްޒު އަށް: ރިއަލް އެސްޓޭޓް ބިލު އެހާ ފުރިހަމަ ނަމަ ރެފަރެންޑަމަކަށް ދާންވީ ނޫންތޯ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް