Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުގެ އަދަބު

މަރުގެ އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ ރައީސް މުއިއްޒުވެސް ވާނީ ފިނޑިއަކަށް: ޝުޖާއު

16 ނޮވެމްބަރު 2026 | ހޯމަ 05:48

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުން، މީގެ ކުރީގެ ސަރުކާރުތަކުން އެކަން ކޮށްފައިވަނީ ނަމެއްގައި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ. ނަމަވެސް މި ސަރުކާރުން އެކަން ކުރާނެ ކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރައްވައި، މާތް ﷲ އަންގަވާފައިވާ ހުކުމްތައް ތަންފީޒު ނުކުރާނަމަ އެއީ އަނިޔާވެރިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ނޮވެމްބަރު 2026 | ހޯމަ 05:48

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު | ރާއްޖެއެމްވީ

މަރުގެ ހުކުމް ތަންފީޒު ނުކުރެވިއްޖެނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވެވަޑައިގަންނަވާނީ ފިނޑިއަކަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ބިލަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ މިދިޔަ ސަރުކާރުތަކުން މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ދައްކާފައިވަނީ ނަމެއްގައި ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެގޮތަށް ކަންކަން ނުކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޝުޖާއު ވިދާޅުވީ، ކިތަންމެ ރީތި ސޫޓެއް ލައިގެން ހުއްޓަސް، މާތް ﷲ އަންގަވާފައިވާ ހުކުމްތައް ތަންފީޒު ނުކުރާނަމަ އެމީހަކު ވާނީ ހަމަ އަނިޔާވެރިއަކަށް ކަމަށެވެ. މިއީ ދެބަސްވުމެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒު އަށް ވެސް މަރުގެ ހުކުމް ތަންފީޒު ނުކުރެވިއްޖެނަމަ، ރައީސް މުއިއްޒު ވެސް ވެވަޑައިގަންނަވާނީ ފިނޑިއަކަށް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ބިލެއް ސަރުކާރުން ހުށަހަޅާނީ ވެސް މިކަން ތަންފީޒު ކުރުމުގެ ކެރުންތެރިކަން ރައީސް މުއިއްޒުގެ ހުންނެވީމައި ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ބިލަކީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުން އަންނަ މުހިންމު ބިލެކެވެ. މި ބިލު ފާސްވެއްޖެނަމަ، މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ އަދަބު ތަންފީޒު ކުރުމުގެ މަގު ފަހިވެގެންދާނެ އެވެ.

ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ އެކި ސަރުކާރުތަކުން ވަރަށް ގިނަ ފަހަރު ވައުދުވެފައިވާ ކަމެކެވެ. ނަމަވެސް މިހާތަނަށް އެ ވައުދުތައް ފުއްދިފައެއް ނުވެ އެވެ.

ޑރ. މުހައްމަދު މުއިއްޒުއިބްރާހީމް ސުޖާއުމަރުގެ އަދަބު

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ

16 ނޮވެމްބަރު 2026
މިސްކިތް އެޅުމުން ފެށިގެން ދަންޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ، ފްރޭމް ކޮށްގެން މީހަކު މަރާ ހިސާބަށް ދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުން: ކުޑޫ
15 ނޮވެމްބަރު 2026

ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވޭ، ބޮޑަށް ރަނގަޅު ވާނީ އިސްތިއުފާ ދެއްވުން: ކުރީގެ އުއްތަމަ ފަނޑިޔާރު

15 ނޮވެމްބަރު 2026
ރައީސް މުއިއްޒު ވެރިކަން ކުރެއްވުމަށް ކުފޫ ހަމަނުވޭ، ބޮޑަށް ރަނގަޅު ވާނީ އިސްތިއުފާ ދެއްވުން: ކުރީގެ އުއްތަމަ ފަނޑިޔާރު
15 ނޮވެމްބަރު 2026

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

15 ނޮވެމްބަރު 2026
އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ
15 ނޮވެމްބަރު 2026

އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!

15 ނޮވެމްބަރު 2026
އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!
15 ނޮވެމްބަރު 2026

ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން

15 ނޮވެމްބަރު 2026
ސިޔާސީ ޖަލްސާތަކަށް ސިފައިންނާއި ފުލުހުން ޔުނީފޯމުގައި މަޖުބޫރުން ގެންދިއުމަކީ މީގެ ކުރިން ފެނިފައިނުވާ ވަރަށް ނުރައްކާތެރި ކަމެއް: އަލީ ހުސެއިން
15 ނޮވެމްބަރު 2026

އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް

15 ނޮވެމްބަރު 2026
އެންމެ މީހެއްގެ މަސްލަހަތުގައި ގާނޫނުތައް ފާސްކުރަމުންދާ މަޖިލީހަކީ މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ: މެންބަރު މައުރޫފް
15 ނޮވެމްބަރު 2026

އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު

15 ނޮވެމްބަރު 2026
އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު
14 ނޮވެމްބަރު 2026

އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!

14 ނޮވެމްބަރު 2026
އަދާލަތު ޕާޓީ އިން ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު އަށް ތާއީދުކުރަނީ!
14 ނޮވެމްބަރު 2026

ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް

14 ނޮވެމްބަރު 2026
ރައީސް މުއިއްޒަކީ އެއްވެސް އިރަކު ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވަން ބޭނުންފުޅުވާ ވެރިއެއް ނޫން: މީކާއީލް
14 ނޮވެމްބަރު 2026

މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި

14 ނޮވެމްބަރު 2026
މޫސުމީ ވައުދުތައް ފުއްދުމަށާއި ބައިނަލްއަގުވާމީ މާލީ ނިޒާމު އިސްލާހުކުރުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް