Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމިނިސްޓަރު މުއްތަލިބު

ހައުސިންގ މިނިސްޓަރު އަބްދުﷲގެ ކަޅު ދަބަހުގެ "ހަޔާތުނާމާ"!

16 ނޮވެމްބަރު 2026 | ހޯމަ 08:55

އާރަށުގައި ފުޓުބޯޅަ ކުޅުއްވުމަށްފަހު ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހަށް ވަޑައިގަތްއިރު ގެންގުޅުއްވި ކަޅު ދަބަހާ ގުޅޭގޮތުން އާންމުންގެ މެދުގައި ބޮޑު ބަހުސެއް އުފެދިއްޖެ. މިކަމާ ގުޅިގެން މިނިސްޓަރު ނެރުއްވި ބަޔާނުގައި އެ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނު ކަމަށާއި، މަޖިލީހުގެ ސަލާމަތީ ކަންކަން ފުރިހަމަވެފައިވާކަން ވަނީ ހާމަކުރައްވާފައި. އެހެންނަމަވެސް، ނޫސްވެރިންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ނުދެއްވައި ފަހުން ތަފްސީލީ ބަޔާނެއް ނެރުއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ނޮވެމްބަރު 2026 | ހޯމަ 08:55
ހައުސިންގ މިނިސްޓަރު އަބްދުﷲގެ ކަޅު ދަބަހުގެ "ހަޔާތުނާމާ"!

ހައުސިންގ މިނިސްޓަރު އަބްދުﷲގެ ކަޅު ދަބަހުގެ "ހަޔާތުނާމާ"! | ރާއްޖެ އެމްވީ

ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ އާދަޔާޚިލާފު ކަމެއްގެ ގޮތުގައި، ރާއްޖޭގެ ބައެއް ތަރައްގީގެ މަޝްރޫއުތަކަށް ވުރެ ކުރިން ކުޅިވަރު ބޫޓު ޖޯޑެއް ރައްޔިތުންގެ މަޖިލީހަށް "ހާޒިރުވި" ޚަބަރުތައް ދަނީ ނޫސްތަކުގެ ފަލަސުރުހީން ޖާގަ ހޯދަމުންނެވެ.

އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި މި ބޫޓު ޖޯޑު މަޖިލީހަށް ގެންގޮސްފައިވަނީ ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އިއްތިފާޤަކުން ބޮޑު ކަޅު ދަބަހަކަށް ލާފައިވާ މި ބޫޓު ޖޯޑު މަޖިލީހަށް ގެންގޮސްފައިވަނީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާއަށް ވެސް ކުޑަތަންވެފައި ވަނިކޮށެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ފަހުން ވަނީ މި ބޫޓު ޖޯޑު ދަތުރުކުރި ގޮތުގެ ކުރު ޚުލާސާއެއް ދެއްވާފަ އެވެ. އެނގިފައިވާ ގޮތުގައި، ރޭގަނޑުގެ ވަގުތު ރިޔާސީ ރަށް، އާރަށުގައި ހޭދަކުރުމަށްފަހު، މި ބޫޓު ޖޯޑު ސީދާ ދިޔައީ މަޖިލީހުގައި އޮތް ބައްދަލުވުމަކަށެވެ.

މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރުވެވަޑައިގަތީ ރަސްމީ ގަމީހާއި ޖީންސްގަ އެވެ. އެހެންކަމުން މިނިސްޓަރު ކުޅިވަރުގެ މައިދާނުން މަޖިލީހުގެ މަސައްކަތަށް ސީދާ ވަޑައިގަތީ ކަމަށް ބެލެވެ އެވެ.

މަޖިލީހަށް ޒިޔާރަތްކުރި މި ބޫޓާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނޫސްވެރިން މަސައްކަތް ކުރި ނަމަވެސް، މިކަމާ ގުޅޭގޮތުން މިނިސްޓަރުގެ ފަރާތުން ވެސް އަދި ބޫޓުގެ ފަރާތުން ވެސް އޭރު އެއްވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އާރަށުގައި ކުޅުނީ ކޮން ކުޅިވަރެއްކަން ސާފުނުވި ނަމަވެސް، ހޯމަ ދުވަހުގެ އެޖެންޑާގައި ރަސްމާލެ މަޝްރޫއުގެ މައްސަލަ އޮތްއިރު، މިފަދަ "މެރަތަން" އަކަށް ކޮންމެ ވެސް ބަޔަކު ތައްޔާރުވެގެން ތިބިކަން އެނގުމަކީ ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ.

ކޮންމެއަކަސް، ހައުސިންގ މިނިސްޓަރު އަބްދުﷲގެ ކަޅު ދަބަހުގެ "ހަޔާތުނާމާ" އާ ގުޅޭގޮތުން ދިވެހިން މި ޒުވާބެއްގައި ތިއްބައި، އެންމެ ފަހުން ވަޒީރު މިވަނީ ބަޔާނެއް ނެރުއްވައި އެ ކަޅު ދަބަހުގެ ހަގީގަތް ހާމަކޮށްދެއްވަން މަސައްކަތް ކުރައްވާފަ އެވެ.

އާންމުންގެ މެދުގައި އުފެދުނު ބޮޑު ސުވާލުތަކަކަށްފަހު، މިނިސްޓަރު މިހާރު ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ސީދާ މަޖިލީހަށް ވަޑައިގަތީ އާރަށުގައި ފުޓުބޯޅަ ކުޅުއްވުމަށް ފަހުގަ އެވެ.

އަދި އެ ދަބަހުގައި ހުރީ މިނިސްޓަރު ފުޓުބޯޅަ ކުޅުއްވުމަށް ބޭނުންކުރެއްވި ކުޅިވަރު ސާމާނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މަޖިލީހަށް ވަޑައިގެންނެވި މަގުމަތީގައި މިނިސްޓަރާ ބައްދަލުވި ގިނަ ނޫސްވެރިން، މި މައުލޫމާތު ހިއްސާކުރުމަށް ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔަކަމެވެ. އެ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނޭ ވިދާޅުވެ، 5 ސިކުންތު ތެރޭގައި ޖަވާބުދެއްވާ ނިންމާލެވެން އޭރު ވެސް އޮތްކަމެވެ.

މިނިސްޓަރު ފަހުން ނެރުއްވި ބަޔާނުގައި، މަޖިލީހުގެ ސަލާމަތާބެހޭ ކަންކަން ހުންނަ ގޮތް ކަމަށްވާ ސަވައިލަންސް ކެމެރާތަކާއި، ދަބަސް ސްކޭން ކުރާ މެޝިންތަކާއި، ބޮޑީ ސްކޭނަރުތަކުގެ އިތުރުން އައިޑީ ކާޑު ޗެކްކުރުމުގެ އުސޫލުތަކުގެ ފުރިހަމަ ތަފްސީލެއް ވަނީ ދެއްވާފަ އެވެ.

މީގެ އިތުރުން، އެ ދަބަސް މަޖިލީހަށް ވެއްދީ މިނިސްޓަރާއެކު ކަމަށާއި، އަދި މަޖިލީހުން ނުކުމެގެން ދިޔައީ ވެސް މިނިސްޓަރާއެކު ކަމަށް ވަނީ ޔަޤީންކޮށްދީފަ އެވެ.

ފަހަރުގައި މިނިސްޓަރުގެ ފުޓުބޯޅަ ސެޝަން އަޅުގަނޑުމެން ހީކުރި ވަރަށްވުރެ ބޮޑަށް މިނިސްޓަރު ވަރުބަލިކޮށްލެއްވީކަމަށް ވެދާނެ އެވެ.  އެހެންޔާ، ފަސް ސިކުންތުގެ ތެރޭގައި ދެވިދާނެ ޖަވާބެއް، މިހާރު މިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ހުންނަ ގޮތުގެ ތަފްސީލީ ބޮޑު ބަޔާނަކަށް ބަދަލުވެފައި ވިއްޔާ އެވެ.

ޑރ. އަބްދުﷲ މުއްތަލިބުކ. އާރަށުކަޅު ދަބަސް

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2026

ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!

16 ނޮވެމްބަރު 2026
ސުވާލު އަމާޒުވި ވަގުތު ހަނު ހުންނެވުމަށްފަހު ފަހުން ބަޔާނެއް ނެރުއްވައި މިނިސްޓަރު އަބްދުﷲ ވިދާޅުވީ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނުކަމަށް!
16 ނޮވެމްބަރު 2026

"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް

16 ނޮވެމްބަރު 2026
"ބްރަދަރ އަބްދުﷲ" ފުރިފައި ހުރި ކަޅު ދަބަހެއް އަޅައިގެން މަޖިލީހަށް ވަދެއްޖެ، 20 ވަނަ މަޖިލީހަށް އަލައްބާރުގެ ކަޅު ފައިސާ ވައްދައިފި: މީކާއިލް
16 ނޮވެމްބަރު 2026

ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

16 ނޮވެމްބަރު 2026
ރިއަލް އެސްޓޭޓް ބިލަށް ކުރި ބަހުސް ހޫނުވެ، މެންބަރު މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި
16 ނޮވެމްބަރު 2026

މިނިސްޓަރު އަބްދުﷲ ގެންގުޅުއްވި ދަބަހަކީ އާރަށަށް ކުޅެން ގެންދިޔަ ބޫޓު ލާފައި އޮތް ދަބަސް: މުހައްމަދު އިސްމާއީލް

16 ނޮވެމްބަރު 2026
މިނިސްޓަރު އަބްދުﷲ ގެންގުޅުއްވި ދަބަހަކީ އާރަށަށް ކުޅެން ގެންދިޔަ ބޫޓު ލާފައި އޮތް ދަބަސް: މުހައްމަދު އިސްމާއީލް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް
10 ނޮވެމްބަރު 2026

ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫއަށް ޚަރަދުވާނީ 330 މިލިއަން ޑޮލަރު: މިނިސްޓަރު މުއްތަލިބު

10 ނޮވެމްބަރު 2026
ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫއަށް ޚަރަދުވާނީ 330 މިލިއަން ޑޮލަރު: މިނިސްޓަރު މުއްތަލިބު
10 ނޮވެމްބަރު 2026

މި އަހަރު ނިމުމުގެ ކުރިން ޑްރެޖަރެއް ގެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް އައު ޑްރެޖަރު ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެ

10 ނޮވެމްބަރު 2026
މި އަހަރު ނިމުމުގެ ކުރިން ޑްރެޖަރެއް ގެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް އައު ޑްރެޖަރު ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެ
07 ނޮވެމްބަރު 2026

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

07 ނޮވެމްބަރު 2026
ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!
06 ނޮވެމްބަރު 2026

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

06 ނޮވެމްބަރު 2026
ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!
06 ނޮވެމްބަރު 2026

ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

06 ނޮވެމްބަރު 2026
ރަސްމާލެއިން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރަށް ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް