Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިއަލް އެސްޓޭޓް

ރިއަލް އެސްޓޭޓް ބިލަކީ މި ޤައުމު ކާފިރުންނާއި ބޭރުގެ މަހުޖަނުންތަކަކަށް ހިބަކޮށްދޭން މަކަރުވެރިކަމާއެކު ހަދާފައިވާ ބިލެއް: ޝެއިހް ޒަމްޒަމް ފާރިޝް

11 ނޮވެމްބަރު 2026 | ބުދަ 08:26

ރިއަލް އެސްޓޭޓް ބިލަކީ ދިވެހި ފަސްގަނޑު ބޭރުގެ މަހުޖަނުންނަށް ހިބަކޮށްދިނުމަށް ހަދާފައިވާ މަކަރުވެރި ބިލެއް ކަމަށް ވިދާޅުވެ ޝެއިޚް ޒަމްޒަމް ފާރިޝް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. މި ބިލަކީ ކާބަފައިން ވާރުތަކޮށްދިން މި ޤައުމަށް ވެވޭ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ސިފަކުރައްވައި، ޤައުމު ދިފާޢުކުރުމަށް ހުރިހާ ދިވެހިން ސަމާލުވުމަށް އޭނާ ގޮވާލެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ނޮވެމްބަރު 2026 | ބުދަ 08:26
ޝެއިހް ޒަމްޒަމް ފާރިޝް

ޝެއިހް ޒަމްޒަމް ފާރިޝް | ސޯޝަލް މީޑިއާ

ރިއަލް އެސްޓޭޓް ބިލަކީ މި ޤައުމު، ލޯމަރާލާފައި ކާފިރުންނާއި ބޭރުގެ މަހުޖަނުންތަކަކަށް ހިބަކޮށްދޭން މަކަރުވެރިކަމާއެކު ހަދާފައިވާ ބިލެއްކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެ އެވެ.

ޝެއިހް ޒަމްޒަމް ފާރިޝް ލިޔުއްވި ޕޯސްޓުގައި ވިދާޅުވީ، އެ ބިލު ކިޔާލުމުން ޔަޤީންވެގެން ދިޔައީ މިއީ ދިވެހި ޤައުމު ބޭރުގެ ފަރާތްތަކަށް ހިބަކޮށްދޭން ހަދާފައިވާ މަކަރުވެރި ބިލެއް ކަމަށެވެ. އެ ބިލަކީ މަކަރުވެރިކަމާއި ހީލަތްތެރިކަމާއި ޣަދަރުވެރިކަމާއި ޚިޔާނާތްތެރިކަމުން ފޯވެފާވެފައިވާ ކަޅު އަނދިރި ހާސަރުގަނޑެއް ކަމަށް ޝެއިހް ފާރިޝް ސިފަކުރެއްވި އެވެ.

Advertisement - newsAdvertisement

ޝެއިހް ފާރިޝް ވިދާޅުވީ، ދިވެހި ޤައުމަކީ ކާބަފައިންނާއި އަބުޠާލުންނާއި އިހުގެ ދިވެހި ރައްޔިތުން އެތައް ހާސް އަހަރެއް ވަންދެން ބަލަހައްޓައި، ހިމާޔަތްކޮށް، ދިފާޢުކުރަމުން އައިސް ވާރުތަކޮށްދީފައިވާ މުޅި ދިވެހީންގެ މިލްކެއް ކަމަށެވެ.

އެހެންކަމުން އެފަދަ ޤައުމެއް ލޯމަރާލާފައި ކާފިރުންނާއި ބޭރުގެ މަހުޖަނުންތަކަކަށް ހިބަކޮށްދިނުމަކީ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝެއިހް ފާރިޝްގެ ޕޯސްޓުގައި ވަނީ، މި ޚިޔާނާތުގެ ކިބައިން ދިވެހިން މިންޖު ކުރައްވައި ސަލާމަތް ކުރައްވަން އެދި ދުއާކުރައްވާފަ އެވެ.

ޝެއިހް ވިދާޅުވީ، ދިވެހި ޤައުމު ދިފާޢުކުރުމަކީ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، އެކަން ކުރުމަށް އެންމެންވެސް ތައްޔާރަށް ތިބުން މުހިންމު ކަމަށެވެ.

ރިއަލް އެސްޓޭޓް ޤާނޫނުޝެއިހް ޒަމްޒަމް ފާރިޝް

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް

11 ނޮވެމްބަރު 2026
ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް
10 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގެ ސަރަހައްދަށް ބަދަލު އައިސް ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް އުފެދޭނެ: އަލީ ހުސެއިން

10 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގެ ސަރަހައްދަށް ބަދަލު އައިސް ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް އުފެދޭނެ: އަލީ ހުސެއިން
09 ނޮވެމްބަރު 2026

އެންމެ އިންވެސްޓަރަކަށް ގައުމުގެ ރައުސުލްމާލާ ނުބައްދަލު ފުރުސަތު ދިނުމަކީ ވެރިކަން އެ މީހަކާ ހަވާލުކުރުން ފަދަ ކަމެއް: ޝެއިހް ޒަމްޒަމް ފާރިޝް

09 ނޮވެމްބަރު 2026
އެންމެ އިންވެސްޓަރަކަށް ގައުމުގެ ރައުސުލްމާލާ ނުބައްދަލު ފުރުސަތު ދިނުމަކީ ވެރިކަން އެ މީހަކާ ހަވާލުކުރުން ފަދަ ކަމެއް: ޝެއިހް ޒަމްޒަމް ފާރިޝް
09 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

09 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނުނަގާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
09 ނޮވެމްބަރު 2026

އިދިކޮޅުން އުޅެނީ ޚިޔާލީ ފޮލާތަކެއްގައި ޚިޔާލީ ދުނިޔެއެއްގައި، ހަގީގީ ދުނިޔޭގައި ސަރުކާރުން މިތިބީ ރައްޔިތުންނާއެކު: ރައީސް މުއިއްޒު

09 ނޮވެމްބަރު 2026
އިދިކޮޅުން އުޅެނީ ޚިޔާލީ ފޮލާތަކެއްގައި ޚިޔާލީ ދުނިޔެއެއްގައި، ހަގީގީ ދުނިޔޭގައި ސަރުކާރުން މިތިބީ ރައްޔިތުންނާއެކު: ރައީސް މުއިއްޒު
26 އޮކްޓޯބަރު 2026

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!

26 އޮކްޓޯބަރު 2026
ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!
17 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

17 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް