އިސްރާއީލުގެ ކޮންމެ އަށް މީހެއްގެ ތެރެއިން އެކަކީ ދެ ޕާސްޕޯޓު ގެންގުޅޭ މީހެއް، ޑުއެލް ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރަސްމާލެ މަޝްރޫއުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެބައޮތް: ޒަރިޔަންދު
13 ނޮވެމްބަރު 2026 | ހުކުރު 12:24ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓް ބިލުގެ ސަބަބުން، ބިން މިލްކުކުރުމުގެ މުއްދަތު "ސަރެންޑާ އެންޑް ރިގްރާންޓް" އުސޫލުން ދާއިމީކޮށް ދެމިގެންދާނެ ކަމުގެ ކަންބޮޑުވުން މާލީ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ފާޅުކުރައްވައިފި. މި ބިލުގެ ސަބަބުން އިސްރާއީލުގެ ކުންފުނިތަކަށާއި ދެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރަސްމާލެއިން ބިން ގަނެވޭނެ މަގު ފަހިވެ، ރާއްޖޭގެ ދީނީ އަދި އިޖުތިމާއީ ފޭރާމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވި


އިސްމާއީލް ޒަރިޔަންދު "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި | ރާއްޖެ އެމްވީ
އިސްރާއީލުގެ ކޮންމެ އަށް މީހެއްގެ ތެރެއިން އެކަކީ ދެ ޕާސްޕޯޓު ގެންގުޅޭ މީހެއް ކަމަށާއި ޑުއެލް ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކާއި އިސްރާއީލު ކުންފުނިތަކުން ރަސްމާލޭގައި ހިނގާ ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫއުގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮތް ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށްގެންދާ ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ފަރާތުން ހުށަހެޅި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ދައުލަތަކުން ހަރަދުކޮށްގެން ހިއްކާ ތަނަކުން އެ ހަރަދު އަނބުރާ ލިބުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ބަޔާންކޮށްފައި ނެތް ކަމަށެވެ.
ހަމައެއާއެކު، ރަސްމާލެއިން ދޫކުރާ ބިމުން އެއްވެސް ފަރާތަކަށް 99 އަހަރަށް ވުރެ ގިނަ ނުވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ އަލުން ވިއްކާ ކޮންމެ ރީސޭލްއަކަށް 99 އަހަރު ލިބޭ ކަމަށެވެ.
މިހާރު ވާގޮތަކީ ހުށަހަޅާފައި އޮތް ބިލުގައި މާއްދާ 78ން މާސްޓަރ ޑިވޮލޮޕަރއަށް ލިބެނީ 99 އަހަރު އެއީ އަލައްބާރަށް ލިބެނީ 99 އަހަރު. ލިބުނީމާ ކޮންމެ ރީސޭލެއް ގަންނަ ފަރާތަކަށް އަނެއްކާ 99 އަހަރު، މިއަށް އެމީހުން 99 އަހަރޭ ނުބުނެ ބަޔާންކޮށްފައި ވަނީ ސަރެންޑާ އެންޑް ރިގްރާންޓް. ސަރެންޑާ އެންޑް ރިގްރާންޓްގެ މާނައަކީ އަބަދުވެސް ކަމެއް ފަށާއިރުގައި ތަނެއް ކުއްޔަށް ހިފާއިރުގައި ވެސް ކަނޑައެޅިފައި އޮންނަ ޖުމްލަ އަދަދު މަތިވުން. އޭގެ މާނައަކީ މިއަހަރު ކުއްޔަށް ހިފާތަން މިއަހަރުން ފެށިގެން 99 އަހަރު އޮއްވާ މީގެ 5 އަހަރު ފަހުން އެތަނުން އެހެން ބަޔަކު ގަންނައިރުގައި އެ ފަރާތަށް ލިބެނީ 99 އަހަރަށްއިސްމާއީލް ޒަރިޔަންދު
ޒަރިޔަންދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި އޮތީ ރަސްމާލެ ވިއްކާލާ ގޮތަށް ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގައި އިސްލާމް ދީނަށް ބުރޫއަރާ ގޮތަށް އަދި އިޖުތިމާއީ މައްސަލަތައް ދިމާވާގޮތަށް އޮތް ކަންބޮޑުވުން އޮތީ އޮތް ގޮތަށް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. ސަބަބަކީ ޑުއެލް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކާއި އިސްރާއީލްގެ ކުންފުނިތަކަށް މި މަޝްރޫއުގެ ތެރެއަށް ވަދެވުމެވެ. ޒަރިޔަންދު ވިދާޅުވީ އިސްރާއީލުގެ ކޮންމެ އަށް މީހެއްގެ ތެރެއިން އެކަކީ ދެ ޕާސްޕޯޓު ގެންގުޅޭ މީހެއް ކަމަށެވެ. އަދި އޭގެ ތެރެއިން 99 އިންސައްތައަކީ އިސްރާއީލުގެ މަހުޖަނުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
އެހެންކަމުން ބިލު ހަދާފައި ވަނީ ދިވެހި ރައްޔިތުންނަށް ފެންނަ ގޮތަކަށް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.











