Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރައްޔިތުންގެ މަޖިލީހުން ރައީސް މުއިއްޒުގެ މައްސަލަ ބެލުމަށްފަހު އެމަނިކުފާނު އަޒުލުކުރަން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026 | ހުކުރު 10:51

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލީ ދުސްތޫރީ ހަމަތަކާ ހިލާފަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ. މި ސަރުކާރުން ކުރާ ގާނޫނާ ހިލާފު ކަންކަން ބަލައި ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށާއި، އެކަން ނުކުރެވޭ ނަމަ ޖުޑީޝަލް ރިވިއުއަކަށް ދާންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ނޮވެމްބަރު 2026 | ހުކުރު 10:51
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްސަލައި ބަލައި، ޕާލިމަންޓަރީ އިންވެސްޓިގޭޝަނެއް ހިންގައި، އޭގެ ދަށުން އެމަނިކުފާނު އަޒުލު ކުރެވެން ޖެހޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ގާނޫނު އަސާސީއާ ޚިލާފު ކަންތައްތައް އެންމެ ފުރަތަމަ ބެލެން ޖެހޭ ތަނަކީ ހަގީގަތުގައި ރައްޔިތުންގެ މަޖިލިސް ކަމަށެވެ.

Advertisement - newsAdvertisement

އެއީ ގާނޫނު އަސާސީ އިން މަޖިލީހާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި ރައީސް މުއިއްޒު އާއި މި ސަރުކާރުން ޖަވާބުދާރީ ކުރުވުމަށް މަޖިލީހުން ތަހުގީގުކުރަން ޖެހޭނެ ކަމަށް ވެސް ޑރ. ދީދީ ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ކުރައްވާ ގާނޫނު އަސާސީއާ ޚިލާފު ކަންތައްތަކާއި ގާނޫނު އަސާސީ އޮތް ގޮތުން އެ ކަންތައްތައް އެންމެ ފުރަތަމަ ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން. ރައްޔިތުންގެ މަޖިލީހުން ޖެހޭނެ ޖަވާބުދާރީ ކުރުވަން، ރައީސުލްޖުމްހޫރިއްޔާ އަށް ޕާލިމަންޓަރީ އިންވެސްޓިގޭޝަނެއް ހިންގައި އޭގެ ދަށުން އަޒުލު ވެސް ކުރެވެން ޖެހޭނެ. އެކަންތައް އެގޮތަށް ނުކުރެވިއްޖެޔާ ޖުޑީޝަލް ރިވިއަށް ދާން ޖެހޭނެ. ސުޕްރީމް ކޯޓުގެ ވާހަކަ ދެންނެވީ. އެއީ ޕަބްލިކް އިންޓްރެސްޓް ލިޓިގޭޝަނެއްގެ ގޮތުގައި މިހާރު ވެސް އެބައޮތް މައްސަލައެއް ހުށަހަޅުއްވާފައި
ޑރ. އަހްމަދު އަބްދުﷲ ދީދީ

ރަސްމާލެ ތަރައްގީކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ "ކޮމާޝަލް ޓާމްސް އެގްރީމަންޓް" ގެ ސައްހަކަމާ މެދު ސުވާލު އުފައްދައި، އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ގާނޫނީ ވަކީ އަލީ ހުސެއިން އެވެ. 

އެ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ޑރ. ދީދީ ވިދާޅުވީ އެއް މައްސަލަ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ބޭރުކޮށްލައްވާފައި ވަނީ ދުސްތޫރީ ހަމަތަކާ ޚިލާފަށް ކަމަށެވެ. އަދި އެ މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން އެކަން ރިވިއުއަށް ހުށަހަޅާފައިވާއިރު އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކޯޓުން ދީފައިނުވާކަން ފާހަގަކުރައްވާ ޑރ. ދީދީ ވިދާޅުވީ، ހަގީގަތަށް ބަލާއިރު މިއީ އެއަށްވުރެ އަވަހަށް ނިމެން ޖެހޭ މައްސަލައެއް ނަމަވެސް އެކަން ވެސް ނުވެ އޮތް ކަމަށެވެ. 

ރަސްމާލޭ މަޝްރޫއުއާ ގުޅޭ ގޮތުން ހުށަހެޅި މި މައްސަލަ ސުޕްރީމް ކޯޓުން ވަނީ އޮކްޓޫބަރު 13 ވަނަ ދުވަހު ބޭރުކޮށްލާފަ އެވެ. 

ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާހަގަކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ބޭރުގެ ފަރާތަކަށް 99 އަހަރުގެ މުއްދަތަށް އެއްފަހަރާ ކުއްޔަށް ދިނުމަށް ދައުލަތަށް ބާރުލިބޭ އެއްވެސް ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ގާނޫނީ ބާރެއް ނެތި، ބޭރުގެ ފަރާތްތަކަށް މިފަދަ ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމަށް އެކުލަވާލާ ކޮންމެ އެއްބަސްވުމަކީ ގާނޫނު އަސާސީގެ 250 ވަނަ މާއްދާއާ ސީދާ ޚިލާފު ކަމެއް ކަމަށް ވެސް މި މައްސަލައިގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އެ ބިމުގެ މައްޗަށް ތިން ވަނަ ފަރާތްތަކުގެ ހައްގުތައް ދާއިމީކޮށް އުފެއްދުމުގެ ބާރު އީގަލް ހިލްސްއަށް ދިނުމަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާތަކުގެ ގާނޫނީ ސައްހަކަމާމެދު ވެސް މި މައްސަލައިގައި ސުވާލު އުފައްދާފައިވެ އެވެ. ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ނުވަތަ ކުލީގެ ހައްގު ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން، ވަކި މުއްދަތެއް ނެތް ގޮތަށް ނުވަތަ ދާއިމަށް ރާއްޖޭގެ ބިމުގެ މައްޗަށް ބޭރުގެ ފަރާތްތަކަށް މިލްކުވެރިކަމުގެ މަސްލަހަތުތައް ލިބިގެންދާނެ މަގެއް ފަހިވެގެންދާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، މި އެއްބަސްވުމަކީ ގާނޫނު އަސާސީގެ 250 ވަނަ މާއްދާއާއި 251 ވަނަ މާއްދާއާ ސީދާ ޚިލާފު އެއްބަސްވުމެއް ކަމަށްވާތީ، މިއީ ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ. 

ޑރ. މުހައްމަދު މުއިއްޒުޑރ. އަހުމަދު އަބްދުﷲ ދީދީސުޕްރީމް ކޯޓުރަސްމާލެ

އެންމެ ހިނގާ

1

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

3

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

4

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

5

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
13 ނޮވެމްބަރު 2026

ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި

13 ނޮވެމްބަރު 2026
ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި
13 ނޮވެމްބަރު 2026

ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ވިސްނާނަމަ ވޯޓަކަށް ދިއުމަށް ގޮވާލައި، ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް ނުކުތުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

13 ނޮވެމްބަރު 2026
ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ވިސްނާނަމަ ވޯޓަކަށް ދިއުމަށް ގޮވާލައި، ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް ނުކުތުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި
13 ނޮވެމްބަރު 2026

މުންދު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގައުމާއި ދީން ވިއްކާލުން ފަދަ ކަންކަމުގައި ހަޖަމެއް ނުކުރާނަން: ޝެއިޚް އިމްރާން

13 ނޮވެމްބަރު 2026
މުންދު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގައުމާއި ދީން ވިއްކާލުން ފަދަ ކަންކަމުގައި ހަޖަމެއް ނުކުރާނަން: ޝެއިޚް އިމްރާން
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ މައްޗަށް ބޭރުގެ ނުފޫޒު އެބައޮތް، މިސްރާބު ހުރީ ނިޒާމު ފުނޑާލަން: ޕާޕާ

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ މައްޗަށް ބޭރުގެ ނުފޫޒު އެބައޮތް، މިސްރާބު ހުރީ ނިޒާމު ފުނޑާލަން: ޕާޕާ
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!
12 ނޮވެމްބަރު 2026

އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް

12 ނޮވެމްބަރު 2026
އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް