Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

13 ނޮވެމްބަރު 2026 | ހުކުރު 09:50

ރަސްމާލެ މަޝްރޫއު ކުރިއަށްގެންދަނީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފަށް ކަމަށް ވިދާޅުވެ، މިފަދަ ގައުމީ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު މަސްއޫލިއްޔަތެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ނިޒާމުން އިހުމާލުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 13 ނޮވެމްބަރު 2026 | ހުކުރު 09:50
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ | ރާއްޖެ އެމްވީ

ރަސްމާލެ މަޝްރޫއު ރޭވިފައި އޮތް ގޮތުން ރާއްޖެ ވަރަށް ބޮޑު ގާނޫނީ ޑިސްއޯޑަރަކަށް ހިނގައިދާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުމުގެ ތަފްސީލުތައް ފެންނަން ނެތް ނަމަވެސް، އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ދައްކަވާ ވާހަކަތަކުންނާއި ދެކެވޭ ވާހަކަތަކުން އެނގެނީ މި މަޝްރޫއު ކުރިއަށްދަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިއީ ގާނޫނުއަސާސީން ބަލައިގެންފައިވާ ދުސްތޫރީ ހުރިހާ އުސޫލުތަކާއި، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ކަނޑައެޅިގެން ހިލާފު، ގައުމު ބޮޑު ގާނޫނީ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލާނެ ކަމެއް ކަމަށް ފާހަގަކުރައްވައި އެފަދަ ކަންކަން ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް މިފަދަ ބޮޑެތި ކަންކަން ކުރައްވާ ނަމަ، އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ އަސާސީ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައި އޮންނަނީ ރައްޔިތުންގެ މަޖިލީހާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުން ވެސް މިކަމުގައި އެއްބާރުލުން ނުދީ ބައިވެރިވަމުންދާތީ، ދެން އޮތް ހައްލަކީ މިފަދަ މައްސަލަތައް ޝަރުއީ މަރުހަލާ މެދުވެރިކޮށް ޖުޑީޝަލް ރިވިއުއަކަށް ގެންދިއުން ކަމަށް ފާހަގަކުރެއްވި އެވެ.

ނަމަވެސް، ފެންނަން ހުރި ހެކިތަކާއި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމަކީ މިނިވަން އަދި ސަރުކާރުގެ ނުފޫޒާއި ކޮންޓްރޯލުން މުޅިން ބޭރުގައި އޮތް ނިޒާމެއް ކަމަށް ދެންނެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި އޮންނަނީ ގައުމީ މުހިންމު މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަކީ މަސްއޫލިއްޔަތެކޭ. އެހެންކަމަށް ވެއްޖެއްޔާ މީގައި ބަލަންޖެހެނީ މަައުލޫއީ މިންގަނޑަކުން މިއީ ގައުމީ މުހިންމު މައްސަލައެއްތޯ؟ މި މައްސަލައާ މެދު އެއްވެސް ބަޔަކު ޝައްކެއް ނުކުރާނެ. މިއީ ހަމަ ވިސްނުމުން ބަލައިފިއްޔާ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ފަދަ ގައުމީ ބޮޑު މައްސަލައެއް
ޑރ. އަހްމަދު އަބްދުﷲ ދީދީ

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ށ) އާ ހަވާލާދެއްވައި ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، އެ މާއްދާގެ ސުރުހީގައި ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައި އޮތް ނަމަވެސް އޭގައި ހިމެނޭ ގިނަ ކަންކަމަކީ ރައީސް އަދާކުރައްވަންޖެހޭ ލާޒިމު މަސްއޫލިއްޔަތުތަކެއް ކަމަށެވެ.

އެގޮތުން ގައުމީ މުހިންމު ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ ރައީސް އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވި އެވެ. އަދި މިފަދަ މަައުލޫއީ މައްސަލަތަކުގައި އަމަލުކުރަން ޖެހޭނީ އޮބްޖެކްޓިވް މިންގަނޑަކުން ކަމަށާއި، ރައީސް ބޭނުންފުޅުވެއްޖެނަމަ އެކަނި ވޯޓު ނަގާ ގޮތަށް އޮންނަ އުސޫލުތަކަކީ ގާނޫނީ ހަމަތަކާ ހިލާފު ކަންކަން ކަމަށް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ލޯކަލް އިދާރީ މައްސަލައެއްގައި އާންމު ވޯޓެއް ނެގި ނަމަވެސް، ރަސްމާލެ ފަދަ ގައުމީ ބޮޑު މައްސަލައެއްގައި ގިނަ ރައްޔިތުން އެދެމުންދާއިރު ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް އެކަން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ފާހަގަކުރައްވައި ޑރ. އަހްމަދު އަބްދުﷲ ދީދީ ވެރިކަމަށް އިންތިޚާބުވުމަކީ ރައްޔިތުން އެއްވެސް އިމެއް ނެތި ހުރިހާ ބާރުތަކެއް ވެރިޔާއަށް ދޫކޮށްލުން ނޫން ކަމަށާއި، ރައީސް ވެސް އަދި އިންތިޚާބީ އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް މަސައްކަތް ކުރައްވަން ޖެހޭނީ ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން ކަމަށެވެ. އަދި އަމިއްލަފުޅު އިހުތިޔާރުގައި ހިތުހުރި ގޮތަކަށް ކަންކަން ނުނިންމެވޭނެ ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް ގާނޫނުއަސާސީގެ އިމަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީރަސްމާލެ

އެންމެ ހިނގާ

1

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

2

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

3

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

4

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

5

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2026

ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި

13 ނޮވެމްބަރު 2026
ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި
13 ނޮވެމްބަރު 2026

ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ވިސްނާނަމަ ވޯޓަކަށް ދިއުމަށް ގޮވާލައި، ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް ނުކުތުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި
13 ނޮވެމްބަރު 2026

މުންދު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގައުމާއި ދީން ވިއްކާލުން ފަދަ ކަންކަމުގައި ހަޖަމެއް ނުކުރާނަން: ޝެއިޚް އިމްރާން

13 ނޮވެމްބަރު 2026
މުންދު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ގައުމާއި ދީން ވިއްކާލުން ފަދަ ކަންކަމުގައި ހަޖަމެއް ނުކުރާނަން: ޝެއިޚް އިމްރާން
13 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް

13 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ އެންމެ ބޮޑު މަސައްކަތަކީ މީޑިއާތައް ކޮންޓްރޯލް ކުރުން، ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ: މެންބަރު މައުރޫފް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ލީކުވެފައިވާ އޯޑިއޯގައި ބުނާ "ބްރަދަރ އަބްދުﷲ" އަކީ ކާކު ކަން ފުރަތަމަ ސާފުވާންޖެހޭ: މެންބަރު މީކާއީލް
13 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!

13 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!
12 ނޮވެމްބަރު 2026

އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް

12 ނޮވެމްބަރު 2026
އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް
12 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކައެއް ނޫން، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އިސްރާއީލުގެ އަވަށެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް: ގާލިބު

ރައީސް މުއިއްޒު އަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ ބަޔަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ވެރިއެއް، މިއަދު ރެފަރެންޑަމެއް ނެގިޔަސް، 15 އިންސައްތަވެސް ނުލިބޭނެ: މީކާއިލް

12 ނޮވެމްބަރު 2026
ރައީސް މުއިއްޒު އަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ ބަޔަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ވެރިއެއް، މިއަދު ރެފަރެންޑަމެއް ނެގިޔަސް، 15 އިންސައްތަވެސް ނުލިބޭނެ: މީކާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް