Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި

12 ނޮވެމްބަރު 2026 | ބުރާސްފަތި 05:12

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގު ފަހިވުމަކީ ދީނީ އަދި ގައުމީ ގޮތުން އޮތް ނުރައްކަލެއް ކަމަށް ބުނެ، އެކަން އެގޮތަށް ނުކުރެއްވުމަށް ޑރ.އިޔާޒު ވަނީ ރައީސް އަށް އިލްތިމާސް ކުރައްވާފައި. މި މަޝްރޫއާ ގުޅިގެން ދީނީ އިލްމުވެރިންނާއި އާންމުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، މި މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައީސް މުއިއްޒު ވަނީ ދެކޮޅު ހައްދަވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 12 ނޮވެމްބަރު 2026 | ބުރާސްފަތި 05:12
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް ޚުތުބާ ވިދާޅުވަނީ- ފައިލް ފޮޓޯ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް ޚުތުބާ ވިދާޅުވަނީ- ފައިލް ފޮޓޯ | ފޭސްބުކް

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގެއް ހުޅުވިގެން ދިޔުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ، އެފަދަ ކަމެއް ނުކުރެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފް، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އިލްތިމާސް ކުރައްވައިފި އެވެ.

ޑރ. އިޔާޒު މިކަމަށް އިލްތިމާސް ކުރެއްވީ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

އެ ޕޯސްޓުގައި ޑރ. އިޔާޒު ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އެހެން ދީންތަކުގެ މީހުންނަށް ވަޒަންވެރިވެވޭނެ ފުރުސަތު ފަހިވެގެން ދިޔުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ޓެގުކުރައްވައި އޭނާ ވަނީ، އެފަދަ ކަމެއް ނުކުރެއްވުމަށް އެދިވަޑައިގެން ރައީސްއަށް އިލްތިމާސް ކުރައްވާފަ އެވެ.

ޑރ. އިޔާޒަކީ ގައުމީ އަދި ދީނީ މިފަދަ މުހިންމު މައްސަލަތަކުގައި އަބަދުވެސް ކެރިގެން ބަސްބުނުއްވާ، އަދި ޔަހޫދީންނާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވައި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން، ޑރ. އިޔާޒުގެ އިތުރުން ރާއްޖޭގެ މަޝްހޫރު އެހެން ދީނީ އިލްމުވެރިންނާއި އަދާލަތު ޕާޓީން ވެސް ވަނީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް އަޑުއުފުލައި، އެކަމާ ދެކޮޅު ހަދާފަ އެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން ބޮޑު ސަރަހައްދެއް 99 އަހަރަށް ދާއިމީކޮށް ދޭ ކަމަށް ބުނާ މައްސަލައާ ގުޅިގެން ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، މި މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް މުއިއްޒު ވަނީ ދެކޮޅު ހައްދަވާފަ އެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ ތެރޭގައި ދެވަނަ ދައުލަތެއް އުފެއްދުމަށް ކުރާ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްޑރ. މުހައްމަދު މުއިއްޒުރަސްމާލެ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

ރައީސް މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 ނޮވެމްބަރު 2026

ޖުމްހޫރީ ވެރިކަމެއް ކުރުމަށް ހަވާލުވެ ރައީސް މުއިއްޒު އަލުން ރާއްޖެ އެ ގެންދަނީ ރަސްކަމުގެ މަގަށް: ފައްޔާޒް

11 ނޮވެމްބަރު 2026
ޖުމްހޫރީ ވެރިކަމެއް ކުރުމަށް ހަވާލުވެ ރައީސް މުއިއްޒު އަލުން ރާއްޖެ އެ ގެންދަނީ ރަސްކަމުގެ މަގަށް: ފައްޔާޒް
11 ނޮވެމްބަރު 2026

ރަސްމާލެ އިން ބިން ހޯދުމަށް 58،000 އާއިލާ އިން އެދިއެދި ތިއްބާ ރައްޔިތުން ގާތު އަހާނުލައި، ޣައިރު ދީންތަކުގެ މީހުންނަށް އެތަން ދޭން ޖާގައެއް ނުދޭނަން: އަލީ ހުސެއިން

ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު ރަސްކަލަކަށް ވުމުގެ ވިސްނުން!

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު ރަސްކަލަކަށް ވުމުގެ ވިސްނުން!
11 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަށް އަނެއްކާވެސް ކޮންސަލްޓެންޓެއް ހޯދަނީ، މިފަހަރު ހޯދަނީ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް!

11 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަށް އަނެއްކާވެސް ކޮންސަލްޓެންޓެއް ހޯދަނީ، މިފަހަރު ހޯދަނީ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް!
11 ނޮވެމްބަރު 2026

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް

11 ނޮވެމްބަރު 2026
ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް
11 ނޮވެމްބަރު 2026

ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފެދޭ ގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

11 ނޮވެމްބަރު 2026
ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފެދޭ ގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
10 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގެ ސަރަހައްދަށް ބަދަލު އައިސް ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް އުފެދޭނެ: އަލީ ހުސެއިން

10 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާއެކު ރާއްޖޭގެ ސަރަހައްދަށް ބަދަލު އައިސް ދައުލަތުގެ ތެރޭގައި އެހެން ދައުލަތެއް އުފެދޭނެ: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް