Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ މައްޗަށް ބޭރުގެ ނުފޫޒު އެބައޮތް، މިސްރާބު ހުރީ ނިޒާމު ފުނޑާލަން: ޕާޕާ

13 ނޮވެމްބަރު 2026 | ހުކުރު 06:56

ރައީސް މުއިއްޒުގެ މައްޗަށް ބޭރުގެ ނުފޫޒު އޮތް ކަމަށާއި، ގައުމުގެ ކަންކަން ހިނގަނީ އީގަލް ހިލްސް ފަދަ ކުންފުނިތަކުގެ ބާރުގެ ދަށުން ކަމަށް ޕާޕާ ވިދާޅުވި. އަދި ސަރުކާރުން ރައްޔިތުންގެ ކެތްތެރިކަން ޓެސްޓުކުރަމުންދާ ކަމަށާއި، މިހާރު ހިނގާ ކަންކަމަކީ ގައުމީ ނިޒާމު ފުނޑާލުމަށް ރޭވިގެން ހިންގާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 13 ނޮވެމްބަރު 2026 | ހުކުރު 06:56
ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖުގައި އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ) ވާހަކަ ދައްކަވަނީ

ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖުގައި އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ބޭރުގެ ބޮޑެތި ނުފޫޒުތަކެއް އެބައޮތް ކަމަށާއި، މިއަދު ސަރުކާރު ހިންގުމުގައި އެމަނިކުފާނުގެ ބާރެއް ނެތް ކަމަށް އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން ރިޓަޔާޑް އަހުމަދު ފަޔާޒު (ޕާޕާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން ޕާޕާ ވިދާޅުވީ، ރައީސް މުއިއްޒު ހުންނެވީ ވަރަށް ބޮޑަށް ފައިސާގެ ނުފޫޒުގައި ޖެހިވަޑައިގެން ނުވަތަ މަޖުބޫރީ ހާލަތެއްގެ ތެރޭގައި ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މިހާރު ގައުމުގެ ކަންކަން ހިނގަމުންދަނީ އީގަލް ހިލްސް އާއި ހެންލީ ފަދަ ބޭރުގެ ފަރާތްތަކުގެ ލަފަޔާއި ބާރުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement
އަޅުގަނޑު މިއަދު ކަންތައްތައް ހުރި ގޮތުން އަޅުގަނޑަށް މި ފޯސީކުރެވެނީ ރައީސުލްޖުމްހޫރިއްޔާގެ ބާރެއް ނެތް މިއަދު. މިއަދު މުޅި ނިޒާމުން މި އޮޕަރޭޓުކުރަނީ ބޭރުގެ ނުފޫޒު. މި މީހުން ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ކުރާ ގޮތަށް ޓެރަރައިޒްކޮށްގެން، ބިރުދައްކައިގެން، ގްރޫޕުތަކަށް ފައިސާ ދީގެން ނެރެގެން މިކަން ކުރާ ނިޒާމު މަޑުމަޑުން މި އަންނަނީ ފެންނަން
އަހުމަދު ފަޔާޒު (ޕާޕާ)

މީގެއިތުރުން ޕާޕާ ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ރައްޔިތުން ކަންކަމުގައި އިހުތިޖާޖުކޮށް ނުކުންނަ މިންވަރު ބެލުމަށް "ޓެސްޓުކުރުމުގެ" އުސޫލުން ކަމަށެވެ.

އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ސިނގިރޭޓުގެ މައްސަލައިގައި ފިޔަވަޅު އަޅައިގެން ރައްޔިތުންގެ އަމަލުތައް ހުރިގޮތް ބެލި ކަމަށާއި، އޭގެ ފަހުން ޑޮލަރުގެ މައްސަލައިގައި ވެސް ކަންކަން ކުރަމުން ދަނީ ގަސްތުގައި ރައްޔިތުންގެ ރިއެކްޝަން ބެލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ކުރީގެ ސަރުކާރުތަކަށް ވުރެ ދެގުނައަށް މިހާރު ގައުމަށް ޑޮލަރު ވަންނަމުންދާއިރު ވެސް މި ހާލަތަށް ކަންކަން ދިއުމަކީ ރޭވިގެން ހިނގާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕާޕާ ވިދާޅުވީ މިއީ ވަރަށް ދުރު ރާސްތާއަކަށް ރާވައިގެން، ގަސްތުގައި މި ގައުމުގެ ޝަޚްސިއްޔަތާއި ގައުމީ ނިޒާމު ފުނޑާލުމަށްޓަކައި ހިންގަމުންދާ ކަންތައްތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަން ހިނގަމުންދާއިރު އިލްމުވެރިންނާއި އެހެނިހެން ފަރާތްތައް ވެސް އެއްވެސް ބަހެއް ނުބުނެ ހަނު ތިބޭ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޑރ. މުހައްމަދު މުއިއްޒުހެންލީއަހުމަދު ފަޔާޒް (ޕާޕާ)އީގަލް ހިލްސް

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

4

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

5

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކައެއް ނޫން، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އިސްރާއީލުގެ އަވަށެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް: ގާލިބު

ރަސްމާލެއިން ބިން ދޭ މައްސަލައިގައި ދިވެހި ސިފައިން ތެދުވަން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ގޮވާލައްވައިފި

12 ނޮވެމްބަރު 2026
ރަސްމާލެއިން ބިން ދޭ މައްސަލައިގައި ދިވެހި ސިފައިން ތެދުވަން ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ގޮވާލައްވައިފި
12 ނޮވެމްބަރު 2026

ރައީސް މުއިއްޒު އަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ ބަޔަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ވެރިއެއް، މިއަދު ރެފަރެންޑަމެއް ނެގިޔަސް، 15 އިންސައްތަވެސް ނުލިބޭނެ: މީކާއިލް

ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން

12 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން
12 ނޮވެމްބަރު 2026

ތިނަދޫ ސިޓީގެ މޭޔަރުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް ބުނެ، ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފި

12 ނޮވެމްބަރު 2026
ތިނަދޫ ސިޓީގެ މޭޔަރުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް ބުނެ، ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފި
12 ނޮވެމްބަރު 2026

އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި

12 ނޮވެމްބަރު 2026
އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 ނޮވެމްބަރު 2026

ޖުމްހޫރީ ވެރިކަމެއް ކުރުމަށް ހަވާލުވެ ރައީސް މުއިއްޒު އަލުން ރާއްޖެ އެ ގެންދަނީ ރަސްކަމުގެ މަގަށް: ފައްޔާޒް

11 ނޮވެމްބަރު 2026
ޖުމްހޫރީ ވެރިކަމެއް ކުރުމަށް ހަވާލުވެ ރައީސް މުއިއްޒު އަލުން ރާއްޖެ އެ ގެންދަނީ ރަސްކަމުގެ މަގަށް: ފައްޔާޒް
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު ރަސްކަލަކަށް ވުމުގެ ވިސްނުން!

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު ރަސްކަލަކަށް ވުމުގެ ވިސްނުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް