Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭޔަރު ސައުދު އަލީ

ތިނަދޫ ސިޓީގެ މޭޔަރުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއްކަމަށް ބުނެ، ދައުވާތައް އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފި

12 ނޮވެމްބަރު 2026 | ބުރާސްފަތި 07:55

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ނުފޫޒުން އުފުލާފައިވާ އަސާސެއް ނެތް ދައުވާތަކެއް ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި. ކައުންސިލްގެ ނިންމުމަކަށް މޭޔަރު ޒިންމާކުރުވައި ޝަރީއަތް އަވަސްކުރަނީ މަގާމުން ވަކިކުރުމުގެ ނިޔަތުގައި ކަމަށް ތުހުމަތުކޮށް، އެ ދައުވާތައް އަނބުރާ ގެންދިއުމަށް އެ ޕާޓީން ވަނީ ގޮވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ނޮވެމްބަރު 2026 | ބުރާސްފަތި 07:55
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތުކޮށް، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ހުށަހެޅިކަމަށް ތުހުމަތުކޮށް، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް | ރާއްޖެ އެމްވީ

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް، ސިޔާސީ ނިޔަތެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް ބުނެ އެ ދައުވާތައް އަނބުރާ ގެންދިއުމަށް އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޭޔަރު ސައުދުގެ މައްޗަށް ކުރަނީ ސިޔާސީ ބޭނުމެއްގައި ކުރާ ދައުވާތަކެއް ކަމަށެވެ.

Advertisement - newsAdvertisement

ސައުދު އަލީގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ ދަށުން ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

އެމްޑީޕީން ބުނި ގޮތުގައި މި ދައުވާތައް ބިނާކޮށްފައިވަނީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. ކައުންސިލްގެ ނިންމުމަކަށް މޭޔަރު ފަރުދީގޮތުން ޒިންމާވާންޖެހުމަކީ ނުވަތަ އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރުމަކީ ޤާނޫނުއަސާސީއާއި ޤާނޫނީ އާއްމު ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ.

މި މައްސަލައިގައި ދައުލަތުން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވަނީ، ހަގީގަތުގައި ވެސް އެ ފަދަ ޖިނާއީ ކުށެއް ސައުދު އަލީ ކޮށްފައި ނުވާތީ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ. އަދި މި މައްސަލައިގައި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކާ ހިލާފަށް، އާދަޔާ ހިލާފު ބާރުމިނެއްގައިކަން އެ ޕާޓީން ފާހަގަކުރެ އެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުންވެސް މި މައްސަލަ ކުރިއަށްގެންދަނީ އެހެން ގަޟިއްޔާތަކާ ހިލާފަށް ވީ އެންމެ އަވަހަކަށް ހުކުމް ކުރުމުގެ އަމާޒެއްގައި ކަމަށް އެމްޑީޕީން ތުހުމަތުކުރެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި މި ދައުވާތައް ހުށަހަޅާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ، ސައުދު އަލީއަށް އިންޒާރު ދެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ އެވެ. ސައުދު އަލީ އަލުން މޭޔަރުކަމަށް އިންތިހާބުވިޔަސް މަގާމު ގެއްލުވާލައި ޖަލަށްލާނެ ކަމަށް ބުނެ ސައުދުﷲ ހިލްމީ އާއްމު ތަނެއްގައި އިންޒާރު ދެއްވާފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.

މި ކަމަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރުގެ މަގާމު ގެއްލުވާލުމަށް ހިންގާ އަމަލެއް ކަމަށާއި، މިއީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކާ ހިލާފު ކަމެއް ކަމަށް އެމްޑީޕީން ބުނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގައިގެން އެމްޑީޕީގެ ހަރަކާތްތެރިންނާއި އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ކުރާ ސިޔާސީ ދައުވާތައް ކުށްވެރިކުރާ ކަމަށާއި، މިފަދަ ބިރުދެއްކުންތަކުން އެ ޕާޓީގެ މެންބަރުން ފަސްނުޖެހޭނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސައުދު އަލީޕީއެންސީޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

5

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2026

އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި

12 ނޮވެމްބަރު 2026
އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު، ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި
11 ނޮވެމްބަރު 2026

ޖުމްހޫރީ ވެރިކަމެއް ކުރުމަށް ހަވާލުވެ ރައީސް މުއިއްޒު އަލުން ރާއްޖެ އެ ގެންދަނީ ރަސްކަމުގެ މަގަށް: ފައްޔާޒް

11 ނޮވެމްބަރު 2026
ޖުމްހޫރީ ވެރިކަމެއް ކުރުމަށް ހަވާލުވެ ރައީސް މުއިއްޒު އަލުން ރާއްޖެ އެ ގެންދަނީ ރަސްކަމުގެ މަގަށް: ފައްޔާޒް
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު ރަސްކަލަކަށް ވުމުގެ ވިސްނުން!

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު ރަސްކަލަކަށް ވުމުގެ ވިސްނުން!
11 ނޮވެމްބަރު 2026

ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް

11 ނޮވެމްބަރު 2026
ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް
11 ނޮވެމްބަރު 2026

ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފެދޭ ގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

11 ނޮވެމްބަރު 2026
ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފެދޭ ގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
10 ނޮވެމްބަރު 2026

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

10 ނޮވެމްބަރު 2026
"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި
10 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ "އިހުތިރާމު ކެމްޕޭން" އިފްތިތާހުކުރަން ބަންދު ދުވަހެއްގެ ރޭ ބާއްވާ ޖަލްސާއަށް ސިވިލް ސަރވިސް މުވައްޒަފުން ދޭތޯ ކަށަވަރުކުރަން ކޮމިޝަނުން ސަރުކާރު އޮފީސްތަކަށް އަންގައިފި

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލަ: މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި

10 ނޮވެމްބަރު 2026
 ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލަ: މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް