Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މާބޮޑު ފައިދާއެއް ނުލިބޭނެ: ޒަރިޔަންދު

25 އޮކްޓޯބަރު 2026 | އާދީއްތަ 07:11

ރަސްމާލެ މަޝްރޫއު އިން ސަރުކާރުން އަންދާޒާކުރާ މިންވަރަށް ފައިދާ ނުލިބޭނެ ކަމަށާއި، އީގަލް ހިލްސް ކުންފުނީގެ ދުވެއްޔަށް ބަލާއިރު 10 އަހަރު ތެރޭގައި އެޅޭނީ އެންމެ 1،050 ހައުސިންގ ޔުނިޓު ކަމަށް މާލީ ތަޖުރިބާކާރު ޒަރިޔަންދު ވިދާޅުވި. ބިން ހިއްކުމުގެ ޚަރަދު 700 މިލިއަން ޑޮލަރަށްވުރެ ބޮޑުވާއިރު، އާބާދީ ބިނާނުވެ ޓެކްސްގެ އާމްދަނީ ނުލިބޭނެތީ ކުރިއަށް އޮތް ދިހަ އަހަރު ސަރުކާރަށް މާލީ މަންފާއެއް ނުލިބޭނެކަން އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޮކްޓޯބަރު 2026 | އާދީއްތަ 07:11
"ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ފޯރަމުގައި މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވާހަކަ ދައްކަވަނީ

"ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ފޯރަމުގައި މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަސްމާލެ މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް މާބޮޑު ފައިދާއެއްވާނެ ކަމަށް ގާބޫލުނުކުރައްވާ ކަމަށާއި، މި މަޝްރޫއިން ސަރުކާރުން އަންދާޒާކުރާ މިންވަރަށް ފައިސާ ނުލިބޭނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުރިއަށްގެންދިޔަ "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ފޯރަމުގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، މި މަޝްރޫއު އިން 12 ބިލިއަނާއި 20 ބިލިއަނާ ދެމެދުގެ ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އެކި ތަންތަނުގައި އެކި އަދަދުތައް އުޅޭތީ ހަގީގަތުގައި ލިބެނީ ކޮން އަދަދެއްގެ ފައިދާއެއްކަން ސާފުނުވާ ކަމަށެވެ. އަދި މިފަދަ ބޭރު ކުންފުނިތަކާއެކު މުއާމަލާތް ކުރާއިރު ވިސްނަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި، މިއީ އެއްބަސްވުމުގައި ސޮއިކުރާ ތަނުން ވިދިގެން އަންނަ ދުވަހު ކުއްލިއަކަށް 5،000 ހައުސިންގ ޔުނިޓު އެޅި، އެއްފަހަރާ މުޅި ރަސްމާލެ އާބާދުވެގެންދާނެ ތަނެއް ނޫން ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

މި މަޝްރޫއާ ހަވާލުވާ އީގަލް ހިލްސް ފަދަ ކުންފުނިތަކުން އެހެން ތަންތަނުގައި މަސައްކަތްކޮށްފައިވާ ދުވެއްޔާއި، މިފަދަ މަޝްރޫއުތައް ނިންމަން ނަގާ މުއްދަތަށް ބަލާއިރު، ސަރުކާރުން ދައްކާ ވާހަކަތަކާ ދިމާނުވާ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ. 

އެގޮތުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި، ގާތްގަނޑަކަށް 2037 ވަނަ އަހަރާ ހަމައަށް 15،000 ހައުސިންގ ޔުނިޓު އެޅޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އީގަލް ހިލްސްގެ މަސައްކަތުގެ ދުވެއްޔަށް ބަލާއިރު އެ މުއްދަތުގައި އެންމެ ގިނަވެގެން ވެސް ހެދޭނީ 3،950 ހައުސިންގ ޔުނިޓު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ މަސައްކަތުގެ މާހައުލަށް އަމަލީ ގޮތުން ބަލާއިރު ނިންމޭނީ ގާތްގަނޑަކަށް 1،050 ހައުސިންގ ޔުނިޓު ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރަސްމާލޭގައި ހަމައެކަނި ބޯހިޔާވަހިކަން ގާއިމުކުރުމުގެ އިތުރުން ބޮޑު ޓައުންޝިޕަކަށް ބޭނުންވާ އެހެނިހެން މުހިންމު ޚިދުމަތްތައް ހަދަންޖެހޭނެކަން ފާހަގަކުރައްވައި ޒަރިޔަންދު ވިދާޅުވީ، އެ ސަރަހައްދުގައި ހޮސްޕިޓަލާއި މިސްކިތްތަކާއި ފައްޅި/ޗާޗުތަކާއި ޕޮލިސް ސްޓޭޝަނާއި ސްކޫލްތައް އަދި އެހެނިހެން އަސާސީ ވަސީލަތްތައް ގާއިމުކުރަން އިންވެސްޓަރުން ޚަރަދުކުރަންޖެހޭނެ ކަމަށެވެ.

އެހެންކަމުން މީހަކަށް ގެއެއް އެޅިޔަސް ސިއްހީ ފަރުވާ ލިބޭނެ ގޮތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މި ހުރިހާ ވަސީލަތްތަކަކަށް އިންވެސްޓްކުރަން ޖެހުމުން، ބޯހިޔާވަހިކަމަށް އެޅޭނީ 1،050 ހައުސިންގ ޔުނިޓު ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

ބިން ހިއްކުމުގެ ޚަރަދަށް އިޝާރާތް ކުރައްވައި ޒަރިޔަންދު ވިދާޅުވީ، އެ ބިން ހިއްކަން ދިވެހި ސަރުކާރުން ކޮށްފައިވާ ޚަރަދުގެ ހަގީގީ އަގު އެއްވެސް ދިމާލަކުން ސާފުކޮށް ބުނެދީފައިނުވާ ކަމަށެވެ. ބައެއް ފަރާތްތަކުން 600 އާއި 700 މިލިއަން ޑޮލަރު އަރާނެ ކަމަށް ބުނާއިރު، 500 ހެކްޓަރުގެ ތެރެއިން ހަމައެކަނި ތޮށިލުމާ ނުލައި ބަލާއިރު އެވްރެޖްކޮށް 272 މިލިއަނާއި 300 މިލިއަން ޑޮލަރު މިހާރު ވެސް ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި ތޮށިލުމާ އެކު މުޅި ބިން އެއްކޮށް ހިއްކައި ނިންމާނަމަ 700 މިލިއަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ބޯހިޔާވަހިކަމަށް ދޭން ބުނާ 5،000 ހައުސިންގ ޔުނިޓުގެ މަސައްކަތް 2027 ގައި ފަށައިގެން ނިމޭނީ 2028 ގައި ކަމަށް ބެލެވޭއިރު، އެ ހައުސިންގ ޔުނިޓުތައް އަޅަނީ ލަގްޒަރީ ހައުސިންގ ޔުނިޓުތައް ހުންނަ ހުޅުމާލެ ފޭސް 3 ގައި ކަމުން އެއީ އާންމު ބޯހިޔާވަހިކަމަށް ދެވޭ ތަންތަންކަން ވެސް ކަށަވަރުނުވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. އަދި އޭގެ 10 އިންސައްތަ ސަރުކާރުން ދޭއިރު، ހުޅުމާލޭގެ ބިމަކީ ބޮޑު އަގެއް އޮތް އެއްޗެއް ކަމަށާއި ފިނޭންސް މިނިސްޓްރީން ވެސް ހުޅުމާލޭގެ ބިމަށް އަގުތަކެއް ދައްކާފައިވާކަން ހަނދާންކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން، ބިމުގެ އަގު ސަރުކާރުން ދައްކާފައި އެ 10 އިންސައްތަ ދޭ ކަމަށްވާނަމަ، އަދި ޑިވެލޮޕަރުންނަށް ރެވެނިއު ލިބޭނީ ވެސް ރެސިޑެންސްތައް ވިކޭ މިންވަރަކުން އިންސްޓޯލްމަންޓް އުސޫލުން ކަމަށްވާތީ، މި މަޝްރޫއު އިން ކުރިއަށް އޮތް 10 އަހަރު ސަރުކާރަށް މައިގަނޑު ފައިދާއެއް ވާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަރިޔަންދު ވިދާޅުވީ މި މަޝްރޫއު އިން ސަރުކާރަށް ލިބޭނެ މިންވަރު ސަރުކާރުން ލަފާކުރާ ވަރަށްވުރެ ގާތްގަނޑަކަށް 300 މިލިއަން ދަށްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެ ބިން ހިއްކަން ދިޔަ ޚަރަދާއި، ހުޅުމާލެއިން ދޫކުރި ބިމުގެ އަގު ވެސް ސަރުކާރަށް އަނބުރާ ލިބޭނެ ކަމަށް ނުބެލެވެނީ އެ ތަންތަން އާބާދުވާ މިންވަރަކުން ނޫނީ ޓެކްސްގެ އާމްދަނީ ވެސް ނުލިބޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއީލް ޒަރިޔަންދުރަސްމާލެ އީގަލް ހިލްސް

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: ފައިސަލް
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު

23 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ކުރިއަށްދާނަމަ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރި ނުވާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތް: ކުރީގެ އުއްތަމަފަނޑިޔާރު
22 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!

22 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!
22 އޮކްޓޯބަރު 2026

ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން

22 އޮކްޓޯބަރު 2026
ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން
22 އޮކްޓޯބަރު 2026

ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު

22 އޮކްޓޯބަރު 2026
ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު
21 އޮކްޓޯބަރު 2026

ރަސްމާލޭގެ މައްސަލައިގައި ރެޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފި

21 އޮކްޓޯބަރު 2026
ރަސްމާލޭގެ މައްސަލައިގައި ރެޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފި
21 އޮކްޓޯބަރު 2026

ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު

21 އޮކްޓޯބަރު 2026
ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު
21 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅު ކޮންމެ މީހަކީ ދިވެހިންގެ އަދުއްވެއް ކަމަށް ޕީއެންސީ މެންބަރު މުސްތަފާ ވިދާޅުވެއްޖެ

21 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅު ކޮންމެ މީހަކީ ދިވެހިންގެ އަދުއްވެއް ކަމަށް ޕީއެންސީ މެންބަރު މުސްތަފާ ވިދާޅުވެއްޖެ
21 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލެ އެގްރީމަންޓު ބެލުމަށް، އެ އެއްބަސްވުން ފެންނަ މީހެއް އޮތް ތަނެއް އެނގޭ މީހަކުވެސް ނެތް: މައުރޫފް

21 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލެ އެގްރީމަންޓު ބެލުމަށް، އެ އެއްބަސްވުން ފެންނަ މީހެއް އޮތް ތަނެއް އެނގޭ މީހަކުވެސް ނެތް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް