Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް މުއިއްޒު

ރައީސް މުއިއްޒު ރަސްކަލަކަށް ވުމުގެ ވިސްނުން!

11 ނޮވެމްބަރު 2026 | ބުދަ 09:17

ރާއްޖޭގެ މުހިންމު ސަރަހައްދުތަކުން ބޭރުގެ ކުންފުނިތަކަށް ބޮޑެތި މަޝްރޫއުތައް ދޫކޮށް، ސިފައިންގެ އިސްވެރިން ސިޔާސީ މަގާމުތަކަށް އައްޔަންކުރަމުންދާތީ އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައި. މިކަމަކީ ބޭރުގެ ނުފޫޒުގަދަ ގައުމުތަކުގެ އެހީތެރިކަމާއެކު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ދާއިމީ ބާރުވެރިކަމެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ

އިބްރާހިމް ރިޒްވާން
އިބްރާހިމް ރިޒްވާން | 11 ނޮވެމްބަރު 2026 | ބުދަ 09:17
ރައީސް ޑޮކްޓަރު މުޙައްމަދު މުއިއްޒު

ރައީސް ޑޮކްޓަރު މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒަކީ މާތްވެގެންވާ އިސްލާމްދީނަށާއި ދިވެހި ގައުމަށް ދުވަހަކުވެސް ދެރަގޮތެއް މެދުވެރިވުމަށް އެދިވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. އަދި ޔަހޫދީންގެ ނުފޫޒާއި ފިކުރުތަކުގެ ކުރިމަތީގައި އެމަނިކުފާނު ދީލައިނުލައްވާނެ ކަމާމެދު ޝައްކެއް ނެތެވެ. މިއީ އެމަނިކުފާނާ އަރިސް ބޭފުޅަކު ހާމަކުރެއްވި އިޚްލާސްތެރި ޝުއޫރެކެވެ.

ކަން މިހެން އޮތްއިރު، މި ފެށިގެން މިއުޅެނީ އަދި ކޮންފަދަ ކަމެއް ހެއްޔެވެ؟ ދައުލަތުގެ މުހިންމު މަގާމުތަކަށް ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން އައްޔަންކުރައްވައިގެން، މި ކޮށައިދެއްވަނީ ކޮން މިސްރާބަކަށް ދާނެ މަގެއް ހެއްޔެވެ؟ ކޮންމެ ހަލަބޮލިކަމަކާއި ހަޅުތާލަކުން އަމިއްލަ ޒާތީ މަންފާއެއް ހާސިލުކުރުމަކީ އަބަދުވެސް ސިޔާސީ މައިދާނުގައި ބޭނުންކުރަމުން އަންނަ އުކުޅެކެވެ. މި ހުރިހާ ކަމަކާ މެދު ފުންކޮށް ވިސްނައި، ކަންކަން ގުޅުވައިލުމުން ސިފަވެގެން މިދަނީ މުޅިން ތަފާތު މަންޒަރެކެވެ.

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމުގެ މައިގަނޑު އަސާސަކީ އަދި އޭގެ ހަގީގީ މަގުސަދަކީ ކޮބައިތޯ އެވެ؟ މި މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުން އުފެދެމުންދާ ސަބަބަކީ ކޮބައިތޯ އެވެ؟ ޚާއްސަކޮށް، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ދޫކޮށްލުމާއި، ގައުމުގެ ސިޔާދަތާއި އިސްލާމީ ވަހްދަތަށް އަސަރުފޯރާނެ ފަދަ ގޮތަކަށް ބޭރު މީހުން ވަޒަންވެރިކުރުވުމުގެ ފުރުސަތު އޮތްކަމަށް ބުނެ ރައްޔިތުން ފާޅުކުރަމުންދާ ޝުއޫރުތަކުގެ ހަގީގަތަކީ ކޮބައިތޯ އެވެ؟ އަދި ދިވެހިންގެ ދީނީ އަދި ގައުމީ މަސްލަހަތާ ފުށުއަރާފަދަ ކަންކަމަށް ޖާގަ ލިބިދާނެކަމުގެ ބިރު އޮތްއިރު، ރައީސް މުއިއްޒު މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އަސްލު ބޭނުމަކީ ކޮބައިތޯ އެވެ؟

ތުރުކީވިލާތް، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާން ފަދަ ގައުމުތަކުގެ ސިޔާސީ ނިޒާމުތައް ބައްޓަންވެފައިވަނީ، ޒަމާންވީ އަދި ބާރުގަދަ ވެރިކަމުގެ ނުފޫޒު ދެމެހެއްޓުމަށް ބާރުއަޅާ އުސޫލުތަކެއްގެ މައްޗަށެވެ. ހަމައެފަދައިން، ޗައިނާއަކީ ވެސް ވެރިކަމުގެ ބާރުތައް އެއްފަސްކޮށް، ދައުލަތުގެ ނުފޫޒު މުޅި މުޖުތަމައުގެ މައްޗަށް ވަރުގަދަކުރުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. އެހެންކަމުން، މިފަދަ ގައުމުތަކުގެ މަސްލަހަތު އެންމެ ބޮޑަށް ގުޅިފައި އޮންނާނީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަން ދިގު މުއްދަތަކަށް ދެމިއޮތުމަށް ތާއީދުކުރުމާ ކަމުގައި ބެލެވެ އެވެ.

ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި މާލެ ކައިރި ސަރަހައްދުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތުރުކީގެ ބާރުގަދަ ފަރާތްތަކުންނާއި ނުފޫޒުގަދަ ކުންފުނިތަކުން ހިންގަމުންދާ ބޮޑެތި ވިޔަފާރިތަކާއި ރިސޯޓު މަޝްރޫއުތަކުގެ ހަގީގީ ބޭނުމާ މެދު ގިނަ ބަޔަކު ސުވާލު ކުރެ އެވެ.

މާލެ ކައިރީގައި ތަރައްގީ ކުރަމުން އަންނަ "މެކްސް ރޯޔަލް މޯލްޑިވްސް" ރިސޯޓަކީ ތުރުކީވިލާތުގެ ވަޒީރަކާ ގުޅުން އޮންނަ މަޝްރޫއެއް ކަމަށް އަޑުފެތުރިފައިވާއިރު، އެ ރަށުގައި މަސައްކަތްކުރުމަށް އެތައް ހާސް އަފްޣާނިސްތާނު މީހުން ގެނެސް ހަރަކާތްތެރިވަމުންދާ މައްސަލައިގައި ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ވެރިރަށް މާލެއާ މިހާ ކައިރީގައި ބޭރުގެ ގަބީލާތަކެއް ފަދައިން ވަކި ބަޔަކު އެއްވެ ތިބުމުގެ އަޑީގައި އޮތީ ކޮން ކަމެއްތޯ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީގެ މަޝްހޫރު ހަންކެޑެ ޕްރޮޖެކްޓް ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، އެ ސަރަހައްދަށް ތުރުކީގެ ބޮޑު ނުފޫޒެއް ވަދެގެންދާ މަންޒަރު ދަނީ ފެންނަމުންނެވެ. ހަމައެއާއެކު، މަސްފެން އެނަރޖީ ޕްރޮޖެކްޓާއި، މަޝްހޫރު އަސްތަސް ހޯލްޑިންގގެ ވިޔަފާރިތަކުގެ އިތުރުން ތެއުސް ގްރޫޕާއި އައެދިޒް ގްރޫޕް ފަދަ ތުރުކީގެ ބޮޑެތި ވިޔަފާރިތަކުން މާލެ ވަށައިގެން ފައިތިލަ ސާބިތުކުރަމުން ދަނީ ކޮން ސަބަބަކާ ހުރެތޯ އެވެ.

ޗައިނާ ސަރުކާރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ސިޔާސީ އަދި މާލީ ގޮތުން ބޮޑެތި އެހީތަކެއް ނުވަތަ "ހެވިލީ އިންވެސްޓް" ދެމުންދާ ކަމުގެ އަޑުތައް އާންމުންގެ މެދުގައި ދަނީ ގަދަވަމުންނެވެ. މިގޮތުން، ޗައިނާގެ ސީއާރުސީސީ އަދި ސީއެޗްއީސީ ފަދަ ބިޔަ ކުންފުނިތަކުގެ ނުފޫޒާއި އެހީތެރިކަން ސަރުކާރަށް ލިބެމުންދާކަން ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ހަމައެއާއެކު، ރަސްމާލެ މަޝްރޫއުގެ ތެރެއިން ޗައިނާގެ ޕައިނިއަރ ގްރޫޕް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، ދިރާސާކުރުމުގެ ނަމުގައި ކާށިދޫއިން ބޮޑު ބިމެއް ދީ، މާލެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ވަރުގަދަކުރަމުންދާ ކަމުގެ ކަންބޮޑުވުންތައް ވެސް ދަނީ ފާޅުކުރެވެމުންނެވެ.

މީގެ އިތުރުން، އުތުރުތިލަފަޅުން (ޔޫޓީއެފް) ދަނޑުވެރިކަމަށް ދޫކޮށްފައިވާ 60 ހެކްޓަރުގެ ބިމުގެ ބަދަލުގައި، ރަސްމާލެއިން ޗައިނާއަށް ބޮޑު ބިމެއް ހަމަޖެއްސުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް އަޑުފެތުރިފައިވެ އެވެ. މިފަދަ ކަންކަމާ ގުޅިގެން، ރާއްޖޭގެ މައި ވިޔަފާރި ބަނދަރާއި ވިލިމާލޭގައި ޗައިނާއިން ހިންގަން ފަށާފައިވާ ބޮޑެތި މަޝްރޫއުތަކުގެ އަސްލު މަގުސަދާމެދު ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.

ގުޅިފަޅަކީ ޕާކިސްތާނުގެ ޚާއްސަ އަމާޒަކަށް ވެގެންދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ރަށުގައި ތަރައްގީކުރާ ކްރިކެޓް ސްޓޭޑިއަމްގެ މަސައްކަތް ނިމުމުން މިކަމުގެ ހަގީގަތް ވަރަށް ސާފުކޮށް ހާމަވެގެންދާނެ އެވެ. ހަމައެއާއެކު، ސައުދީ އަރަބިއްޔާގެ ބިޔަ މަޝްރޫއުތަކުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާއަށް މި މައްސަލައިގައި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ފުރިހަމަ ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްވެ ހުންނަވައި، ޒަމްޒަމް ފާރިޝް ފަދަ އެމަނިކުފާނުގެ އަރިސް ބޭފުޅުން ބޭނުންކުރައްވައިގެން ގައުމުގެ ދާޚިލީ ހަމަޖެހުން ނަގާލުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އުފެދިގެންދާ މިފަދަ ހަމަނުޖެހުންތަކުގެ ނާޖާއިޒު ފައިދާ ނަންގަވައި، ވެރިކަމުގެ ބާރުތައް ދާއިމީ ގޮތެއްގައި ދެމެހެއްޓުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަފާނެ ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތުކުރެ އެވެ. މީގެއިތުރުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ދާއިމީކޮށް ވެރިކަން ދެމެހެއްޓޭނެ މަގު ބަންދުވުމާ ގުޅިގެން، ކޮންމެވެސް އެހެން ގޮތަކުން ވެރިކަމުގައި ތާއަބަދު ދެމިހުންނެވޭނެ އުކުޅުތަކެއް އެމަނިކުފާނު ހޯއްދަވަމުން ގެންދަވާ ކަމުގެ އަޑުތައް ވެސް އާންމުންގެ ތެރޭގައި ވަނީ ގަދަވެފަ އެވެ.

މިއީ ނުހަނު ކަންބޮޑުވާންޖެހޭ ފަދަ، އަދި އެހާމެ ބޮޑާކަން އެކުލެވިގެންވާ ވާހަކަތަކެކެވެ. އެހެންކަމުން، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

މިއަދު މިކަންކަމަށް ސަމާލުވެ، ރައްކާތެރިވެ ނުތިބެއްޖެނަމަ، މާދަމާ އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

"ރައްކާވެ ތިބިއްޔާ ދަތުރެވެ" މި ބަހުގެ ހަގީގީ މާނަ މިއަދު ފެންނަމުންދާއިރު، މިފަދަ ނުރައްކާތެރި ވާހަކަތަކުން މިންޖުވެ ތިބުމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާ އެކެވެ.

ޑރ. މުހައްމަދު މުއިއްޒުރަސްމާލެ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް

11 ނޮވެމްބަރު 2026
ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް
11 ނޮވެމްބަރު 2026

ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފެދޭ ގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

11 ނޮވެމްބަރު 2026
ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅޭ ސަރަހައްދުތައް އުފެދޭ ގޮތަށް ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
10 ނޮވެމްބަރު 2026

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

10 ނޮވެމްބަރު 2026
"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި
10 ނޮވެމްބަރު 2026

ރައީސް މުއިއްޒުގެ "އިހުތިރާމު ކެމްޕޭން" އިފްތިތާހުކުރަން ބަންދު ދުވަހެއްގެ ރޭ ބާއްވާ ޖަލްސާއަށް ސިވިލް ސަރވިސް މުވައްޒަފުން ދޭތޯ ކަށަވަރުކުރަން ކޮމިޝަނުން ސަރުކާރު އޮފީސްތަކަށް އަންގައިފި

10 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ "އިހުތިރާމު ކެމްޕޭން" އިފްތިތާހުކުރަން ބަންދު ދުވަހެއްގެ ރޭ ބާއްވާ ޖަލްސާއަށް ސިވިލް ސަރވިސް މުވައްޒަފުން ދޭތޯ ކަށަވަރުކުރަން ކޮމިޝަނުން ސަރުކާރު އޮފީސްތަކަށް އަންގައިފި
10 ނޮވެމްބަރު 2026

މި އަހަރު ނިމުމުގެ ކުރިން ޑްރެޖަރެއް ގެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް އައު ޑްރެޖަރު ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެ

10 ނޮވެމްބަރު 2026
މި އަހަރު ނިމުމުގެ ކުރިން ޑްރެޖަރެއް ގެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް އައު ޑްރެޖަރު ގެނެވޭނީ އަންނަ އަހަރު ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެ
10 ނޮވެމްބަރު 2026

ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި

10 ނޮވެމްބަރު 2026
ކޮޕް31 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފި
10 ނޮވެމްބަރު 2026

ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް

10 ނޮވެމްބަރު 2026
ސަރުކާރުން ބަޖެޓު ހުށަހަޅާފައިވަނީ ހިސާބު އަކުރުތައް އޮޅުވާލައިގެން މަކަރުވެރިކަމާއެކު، މިއީ ޑރ. ޕިނޯކިއޯގެ ޕިނޯކިއޯ ބަޖެޓު: މީކާއިލް
10 ނޮވެމްބަރު 2026

ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންގެ މައްޗަށް ތަހުގީގު ހިންގަން ރައީސް ހެއްދެވި ރިޔާސީ ކޮމިޝަނުން ކަށިމާ ޝާކިރާއި އަޒީޒް އިސްތިއުފާ ދެއްވުމާ ގުޅިގެން އައު މެންބަރުން އައްޔަނުކުރައްވައިފި

10 ނޮވެމްބަރު 2026
ފޯޅަވަހި މައްސަލައިގައި އުޅުނު އެންމެންގެ މައްޗަށް ތަހުގީގު ހިންގަން ރައީސް ހެއްދެވި ރިޔާސީ ކޮމިޝަނުން ކަށިމާ ޝާކިރާއި އަޒީޒް އިސްތިއުފާ ދެއްވުމާ ގުޅިގެން އައު މެންބަރުން އައްޔަނުކުރައްވައިފި
09 ނޮވެމްބަރު 2026

ބޭހެއް ނެތް، ޓެސްޓެއް ނެހެދޭ: ހެލްތު އެކްސްޕޯއިން ލިބުނު ފަރުވާއެއް ނެތް!

09 ނޮވެމްބަރު 2026
ބޭހެއް ނެތް، ޓެސްޓެއް ނެހެދޭ: ހެލްތު އެކްސްޕޯއިން ލިބުނު ފަރުވާއެއް ނެތް!
09 ނޮވެމްބަރު 2026

ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި

09 ނޮވެމްބަރު 2026
ސަރުކާރުން ތަރައްގީ ކުރާ ރިސޯޓުތަކުގެ ފައިދާ ބެހުމަށް ކުންފުންޏެއް އުފައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް