Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ޤަތުލުޢާންމު

"ދަރިފުޅު އޮތީ ގަނޑުވެފައި": އެހީގެ ސާމާނަށް ހުރަސްއެޅުމުން ޣައްޒާގައި ތުއްތު ކުއްޖަކު ފިނިވެގެން މަރުވެއްޖެ

13 ނޮވެމްބަރު 2026 | ހުކުރު 04:22

ޣައްޒާގެ ޚާން ޔޫނިސްގައި ހުރި ފޭލިގެއެއްގައި އުޅުނު ތުއްތު ކުއްޖަކު ފިނިގަދަވެގެން ޝަހީދުވުމާ ގުޅިގެން، ފިނި މޫސުމާ ކުރިމަތިލާއިރު އެހީގެ ސާމާނު ވެއްދުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތަކާ މެދު ބައިނަލްއަގުވާމީ ކަންބޮޑުވުން ވަނީ އިތުރުވެފައި. ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން ޣައްޒާގެ %65 ރައްޔިތުން ދިރިއުޅޭ ވަގުތީ ހިޔާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ކުރިއަށް އޮތް ހަފުތާތަކުގައި ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އދ. އިން އިންޒާރުދޭ

ނިއުސް ޓީމް
ނިއުސް ޓީމް | 13 ނޮވެމްބަރު 2026 | ހުކުރު 04:22
ޣައްޒާގެ ދައިރް އަލް-ބަލަހުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅުމަށް ފޭލިގެތަކެއް ޖަހާފައިވާ ސަރަރަހައްދެއްގައި ފެންބޮޑުވެފައި

ޣައްޒާގެ ދައިރް އަލް-ބަލަހުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅުމަށް ފޭލިގެތަކެއް ޖަހާފައިވާ ސަރަރަހައްދެއްގައި ފެންބޮޑުވެފައި | އޭޕީ

ޤަތުލުޢާންމުގައި ސުންނާފަތިކޮށްލާފައިވާ ޣައްޒާއަށް ފިނި މޫސުމުގެ ސާމާނު ވެއްދުމަށް ޔަހޫދީ އިސްރާއީލުން ހަރުކަށި ހުރަސްތަކެއް އަޅަމުންދާ ދަނޑިވަޅެއްގައި، ގެދޮރު ގެއްލިފައިވާ ފަލަސްޠީންގެ ޢާއިލާއަކުން ދިރިއުޅެމުންދިޔަ ފޭލިގެއެއްގެ ތެރޭގައި ފިނިގަދަވެގެން ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.

ޣައްޒާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޚާން ޔޫނިސްގައި ހުރި ފޭލިގެއެއްގައި އުމުރުން ނުވަ މަހުގެ ކިނާން އަޙްމަދު ރަޤީޤު މަރުވީ ހަށިގަނޑުގެ ފިނިހޫނުމިން އިންތިހާއަށް ދަށްވުމުގެ ސަބަބުން ކަމަށް، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ޑޮކްޓަރަކު ވިދާޅުވި އެވެ.

Advertisement - worldAdvertisement

ރޭގަނޑުގެ ވަގުތުގައި ޣައްޒާގެ ފިނިހޫނުމިން އިންތިހާއަށް ދަށްވުމާ ގުޅިގެން ދަރިފުޅު ކިނާން މަރުވީ ކަމަށް އޭނާގެ ބައްޕަ އަޙްމަދު ރަޤީޤު ކިޔައިދިނެވެ. "ހެނދުނު ހޭލެވުނު އިރު ދަރިފުޅުގެ ހަންގަނޑު އޮތީ ނޫވެފައި. އެހެންވެ އަވަސްއަވަހަށް ނާޞިރު ހަސްފަތާލަށް ގެންދިޔައިން. އެކަމަކު އޭރުވެސް ދަރިފުޅު އޮތީ ފިނިވެ ގަނޑުވެގެން މަރުވެފައި،" ރަޤީޤު ބުންޏެވެ.

"އަޅުގަނޑު މިހުރީ މުޅިން ޝޮކެއްގައި. މިހާރު މިހުރީ ކަފުންކޮށްފައި އޮތް ދަރިފުޅު އުރާލައިގެން،" ހުދު ފޮތިގަނޑަކުން ކަފުންކޮށްފައި އޮތް ދަރިފުޅުގެ ހަށިގަނޑު އުރާލައިގެން ހަސްފަތާލުގެ ބޭރުގައި ހުރެ ވާހަކަދައްކަމުން އޭނާ ބުންޏެވެ. އިންތިހާއަށް ފިނިގަދަވުމުގެ ސަބަބުން އެ ތުއްތު ކުއްޖާ މަރުވި ކަން ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަޞަލް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ފިނި މޫސުން ކުރިމަތިވުމާއެކު ބައިނަލްއަގުވާމީ ކަންބޮޑުވުން

މި ހިތާމަވެރި ހާދިސާ ހިނގާފައި މި ވަނީ، ބޯހިޔާވަހިކަމާއި ތެލާއި ފެނާއި ސާފުތާހިރުކަމުގެ އިތުރުން ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ އަސާސީ ސާމާނު ވަގުތުން ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ދިނުމަށް ޔަހޫދީ އިސްރާއީލަށް ގޮވާލައި، އިނގިރޭސިވިލާތާއި ޤަތަރާއި އުރުދުން އިސްވެ އޮވެ 50 އަށްވުރެ ގިނަ ޤައުމާއި ޖަމުޢިއްޔާތަކުގެ އިއްތިހާދަކުން ބަޔާނެއް ނެރެފައިވާ ދަނޑިވަޅެއްގަ އެވެ.

ފިނި މޫސުން ކުރިމަތިވަމުން އަންނަ އިރު، "ޣައްޒާގެ ވަރަށް ގިނަ ބަޔަކު އަދިވެސް ތިބީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި، ހަށިގަނޑު ގަނޑުވުމާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ އިތުރުން ރައްކާތެރިވެވޭނެ އެހެނިހެން ބަލިތަކުގެ ނުރައްކަލަށް ހުށަހެޅިފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ. އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން އަޅާފައިވާ ހުރަސްތަކާ ގުޅިގެން އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ 'ބޯޑް އޮފް ޕީސް' އާއި އދ.ގެ އިންސާނީ އެހީއާ ބެހޭ އިސްވެރިޔާ ޓޮމް ފްލެޗަރ ދާދި ފަހުން އިސްރާއީލަށް އަމާޒުކުރެއްވި ފާޑުވިދާޅުވުންތަކަށް މި ބަޔާނުން ވަނީ އިތުރު ބާރެއް ލިބިފަ އެވެ.

ބޯޑް އޮފް ޕީސްގެ ފާޑުކިޔުންތަކަށް ރައްދު ދެމުން ޔަހޫދީ އިސްރާއީލުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، 91,000 ފޭލިގެ ހިމެނޭހެން އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމުގެ ހުއްދަ އިސްރާއީލުން ދީފައިވާ ކަމަށެވެ. "ޣައްޒާގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކުގެ ޒިންމާ އުފުލަންޖެހޭ ހަމައެކަނި ފަރާތަކީ ޙަމާސް،" ނަތަންޔާހޫ ބުންޏެވެ.

ފެންބޮޑުވުމާއި ވިއްސާރައިގެ ސަބަބުން ދިރިއުޅުން އިތުރަށް ދަތިވުން

ފިނިގަދަވުމުގެ އިތުރުން، މި ހަފުތާގައި ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ފޭލިގެތަކަށް ވަނީ ގެއްލުންވެފަ އެވެ. ފެންބޮޑުވި ހާދިސާގެ އަނެއް ދުވަހު، ވެލި ފުންޏެއް ގިރައިގެން ގޮސް ފޭލިގެތަކެއްގެ މައްޗަށް ވެއްޓުމުގެ ސަބަބުން ތިން ކުޑަކުދިން ހިމެނޭހެން ފަސް މީހުން ވަނީ މަރުވެފަ އެވެ.

އދ.ގެ އިންސާނީ އެހީތެރިކަން ވިލަރެސްކުރާ އިދާރާއިން (އޯސީއެޗްއޭ) ހާމަކުރި ގޮތުގައި، ނޮވެންބަރު 8 ވަނަ ދުވަހާ ހަމައަށް ވިއްސާރައިގެ އަސަރު 26,000 ގޭބިސީއަކަށް ވަނީ ކޮށްފަ އެވެ. ހަމަމިއާއެކު، ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް %65 މީހުން އަދިވެސް ދިރިއުޅެމުންދަނީ ގެދޮރު ގެއްލި، ފޭލިގެތަކުގައާއި ވަގުތީ ހިޔާތަކުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ފެންބޮޑުވުމުގެ މި ހާދިސާތަކަކީ ފިނި މޫސުމުގެ ފެށުން އެކަނި ކަމަށް ވިދާޅުވެ، އދ.ގެ ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) ޣައްޒާއަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު ޖޭމްސް އެލްޑަރ ވަނީ އިންޒާރު ދެއްވާފަ އެވެ. "ޣައްޒާގެ ހާލަތު ގޯސްވެފައިވާ މިންވަރު ދެނެގަތުން ވަރަށް މުހިންމު. އަދި، ފިނި މޫސުން ނުވެސް ފެށޭ،" އެލްޑަރ ވިދާޅުވި އެވެ. "ފިނި މޫސުން ފެށެން އަދި ހަފުތާތަކެއް އެބައޮތް. ނަމަވެސް، މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ވަރުގެ ބޯ ވިއްސާރައާއި ގަދަ ފިންޏާ މިހާރުވެސް މިދަނީ ކުރިމަތިލަމުން."

މަސްދަރު: އަލް ޖަޒީރާ

ޣައްޒާއިސްރާއީލްފަލަސްތީނުޚާން ޔޫނިސްބެންޖަމިން ނަތަންޔާހޫޔުނިސެފްޣައްޒާ ޤަތުލުއާންމު

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

4

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

5

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2026

"އިސްރާއީލުގެ އިސްތިޢުމާރު އޮއްވައި ހަތިޔާރެއް ނުބަހައްޓާނަން": އެމެރިކާގެ އިންތިޚާބީ ނަތީޖާއަކީ "ބިންހެލުމެއް" ކަމަށް ނަޢީމް ޤާސިމް ސިފަކުރައްވައިފި

12 ނޮވެމްބަރު 2026
"އިސްރާއީލުގެ އިސްތިޢުމާރު އޮއްވައި ހަތިޔާރެއް ނުބަހައްޓާނަން": އެމެރިކާގެ އިންތިޚާބީ ނަތީޖާއަކީ "ބިންހެލުމެއް" ކަމަށް ނަޢީމް ޤާސިމް ސިފަކުރައްވައިފި
12 ނޮވެމްބަރު 2026

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

12 ނޮވެމްބަރު 2026
އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި
11 ނޮވެމްބަރު 2026

ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް
10 ނޮވެމްބަރު 2026

"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި

10 ނޮވެމްބަރު 2026
"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި
10 ނޮވެމްބަރު 2026

އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި

10 ނޮވެމްބަރު 2026
އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި
10 ނޮވެމްބަރު 2026

"ކުލަ ހެދުމުގައި" ތިބޭ އިސްރާއީލު ސިފައިން ވެސް ޓެރެރިސްޓު ވަޒަންވެރިންގެ ޖަރީމާތަކުގައި ބައިވެރިވޭ: ތަހުގީގު

10 ނޮވެމްބަރު 2026
"ކުލަ ހެދުމުގައި" ތިބޭ އިސްރާއީލު ސިފައިން ވެސް ޓެރެރިސްޓު ވަޒަންވެރިންގެ ޖަރީމާތަކުގައި ބައިވެރިވޭ: ތަހުގީގު
09 ނޮވެމްބަރު 2026

އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި

09 ނޮވެމްބަރު 2026
އިސްރާއީލު ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މުތުލަގަށް މަނާކުރާ އިމިގްރޭޝަންގެ ބިލު ހުށަހަޅައިފި
08 ނޮވެމްބަރު 2026

ސިޔާސީ ބޮޑު ކޯޅުމަކަށް ފަހު ނަތަންޔާހޫ އެއްފަރާތްކޮށް، ސަރުކާރު އެކުލަވައިލުމުގެ ދައުވަތު އައިޒެންކޮޓަށް!

08 ނޮވެމްބަރު 2026
ސިޔާސީ ބޮޑު ކޯޅުމަކަށް ފަހު ނަތަންޔާހޫ އެއްފަރާތްކޮށް، ސަރުކާރު އެކުލަވައިލުމުގެ ދައުވަތު އައިޒެންކޮޓަށް!
08 ނޮވެމްބަރު 2026

ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި 70،000 ފޭލިގެ ފެނުއަޑީގައި، އެތައް ހާސް ޢާއިލާއެއް މަގުމަތިވެއްޖެ

08 ނޮވެމްބަރު 2026
ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި 70،000 ފޭލިގެ ފެނުއަޑީގައި، އެތައް ހާސް ޢާއިލާއެއް މަގުމަތިވެއްޖެ
08 ނޮވެމްބަރު 2026

ސޫރިޔާގެ ދެކުނުގެ މަދަރުސާއަކާއި އާންމުންގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ގެއްލުންދީފި

08 ނޮވެމްބަރު 2026
ސޫރިޔާގެ ދެކުނުގެ މަދަރުސާއަކާއި އާންމުންގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ގެއްލުންދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް