Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަޝީދުގެ މަރު

ރަޝީދުގެ މަރާއި ގުޅިގެން ބައިނަލްއަޤުވާމީ ތަހުޤީޤެއް ފެށުމަށް ގޮވާލައިފި

10 އޮކްޓޯބަރު 2017 | އަންގާރަ 18:42

މައްސަލަތައް ތަހުޤީޤްކުރުމުގައި އެޗްއާރުސީއެމް ވަނީ ފެއިލްވެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 10 އޮކްޓޯބަރު 2017 | އަންގާރަ 18:42
އަބްދުﷲ ރަޝީދު ކޯޓުން ނިކުންނަނީ - އޭނާ ވަނީ ޖަލުގައި ހުކުމް ތަންފީޒްކުރަނިކޮށް މަރުވެފައި

އަބްދުﷲ ރަޝީދު ކޯޓުން ނިކުންނަނީ - އޭނާ ވަނީ ޖަލުގައި ހުކުމް ތަންފީޒްކުރަނިކޮށް މަރުވެފައި

މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރި އަބްދުﷲ ރަޝީދުގެ ކުއްލި މަރާއި ގުޅިގެން ބައިނަލް އަޤުވާމީ ޖަމިއްޔާތަކާއި ތަހުޤީޤީ އިދާރާތައް ހިމެނޭގޮތަށް ހާމަކަން ބޮޑު ތަހުޤީޤެއް ފެށުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން އިނގެރޭސި ބަހަން އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަނަކީ، މިފަދަ މަރުގެ މައްސަލަތައް ތަހުޤީޤްކުރުމަށް އުފައްދާފައިވާ ޤާނޫނީ މިނިވަން ޝަހުސެއް ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތައް ތަހުޤީޤްކޮށް ހައްޤުތައް ކަށަވަރުކޮށްދިނުމުގައި އެ ކޮމިޝަން ފެއިލްވެފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ގޮތް ނޭނގޭ ގިނަ މަރުތަކެއް ހިނގަމުން އަންނަކަން އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

އެހެންކަމުން, އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ، ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާއި ބެހޭ ޖަމިއްޔާތައް ހިމެނޭގޮތަށް، ބައިނަލްއަޤުވާމީ ހަމަތަކާއި އުސޫލުތަކުގެ މަތިން މިނިވަން ހާމަކަން ބޮޑު ތަހުޤީގެއް ކުރުމަށް ގޮވާލާކަމަށެވެ. އަދި ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން ގޮތް ނޭނގޭ އެހެން މަރުތައްވެސް އެގޮތުގެމަތިން ތަހުޤީޤްކުރުމަށް ވަނީ ގޮވާލާފަ އެވެ.

އޭގެއިތުރުން އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ދިރިހުރުމުގެ ހައްޤަކީ ދައުލަތުން ކޮންމެ އިންސާނަކަށްވެސް ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްޤުތައް ކަމަށާއި، ލާއިންސާނީ އަނިޔާ ކުރުމާއި، ސިއްހީ ފަރުވާއިން މަހުރޫމްކުރުން ފަދަ ހައްޤުތަކަކީ ނިގުޅައިނުގަނެވޭނެ ފަދަ ހައްޤުތަކެއް ކަމަށެވެ. އަދި ރަޝީދުގެ މަރާއި، ދެންވެސް ގޮތް ނޭނގޭ ގޮތްގޮތަށް ހިނގާފައިވާ މަރުތައް ތަހުޤީޤް ނުކޮށްފާނެކަމުގެ ބިރުވެރިކަން އެބައޮތްކަމަށާއި، އަދި މި މަރުތަކާއި ގުޅިގެން ސަރުކަރުގެ މުއައްސަސާތައް ޖަވާބުދާރީ ނުކޮށްފާނެކަމުގެ ކަންބޮޑުވުންވެސް އެބައޮތް ކަމަށެވެ. އޭގެއިތުރުން ޖަލުތައް މަރާމާތުކުރުމަށް ބަޖެޓް ނެތް އިރު ދައުލަތުން އުޅެނީ މަރުގެ ހުކުމް ތަންފީޒްކުރާނެ ތަންތަން ޤާއިމްކުރުމަށް ތަންތަން ހެދުމަށް ބަޖެޓު ހޯދުމުގައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ޖަލުތައް މަރާމާތުކޮށް، ކުށްވެރިންނަށް ރަނގަޅު ސިއްހަތެއްގައި ހުކުމް ތަންފީޒްކުރެވޭނެ ގޮތްތައް މަގުފަހިކޮށްދިނުމަކީ މުހިންމުކަމެއްކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

މީގެ ދެ އަހަރު ކުރިން، 2015 ގެ މެއި އެއް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

އެމްޑީޕީން ބުނީ "ނުހައްގުން ޖަލަށްލައި ހައްގުތަކުން މަހްރޫމްކުރި" އަބްދުﷲ އަކީ އެއްވެސް ބައްޔަކަށް ބޭސްކުރަމުން ނުދާ، ޖާނުން ވަރުގަދަ މީހެއް ކަމަށެވެ. އެކަމަކު ޖަލަށް ލީ ފަހުން ސިއްހީ ހާލަތު ދަށްވަމުންދާތީ، އެކި ފަހަރުމަތިން ފަރުވާ އަށް ކަރެކްޝަންސްގައި އެދުމުން ވެސް އަޅާލާފައި ނުވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެ ބަޔާނުގައި އާއިލާއާ ހަވާލާދީ ބުނީ އަބްދުﷲ އިއްޔެ މާލެ ގެނެސް ފަރުވާ ދޭން ފެށީ، އަނބުރައިގަނެގެން ގޮޅި ތެރެއަށް ވެއްޓުމުން، އެ ވަގުތު ގޮޅީގައި ތިބި މީހުން އަޑުގަދަކުރަން ފެށުމުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް