Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަހޫދީންގެ ޖަރީމާ

އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ ސިފައިންނަށް ލުބުނާނުގައި ބަޑީގެ ހަމަލާތަކެއް ދީފި

11 ނޮވެމްބަރު 2026 | ބުދަ 07:21

ދެކުނު ލުބުނާނުގައި ހަރަކާތްތެރިވާ އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖަށް އަމާޒުކޮށް ދިން ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ، އެ ކަން ތަހުގީގު ކުރުމަށް ޔުނިފިލްއިން ލުބުނާނު ސަރުކާރަށް ގޮވާލައިފި. މި ހާދިސާ ހިނގާފައި ވަނީ އެ ސަރަހައްދުގެ މަސްރަހު ނުތަނަވަސްވެ، މިޝަންގެ މުއްދަތު ހަމަވުމުން ސަލާމަތީ ހުސްކަމެއް އަތުވެދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި

ނިއުސް ޓީމް
ނިއުސް ޓީމް | 11 ނޮވެމްބަރު 2026 | ބުދަ 07:21
އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ ދެ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދެގެ މަގެއްގައި ފޯރިމަރަނީ

އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ ދެ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދެގެ މަގެއްގައި ފޯރިމަރަނީ | އަނަދޮލު އޭޖެންސީ

ދެކުނު ލުބުނާނުގެ ވާދީ ޖީލޫ ކައިރީގައި އާންމު އުސޫލުން ފޯރިމަރަމުން ކުރަމުންދިޔަ އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ ސިފައިންނަށް އަންގާރަ ދުވަހުގެ އިރުއޮއްސި ހަވީރުގެ ވަގުތެއްގައި ބަޑީގެ ހަމަލާތަކެއް އަމާޒުވެއްޖެ ކަމަށް ލުބުނާނުގައި ހަރަކާތްތެރިވާ އދ. ގެ ވަގުތީ ފައުޖުން (ޔުނިފިލް) ބުނެފި އެވެ.

ފޯރިމެރުމުގެ ޑިއުޓީގައި ހަރަކާތްތެރިވަމުން ދިޔަ ސުލްހަ ބަލަހައްޓާ ސިފައިންނާ ދިމާއަށް ބާރަ ވަރަކަށް ފަހަރު ހަމަލާދީފައިވާ ކަމަށް އެ މިޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ. ސުލްހަ ބަލަހައްޓާ ސިފައިންނަށް އަމާޒުކޮށް ބަޑިޖެހި ދިމާއިން އަލިކަން ފެނުމާއެކު ރައްދުގައި ހަމަލާދިން ކަމަށާއި، ބަޑީގެ ހަމަލާތައް ހުއްޓުނީ އޭގެ ފަހުން ކަމަށް ޔުނިފިލުން ބުންޏެވެ. މި ހާދިސާގައި ސުލްހަ ބަލަހައްޓާ ފައުޖުގެ އެއްވެސް މީހަކު ޒަޚަމުވެފައި ނުވާ ކަމަށް ވެސް އެ މިޝަނުން ބުންޏެވެ.

Advertisement - worldAdvertisement

"ސުލްހަ ބަލަހައްޓާ ފަރާތްތަކަށް ގަސްދުގައި ދޭ ހަމަލާތަކަކީ ސަލާމަތީ މަޖިލީހުގެ 1701 ނަންބަރު ޤަރާރާއި ބައިނަލްއަގުވާމީ އިންސާނީ ޤާނޫނާ ކަނޑައެޅިގެން ޚިލާފު ކަމެއް،" ޔުނިފިލުން ބުންޏެވެ. މި ހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޓަކައި އަވަސް ތަހުގީގެއް ހިންގުމަށް ލުބުނާނުގެ ސަރުކާރަށް އެ މިޝަނުން ގޮވާލާފައިވާ ކަމަށް އެ ފައުޖުން ބުންޏެވެ. ހަމަމިއާއެކު ކޮންމެ ހާލަތެއްގައި ވެސް އދ. ގެ މުވައްޒަފުންނާއި މިލްކިއްޔާތު ރައްކާތެރިކުރުމަކީ ބައިނަލްއަގުވާމީ ޤާނޫނުގެ ދަށުން ހުރިހާ ފަރާތްތަކެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް އެ މިޝަނުން ހަނދާންކޮށްދިނެވެ.

މި ހާދިސާ ހިނގާފައި މި ވަނީ މި އަހަރުގެ ނިޔަލަށް ޔުނިފިލްގެ ދައުރު ހަމަވުމުން، ދެކުނު ލުބުނާނުގައި ސަލާމަތީ ގޮތުން ހުސްކަމެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުންތައް އެ ޤައުމުގައި އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ދެކުނު ލުބުނާނުގައި ޔަހޫދީ އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާއިރު، އެ މިޝަން އެ ސަރަހައްދުން ފޭބުމަށްފަހު އަމަލުކުރާނެ ބައިނަލްއަގުވާމީ ސަލާމަތީ އިންތިޒާމުތައް އަދިވެސް އޮތީ ސާފުނުވެ އެވެ.

2025 އޮގަސްޓު މަހު އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ޔުނިފިލްގެ ދައުރު އެންމެ ފަހު ފަހަރަށް 2026 ޑިސެންބަރު 31 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އަދި، 2027 ވަނަ އަހަރުގެ ތެރޭގައި ރައްކާތެރިކަމާއެކު ފިޔަވަހިތަކަކަށް ބަހާލައިގެން އެ ފައުޖު އެ ސަރަހައްދުން ބޭލުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ޔުނިފިލްގެ ފައުޖުތައް ދެކުނު ލުބުނާނުގައި ގާއިމުވެ ހަރަކާތްތެރިވަމުން އަންނަނީ 1978 ވަނަ އަހަރުން ފެށިގެންނެވެ. 2006 ވަނަ އަހަރު ހިނގި ހަނގުރާމައަށް ފަހު އެ ފައުޖުގެ ޒިންމާތައް ވަނީ އިތުރަށް ފުޅާކޮށްފަ އެވެ. މި ގޮތުން ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކަށް އަމަލުކުރާ މިންވަރު ބެލުމާއި، ދެކުނު ލުބުނާނުގައި ލުބުނާނުގެ އަސްކަރިއްޔާ ރުކުރުވާލުމަށް އެހީތެރިވުމާއި، އެއްބަސްވުންތަކާ ޚިލާފުވާ ކަންކަން ރިޕޯޓުކުރުމުގެ އިތުރުން ލުބުނާނާއި ޔަހޫދީ އިސްރާއީލާ ދެމެދު މުވާސަލާތީ ގުޅުން ދެމެހެއްޓުން އެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ލުބުނާންޔޫނިފިލްލުބުނާން-އިސްރާއީލުސަލާމަތީ މަޖިލީހުގެ 1701 ނަންބަރު ޤަރާރުއެކުވެރި ދައުލަތްތައް (އ.ދ.)

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

އިރާޤުގެ ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު އަލް-ޢަލްވާނީ ބައިރޫތުގައި އަވަހާރަކޮށްލައިފި

11 ނޮވެމްބަރު 2026
އިރާޤުގެ ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު އަލް-ޢަލްވާނީ ބައިރޫތުގައި އަވަހާރަކޮށްލައިފި
07 ނޮވެމްބަރު 2026

އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ

07 ނޮވެމްބަރު 2026
އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ
03 ނޮވެމްބަރު 2026

ބަންދުކޮށްފައިވާ ތަޢިއްޒުގެ ހާލަތު ދަށަށް: ޔަމަނުގެ އާންމުން އުފުލަން ޖެހިފައިވަނީ ހަނގުރާމައިގެ އަނިޔާވެރި އަގެއް

03 ނޮވެމްބަރު 2026
ބަންދުކޮށްފައިވާ ތަޢިއްޒުގެ ހާލަތު ދަށަށް: ޔަމަނުގެ އާންމުން އުފުލަން ޖެހިފައިވަނީ ހަނގުރާމައިގެ އަނިޔާވެރި އަގެއް
01 ނޮވެމްބަރު 2026

އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަން އިސްރާއީލުން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެ

01 ނޮވެމްބަރު 2026
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަން އިސްރާއީލުން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެ
29 އޮކްޓޯބަރު 2026

ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!

29 އޮކްޓޯބަރު 2026
ބަރުލަމާނީ އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް ޔަހޫދީ ނަތަންޔާހޫ ހުރީ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން!
29 އޮކްޓޯބަރު 2026

ފަރަންސޭސިވިލާތުގައި ދަރިވަރުންނަށް އަނިޔާކޮށް، ގިނަ ބަޔަކު ހައްޔަރުކުރުން އދ. އިން ކުށްވެރިކޮށްފި

29 އޮކްޓޯބަރު 2026
ފަރަންސޭސިވިލާތުގައި ދަރިވަރުންނަށް އަނިޔާކޮށް، ގިނަ ބަޔަކު ހައްޔަރުކުރުން އދ. އިން ކުށްވެރިކޮށްފި
09 އޮކްޓޯބަރު 2026

ހިޒްބުالله ގެ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް؛ އިސްރާއީލު ސިފައިންގެ އެކަކު މަރު

09 އޮކްޓޯބަރު 2026
ހިޒްބުالله ގެ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް؛ އިސްރާއީލު ސިފައިންގެ އެކަކު މަރު
06 އޮކްޓޯބަރު 2026

ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ

06 އޮކްޓޯބަރު 2026
ސީއައިއޭގެ ސިއްރު ދިރާސާ: ބައިބައިވުން އުފެދި އިސްރާއީލް ދާޚިލީ ހަނގުރާމައަކަށް ވެއްޓިދާނެ
03 އޮކްޓޯބަރު 2026

އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު

03 އޮކްޓޯބަރު 2026
އަނެއްކާ ވެސް ބޮޑު ހަނގުރާމައެއް ފަށައިގެން އިންތިޚާބު ފަސްކުރަން ނަތަންޔާހޫ ރާވަނީ: އިދިކޮޅު
01 އޮކްޓޯބަރު 2026

ލުބުނާނުގެ ބިންތަކުން އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ބޭލޭނީ އިސްރާއީލާ މަޝްވަރާކޮށްގެން: ލުބުނާންގެ ޚާރިޖީ ވަޒީރު

01 އޮކްޓޯބަރު 2026
ލުބުނާނުގެ ބިންތަކުން އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ބޭލޭނީ އިސްރާއީލާ މަޝްވަރާކޮށްގެން: ލުބުނާންގެ ޚާރިޖީ ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް