Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީގެ ނޫސްބަޔާން

ރާއްޖެޓީވީގެ ނޫސްބަޔާން

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ފާތިމަތު ޒައިނާ ވަގުތުން އިސްތިއުފާ ދެއްވުމަށް ބަޔާނުގައި ވަނީ ގޮވާލާފައި

| 10 އޮކްޓޯބަރު 2017 | އަންގާރަ 10:47
ރާއްޖެޓީވީގެ ލޯގޯ

ރާއްޖެޓީވީގެ ލޯގޯ

ނޫސް ބަޔާން

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ފާތިމަތު ޒައިނާ ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލުން

Advertisement - newsAdvertisement

ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ކޮންމެ މެންބަރަކީ ވެސް މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަހްލާގު ރަނގަޅު، ވަކިފަރާތަކަށް ނުޖެހޭ ގާބިލު މީހެއް ކަމުގައި ވާންޖެހޭނެ ކަމަށް ބުނެފައި އޮވެފައި، ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ސިޔާސީ ހަރަކާތެއްގައި ވަރަށް ފާޅުގައި ފާތުމަތު ޒައިނާ ހަރަކާތްތެރިވެ ވަޑައިގެންނެވިކަން ސާބިތުވެފައިވާތީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމުން މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ.

ފާތިމަތު ޒައިނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އިސް ރަށްވެހިންނާއެކު 9 އޮކްޓޯބަރ ވީ ހޯމަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުވުމުގެ އިންތިޒާމުތައް ހަމަޖެއްސެވުމުގައި އަވަދިނެތި ހަރަކާތްތެރިވެ ވަޑައިގެންފައެވެ. މި ޖަލްސާގެ ތެރެއިން ޒައިނާ ފެނިގެން ދިޔައީ އޮފިޝަލެއްގެ ގޮތުގަ އެވެ. ރާއްޖެ ޓީވީގެ ކުރޫ ފެނުމުން، ޒައިނާ ފިއްލެވުމަށް ނުވަތަ ކެމެރާގެ ފޯކަސްއިން ގެއްލުމަށް މަސައްކަތްކުރެއްވިކަން ފާހަގަ ކުރަމެވެ. ނަމަވެސް އެ މަންޒަރު ވީޑިއޯތަކުގައި އަބަދުގެ އަބަދަށް އެވަނީ ރެކޯޑް ކުރެވުމުގެ އިތުރުން އެތަނަށް ހާޒިރުވި ނޫސްވެރިންނާ ބައިވެރިންންގެ ސިކުނޑީގައި ހަރުލާފައެވެ.

ޒައިނާ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަން ލިބިވަޑައިގަތީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވަމުންދާތީ އެކަމުގެ އިނާމެއްގެ ގޮތުން ކަމަށް ތުހުމަތު ކުރެވިފައިވަނިކޮށް މި ހިނގައިދިޔަ ކަންކަމުން އެއީ ހަމައެކަނި ހީތަކެއް ނޫން ކަމަށް ގަބޫލު ކުރެވިގެން ދިޔައީއެވެ.

މިކަން މިހެން އޮތް އިރު ޒައިނާ ގަބޫލު ކުރައްވަން ޖެހޭ ހަގީގަތަކީ މިހާރު ލިބިވަޑައިގަންނަވާ ބޮޑު މުސާރައާއި ބޮޑެތި އިނާޔަތްތަކަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ޓެކްސް ފައިސާއިން ލިބިވަޑައިގަންނަވާ އެއްޗެއް ކަމެވެ. އެއީ ކެމްޕޭން އޮފީހަކުން ކުރާ ޚަރަދެއް ނޫނެވެ. އެހެން ކަމުން ޒައިނާ އަމަލު ކުރައްވާފައިވާ ގޮތަކީ ރާއްޖެޓީވީ ފަދަ ގަވައިދުން ޓެކްސް ދައްކާ ރާއްޖޭގެ އެތައް ފަރާތަކަށް ޚިޔާނާތްތެރި ވުމެވެ. މިނިވަން މުވައްސަސާއެއްގެ މެމްބަރެއްގެ ތޮފި އަޅުއްވައިގެން ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓެއްގެ ގޮތުން އަމަލީ ގޮތުން އުޅުއްވި އުޅުއްވުމަކީ، ދިވެހި ގައުމަށް ރައްޔިތުންނަށް ޚިޔާނާތްތެރި ވުމެވެ. އަދި މިކަމުގެ ސަބަބުން މުޅި ކޮމިޝަނުގެ އަގު ވެއްޓި އެއީ ގާނޫނުން ބުނާ ފަދަ މިނިވަން މުސްތަގިއްލު މުއައްސާއެއް ނޫންކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވިގެން ވެސް ދިޔައީއެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ 3 ވަނަ ނުކުތާގައި ބުނެފައި ވަނީ މި ގާނޫނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާ އަދާކުރުމުގައި މެމްބަރަކު އިހްމާލުވެއްޖެ ނަމަ އެ މެމްބަރަކު މަގާމުން ވަކިކުރަންޖެހޭނެ އެވެ. އެހެން ކަމުން ރާއްޖޭގެ އެންމެ ބޮޑު އެއް ބްރޯޑްކާސްޓަރގެ ހައިސިއްޔަތުން އަދި އެންމެ ގިނަ ނުހައްގު އަދަބުތައް ބްރޯޑްކާސްޓް ކޮމިޝަނުން ދިން ސްޓޭޝަންގެ ގޮތުން ޒައިނާ ކޮމިޝަންގައި ހުންނަވައިގެން ނިންމާ ނިންމުންތަކަކީ ބަލައިގަނެވޭނެ ނިންމުން ތަކެއް ކަމަށް މިސްޓޭޝަނަށް ގަބޫލު ނުކުރޭވޭތީ، އަދި މާތް ﷲ ގަންދީ ކުރައްވާފައިވާ ހުވަޔާ ޚިލާފްވެފައިވާތީ، މަގާމުން ވަކި ކުރުމުގެ ބަދަލުގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވާ އެ ޒިންމާ ގާނޫނުގައި ބުނާ ގޮތައް އަދާ ކުރެވޭނެ ފަރާތަކަށް ފުރުސަތު ތަނަވަސް ވާނެ ގޮތަކަށް އަމަލު ކުރެއްވުމަކީ މިހާރު އޮތް އެންމެ ރަނގަޅު ގޮތް ކަމުގައިވެސް މި ސްޓޭޝަނުން ދެކެމެވެ.

10 އޮކްޓޯބަރު 2017

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

26 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
23 ފެބުރުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!

23 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު