Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮމުގެ އިންޒާރު

ބޮމުގެ އިންޒާރުތަކަކާ ގުޅިގެން ވިލާތުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައިފި

4 ނޮވެމްބަރު 2026 | ބުދަ 04:01

ވިލާތުގެ އެކި އެއާލައިންތަކުގެ ހަތް ފްލައިޓަކަށް އަމާޒުކޮށް އަންގާރަ ދުވަހު ދިން ބޮމުގެ އިންޒާރުތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު އިންޒާރުތަކެއްކަން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފި. މި ހާދިސާތަކާ ގުޅިގެން ބައެއް އެއާޕޯޓުތައް ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރި ނަމަވެސް، އެއްވެސް ބޯޓަކުން ނުރައްކާތެރި އެއްޗެއް ފެނިފައެއް ނުވޭ. މި ސިލްސިލާ އިންޒާރުތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 4 ނޮވެމްބަރު 2026 | ބުދަ 04:01
ސްޕެއިންގެ މުސްރިއާ އެއާޕޯޓަށް ޖައްސާފައިވާ ރަޔަންއެއަރގެ މަތިންދާބޯޓެއް ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުން ދަނީ

ސްޕެއިންގެ މުސްރިއާ އެއާޕޯޓަށް ޖައްސާފައިވާ ރަޔަންއެއަރގެ މަތިންދާބޯޓެއް ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުން ދަނީ | ރޮއިޓަރސް

ވިލާތުގެ އެކި ކަންކޮޅުތަކުގައި ފަސިންޖަރުން އުފުލާ މަތިންދާބޯޓުތަކަކަށް އަމާޒުކޮށް ބޮމުގެ އިންޒާރުތަކެއް ދިނުމާ ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް އަޅައި މަތިންދާބޯޓުތައް ބަލައިފާސްކޮށް، ޕޮލެންޑުގެ ވެރިރަށް ވޯސޯގެ ބޭރުގައިވާ އެއާޕޯޓެއް ވަގުތީ ގޮތުން ބަންދުކޮށް، އަދި އިޓަލީވިލާތުގެ ވައިގެ ސިފައިންގެ އަސްކަރީ މަތިންދާބޯޓުތަކުގެ އެސްކޯޓާއެކު ރަޔަންއެއަރގެ ބޯޓެއް ރޯމްއަށް ޖައްސަން މަޖުބޫރުވެއްޖެ އެވެ.

ކަމާބެހޭ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، އަންގާރަ ދުވަހު ދިން މި ހުރިހާ އިންޒާރުތަކަކީ ވެސް އަސްލެއް ނެތް ދޮގު އިންޒާރުތަކެކެވެ. ރަސްމީ ފަރާތްތަކުން ބުނީ މި ސިލްސިލާ އިންޒާރުތަކުގައި ގާތްގަނޑަކަށް ހަތް ފްލައިޓަކަށާއި، ޔަހޫދީ އިސްރާއީލަށް ދަތުރުކުރަމުންދިޔަ ކްރޫޒްލައިނަކަށް އަމާޒުކޮށް ބިރުދައްކާފައިވާ ކަމަށެވެ. ނަމަވެސް، އިންޒާރު ލިބުނު ހުރިހާ ބޯޓެއް ވެސް އެއްވެސް ނުރައްކަލަކާ ނުލައި ރައްކާތެރިކަމާއެކު އެއާޕޯޓުތަކުގައި ޖައްސާފައިވާއިރު، ކުއްލި ހާލަތުގައި ބަލައިފާސްކުރުމުން، އެއްވެސް ބޯޓަކުން ގޮވާތަކެތި ފެނިފައެއް ނުވެ އެވެ.

Advertisement - worldAdvertisement

މި އިންޒާރުތަކުގެ ނޭދެވޭ އަސަރު ފޯރި އެއާލައިންތަކުގެ ތެރޭގައި ރަޔަންއެއަރ، ވިޒް އެއަރ، ސްކެންޑިނޭވިއަން އެއާލައިންސް އަދި ޕޮލިޝް އެއާލައިން ލޮޓް ހިމެނެ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ލޮޅުމެއް އެރީ އަޔަލެންޑުގެ ބަޖެޓް އެއާލައިން ކަމަށްވާ ރަޔަންއެއަރ އަށެވެ. މި ގޮތުން އެ އެއާލައިނުން އެކި މަންޒިލްތަކަށް ދަތުރުކުރި ހަތަރު ފްލައިޓަކަށް ވަނީ އިންޒާރު އަމާޒުވެފަ އެވެ.

މި ހާދިސާތަކުގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ހަމަމިއާއެކު، އޮފިޝަލުން ވެސް ވަކި ޖަމާޢަތަކަށް ނުވަތަ ބަޔަކަށް މި ކަމުގެ އިލްޒާމު އަޅުވާފައެއް ނުވެ އެވެ. މިއީ، ބަލްގޭރިއާއަށް ދަތުރުކުރަމުންދިޔަ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވައިގެ ތެރޭގައި އޮއްވައި މި ފަދަ ބޮމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ކުއްލި ގޮތަކަށް ހަންގޭރީއަށް ޑައިވަރޓްކުރިތާ އެއް ދުވަސް ފަހުން ހިނގި ކަންތައްތަކެކެވެ.

ޕޮލެންޑާއި ވޯސޯއަށް ދަތުރުކުރި ދެ ފްލައިޓަކަށް އިންޒާރު އަމާޒުވި އެވެ. މި ގޮތުން ޑެންމާކުގެ ކޯޕަންހާގަނުން ފުރި ސްކެންޑިނޭވިއަން އެއާލައިންސްގެ ފްލައިޓް އެސްކޭ751 އެއްވެސް ހާދިސާއެއް ނުހިނގައި ވޯސޯގެ ޝޯޕެން އެއާޕޯޓަށް ޖައްސާފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އެއާޕޯޓުގެ އެއް ރަންވޭ ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ޕޮލެންޑުވޯސޯއިޓަލީރަޔަންއެއާރޯމްަބަލްގޭރިއާ

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2026

ބޮސްނިއާގައި އީޔޫ މިޝަންގެ ހެލިކޮޕްޓަރެއް ވެއްޓި އިޓަލީވިލާތުގެ ހަތަރު މީހަކު މަރުވެެއްޖެ

30 އޮކްޓޯބަރު 2026
ބޮސްނިއާގައި އީޔޫ މިޝަންގެ ހެލިކޮޕްޓަރެއް ވެއްޓި އިޓަލީވިލާތުގެ ހަތަރު މީހަކު މަރުވެެއްޖެ
22 އޮކްޓޯބަރު 2026

އިޓަލީވިލާތުގެ ފިހާރަތަކުން ކާބޯތަކެތި ހުސްވެ، މަގުތައް ތަޅުއެޅުވި ވަރުގަދަ މުޒާހަރާ ކޮންޓްރޯލުން ނެއްޓެނީ!

22 އޮކްޓޯބަރު 2026
އިޓަލީވިލާތުގެ ފިހާރަތަކުން ކާބޯތަކެތި ހުސްވެ، މަގުތައް ތަޅުއެޅުވި ވަރުގަދަ މުޒާހަރާ ކޮންޓްރޯލުން ނެއްޓެނީ!
21 އޮކްޓޯބަރު 2026

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ކުރާ މުޒާހަރާތައް ހުއްޓުވަން އިޓަލީވިލާތުން ސިފައިން ނެރެނީ

21 އޮކްޓޯބަރު 2026
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާ ގުޅިގެން ކުރާ މުޒާހަރާތައް ހުއްޓުވަން އިޓަލީވިލާތުން ސިފައިން ނެރެނީ
17 އޮކްޓޯބަރު 2026

ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި

17 އޮކްޓޯބަރު 2026
ޣައްޒާ ފްލޮޓިއްލާއަށް ހުރަސްއެޅި މައްސަލަ: އިސްރާއީލުގެ ދިފާޢީ ވަޒީރާ ދެކޮޅަށް އިޓަލީވިލާތުން ތަހުގީގު ފަށައިފި
26 ސެޕްޓެމްބަރު 2026

އިޓަލީވިލާތުގެ ނޭޕަލްސްގެ ފުލެޓެއްގައި ފޮރުވާފައިހުރި 3.2 މިލިއަން ޔޫރޯ ފެނިއްޖެ

26 ސެޕްޓެމްބަރު 2026
އިޓަލީވިލާތުގެ ނޭޕަލްސްގެ ފުލެޓެއްގައި ފޮރުވާފައިހުރި 3.2 މިލިއަން ޔޫރޯ ފެނިއްޖެ
25 ސެޕްޓެމްބަރު 2026

އިޓަލީގެ ސްކޫލްތަކުގައި މޫނު ނިވާކުރުން ދެން މަނާވާނެ، ބޭރު ދަރިވަރުންގެ އަދަދު ވެސް ކޮންޓްރޯލް ކުރަނީ

25 ސެޕްޓެމްބަރު 2026
އިޓަލީގެ ސްކޫލްތަކުގައި މޫނު ނިވާކުރުން ދެން މަނާވާނެ، ބޭރު ދަރިވަރުންގެ އަދަދު ވެސް ކޮންޓްރޯލް ކުރަނީ
21 ސެޕްޓެމްބަރު 2026

އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ

21 ސެޕްޓެމްބަރު 2026
އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ
18 ސެޕްޓެމްބަރު 2026

އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ

18 ސެޕްޓެމްބަރު 2026
އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ
09 ސެޕްޓެމްބަރު 2026

އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަށް ބުރޫއަރާ އިނގިރޭސިވިލާތުގައި އެތައް ސަތޭކަ ފްލައިޓެއް ކެންސަލްވެއްޖެ

09 ސެޕްޓެމްބަރު 2026
އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަށް ބުރޫއަރާ އިނގިރޭސިވިލާތުގައި އެތައް ސަތޭކަ ފްލައިޓެއް ކެންސަލްވެއްޖެ
31 ޖުލައި 2026

އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ

31 ޖުލައި 2026
އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް