Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަށް ބުރޫއަރާ އިނގިރޭސިވިލާތުގައި އެތައް ސަތޭކަ ފްލައިޓެއް ކެންސަލްވެއްޖެ

9 ސެޕްޓެމްބަރު 2026 | ބުދަ 05:10

އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން އެތައް ސަތޭކަ ފްލައިޓެއް ކެންސަލްވެ، އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެ. މި މައްސަލަ ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ދީފައިވާއިރު، ދަތުރުފަތުރުގެ ނިޒާމު އާންމު ހާލަތަށް ގެނައުމަށް އަދިވެސް ވަގުތު ނަގާނެ ކަމަށް ބެލެވޭ

ނިއުސް ޓީމް
ނިއުސް ޓީމް | 9 ސެޕްޓެމްބަރު 2026 | ބުދަ 05:10

ފްލައިޓްރޭޑާ24 ވެބްސައިޓުގައި ވައިގެ އުދުހުންތައް ޓްރެކްކުރާ ޑޭޓާތަކުން އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދާއި އެ ސަރަހައްދުގައި ދަތުރުކުރަމުންދާ ފްލައިޓްތަކުގެ މައުލޫމާތު | އެކްސް/ފްލައިޓްރޭޑާ24

އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން އެތައް ސަތޭކަ ފްލައިޓެއް ކެންސަލްކުރަން ޖެހި، ބުދަ ދުވަހު ވެސް ފްލައިޓްތައް ލަސްވާނެ ކަމަށް އިދާރާތަކުން ހާމަކޮށްފި އެވެ. މި ހުރަސްތަކުގެ ސަބަބުން އެތައް ހާސް ފަސިންޖަރުންނަކަށް ވަނީ އޭގެ ސީދާ އަސަރުކޮށްފަ އެވެ. އެއާ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތްދޭ ނެޓްސް ކުންފުންޏަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން 1،000 އާ ގާތްކުރާ އަދަދަކަށް ފްލައިޓް ކެންސަލްވެފައިވާ ކަމަށް ވައިގެ އުދުހުންތައް ޓްރެކްކުރާ ވެބްސައިޓެއް ކަމަށްވާ ފްލައިޓްރޭޑާ24 އިން ވަނީ ހާމަކޮށްފަ އެވެ. މި މައްސަލަ މުޅި އިނގިރޭސިވިލާތުގެ އިތުރުން، ސްކޮޓްލެންޑާއި އަޔަލެންޑްގެ އެއާޕޯޓްތަކަށް ވެސް ވަނީ ފެތުރިފަ އެވެ. ފްލައިޓްރޭޑާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހާދިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހީތުރޯ، ގެޓްވިކް، މެންޗެސްޓަރ އަދި ބަރމިންގހަމް އެއާޕޯޓަށެވެ. މީގެ އިތުރުން ފްލައިޓްތައް ފުރުމަށް ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ބޭރު ގައުމުތަކުގެ އެއާޕޯޓްތަކުން އިނގިރޭސިވިލާތަށް ފުރަން ހަމަޖެހިފައިވާ ބައެއް ފްލައިޓްތަކަށް ވެސް ފުރޭގޮތް ވަނީ ނުވެފަ އެވެ.

މި ހުރަސްތަކާ ގުޅިގެން އެކި އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. މި ގޮތުން އީޒީޖެޓުން 200 ފްލައިޓް ކެންސަލްކުރިއިރު، ބްރިޓިޝް އެއާވޭޒްއިން ވަނީ 100 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފަ އެވެ. ވިލާތުގެ އެންމެ ބާރުބޮޑު އެއާލައިން ކަމަށްވާ ރަޔަންއެއާއިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، 65،000 އަށް ވުރެ ގިނަ ފަސިންޖަރުންގެ ދަތުރުތައް ވަނީ އަށް ގަޑިއިރާ ހަމައަށް ލަސްވެފަ އެވެ. އަދި، މި ކަމުގެ އަސަރުކުރި ފަސިންޖަރުންނަށް އަންގަމުން ގެންދާނެ ކަމަށް ރަޔަންއެއާއިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ އެކި އެއާޕޯޓްތަކުން ވެސް ވަނީ ފްލައިޓްތައް ކެންސަލްވުމާއި ލަސްވުމުގެ މައްސަލަތައް ކުރިމަތިވަމުންދާތީ، ދަތުރުކުރުމުގެ ކުރިން ފްލައިޓްގެ މައުލޫމާތު ޗެކްކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، ފަސިންޖަރުންގެ ފްލައިޓްތަކުގެ ހާލަތު ބެލުމަށް އެއާލައިންތަކާ ގުޅުމަށް ވެސް މިހާރު ވަނީ އިރުޝާދު ދީފަ އެވެ.

ބްރިޓިޝް އެއާވޭޒްއިން ނެރުނު ބަޔާނެއްގައި ބުނީ، މި ކަމުގެ ސަބަބުން ކުރިއަށް އޮތް ދަތުރުތަކަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. މި ގޮތުން "އަންގާރަ ދުވަހުގެ މެންދުރުފަހު 100 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ނުވަތަ ޑައިވާޓްކުރަން އަޅުގަނޑުމެންނަށް މަޖުބޫރުވި،" ކަމަށް އެ އެއާލައިނުގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ. އަދި، "ކަސްޓަމަރުންނަށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި، އެ މީހުންގެ ދަތުރުތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އަޅުގަނޑުމެން މި ދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން،" ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. މީގެ އިތުރުން "ފްލައިޓް ކެންސަލްވެފައިވާ ކަސްޓަމަރުން އެއާޕޯޓަށް ވަޑައިނުގަތުމަށް އެދެން. އަދި، އަޅުގަނޑުމެންގެ ކޯލް ސެންޓަރުތަކަށް މިވަގުތު ވަރަށް ބާރުބޮޑުވެފައިވާތީ، ގުޅުމަށް މަސައްކަތްކުރާއިރު ކެތްތެރިކަން އިސްކުރުމަށް އެދެން،" ކަމަށް ވެސް އެ އެއާލައިނުން ވަނީ އެދިފަ އެވެ. ހަމަމިއާއެކު، ވިލާތުގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓް ކަމަށްވާ ހީތުރޯގައި މެންދުރު ފްލައިޓްތައް ފުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް ފަހު އަލުން ފެށި ނަމަވެސް، މެންދުރުފަހު ވަނީ އިތުރު ހުރަސްތައް ދިމާވެފަ އެވެ. މި ގޮތުން ފްލައިޓްތައް ނުފުރި ހުރުމުން ބޯޓުތައް ޖައްސާނެ ޖާގަ ހުސްވެ، ހީތުރޯއަށް ޖައްސަން އައި 13 ފްލައިޓެއް އެހެން އެއާޕޯޓްތަކަށް ޑައިވާޓްކުރަން ޖެހުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި މައްސަލަ ހައްލުކުރުމަށް "އުންމީދުކުރި ވަރަށް ވުރެ ގިނަ ވަގުތު" ނެގި ކަމަށް ބުނެ، ނެޓްސް ކުންފުނީގެ ވެރިޔާ މާޓިން ރޮލްފް ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. އަދި، މި ކަން ދިމާވާން މެދުވެރިވި ސަބަބު ފުރިހަމައަށް ތަހުގީގު ކުރައްވާނެ ކަމަށް ބީބީސީއާ ވާހަކަދައްކަވަމުން އޭނާ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މައްސަލަ ދިމާވީ ނެޓްސްގެ ފްލައިޓް ޑޭޓާ ޕްރޮސެސިންގ ނިޒާމަށް ކަމަށް ރޯލްފް ވަނީ ވިދާޅުވެފަ އެވެ. އަދި، މިއީ 2023 ވަނަ އަހަރުގެ އޮގަސްޓް ބޭންކް ހޮލިޑޭ ބަންދުގައި މައްސަލަ ދިމާވި ނިޒާމު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނެޓްސްއިން ބުނީ، ފްލައިޓް ޕްރޮސެސިންގ ނިޒާމަކީ ފްލައިޓް ޕްލޭންތަކާއި އެއާ ޓްރެފިކް ކޮންޓްރޯލަރުން ބޭނުންކުރާ އެހެނިހެން މުހިންމު މައުލޫމާތުތައް ބަލަހައްޓާ މައި ނިޒާމު ކަމަށެވެ. މި ނިޒާމުން އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދުން ދަތުރުކުރާ ބޯޓުތަކުގެ މައުލޫމާތު މެދުނުކެނޑި އަދާހަމަކުރަމުންދާއިރު، މިއީ ކޮންޓްރޯލަރުންނަށް ރައްކާތެރިކަމާއެކު އަދި ތަރުތީބުން ވައިގެ ދަތުރުފަތުރު ބެލެހެއްޓުމަށް އެހީތެރިވެދޭ ނިޒާމެއް ކަމަށް ވެސް ނެޓްސްއިން ބުނެ އެވެ.

ނެޓްސްގެ ކޮންޓްރޯލް ނިޒާމަށް މިފަދަ މައްސަލައެއް ދިމާވި މިއީ ފުރަތަމަ ފަހަރެއް ނޫން އެވެ. އެހެންކަމުން ރަޔަންއެއާ އަދި ވިޒްއެއާއިން ވަނީ އެ މުއައްސަސާ އިސްލާހުކުރުމަށް ގޮވާލާފަ އެވެ. ވިޒްއެއާއިން ބުނީ، މިހާރު އޮތް ގޮތަށް ބަލާއިރު ނެޓްސްއަކީ "މަގުސަދު ހާސިލުކުރެވޭ ފަދަ" ތަނެއް ނޫން ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވުމާ މެދު ވިސްނަވަމުން ގެންދަވާތޯ ސުވާލުކުރުމުން، އެ ކަމަށް "ފަހުން ވަރަށް ގިނަ ވަގުތު ލިބޭނެ" ކަމަށް ރޮލްފް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، މި ވަގުތު އޭނާގެ އެންމެ ބޮޑު ސަމާލުކަމެއް ހުރީ މައްސަލަ ހައްލުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނެޓްސްއިން ފްލައިޓް ޕްރޮސެސިންގ ނިޒާމުގެ މައްސަލަ ހައްލުކުރި ނަމަވެސް، އެއާޕޯޓުތަކުގައި ނުފުރި ގިނަ އަދަދެއްގެ ފްލައިޓުތައް ތާށިވުމުގެ ސަބަބުން މި ހުރަސްތައް ދެމިއޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެ އެވެ. މީގެ އިތުރުން، މި ފަންނީ މައްސަލައިގެ އަސަރު ފުރާ ފްލައިޓްތަކަށް ކުރި ނަމަވެސް، އެއާޕޯޓްތަކުގެ ބިމުން ޖާގަ ކުޑަވަމުން ދިއުމުގެ ސަބަބުން އަންނަ ފްލައިޓްތަކަށް ވެސް ވަނީ އޭގެ އަސަރުކޮށްފަ އެވެ.

މި ހުރަސްތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ހެއިޑީ އެލެގްޒެންޑާ ވަނީ ބުދަ ދުވަހު ބާއްވާ ބައްދަލުވުމަކަށް ރޮލްފް ހާޒިރުވުމަށް އަންގަވާފަ އެވެ. މީގެ އިތުރުން، މި މައްސަލަ ދިމާވީ ސައިބަރ ހަމަލާއެއްގެ ސަބަބުން ނޫންކަން "ޔަގީންކަމާއެކު" ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް އޭނާ އަންގަވާނެ ކަމަށް ވެސް ބެލެވެ އެވެ. "ފްލައިޓްތައް ފުރިހަމައަށް އާންމު ހާލަތަށް ގެނައުމަށް ވަގުތު ނަގާނެ ކަމަށާއި، އެހެންކަމުން އެއާލައިންތަކުން މައުލޫމާތު ސާފުކުރަމުން ގެންދިއުމަށް އެދެން" އެލެގްޒެންޑާ ވިދާޅުވި އެވެ. އަދި، "މި ކަމުން ފިލާވަޅު ލިބިގަންނާނެ ކަމުގެ ޔަގީންކަމާއި، އޭވިއޭޝަން ދާއިރާއަށް އެހީތެރިވާ ނިޒާމުތަކަކީ މިފަދަ ކަންކަމަށް ގާބިލު ނިޒާމުތަކެއްކަން ކަށަވަރުކުރުމަށް އަޅުގަނޑު ދަނީ މަސައްކަތް ކުރަމުން،" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްހީތުރޯބްރިޓިޝް އެއާވޭޒްރަޔަންއެއާ

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އިނގިރޭސިވިލާތް

09 ސެޕްޓެމްބަރު 2026
އިސްރާއީލުން ދަނީ ފަލަސްތީނުގެ ނަސްލު ނައްތާލަމުން: އިނގިރޭސިވިލާތް
03 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުގެ އިގުތިސާދު މިއަދުގެ ހާލަތަށް ވައްޓާލީ "ކުރީ ސަރުކާރުން": ބާރނަމް

03 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުގެ އިގުތިސާދު މިއަދުގެ ހާލަތަށް ވައްޓާލީ "ކުރީ ސަރުކާރުން": ބާރނަމް
02 ސެޕްޓެމްބަރު 2026

ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ސްޓާމާ، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން ވެސް އިސްތިއުފާ ދެއްވަން ނިންމަވައިފި

02 ސެޕްޓެމްބަރު 2026
ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ސްޓާމާ، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން ވެސް އިސްތިއުފާ ދެއްވަން ނިންމަވައިފި
27 އޯގަސްޓު 2026

ފޯޅަވައްސާއި ބެހޭ ގޮތުން "ޕެން ފޯ ރައިޓްސް" އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިނގިރޭސިވިލާތުން ޖަވާބުދީފި، ބުނީ ސިޔާދީ މައްސަލަ އޮތީ އެ ގައުމާ މޮރިޝަސް އާ ދެމެދުގައި ކަމަށް

27 އޯގަސްޓު 2026
ފޯޅަވައްސާއި ބެހޭ ގޮތުން "ޕެން ފޯ ރައިޓްސް" އިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް އިނގިރޭސިވިލާތުން ޖަވާބުދީފި، ބުނީ ސިޔާދީ މައްސަލަ އޮތީ އެ ގައުމާ މޮރިޝަސް އާ ދެމެދުގައި ކަމަށް
24 އޯގަސްޓު 2026

ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ

24 އޯގަސްޓު 2026
ބޮޑު ވަޒީރުގެ ގޮތުގައި ބާންހަމްގެ ފުރަތަމަ ދަތުރުފުޅު ޔޫކްރެއިން އަށް، އެ ޤައުމަށް މިސައިލް ބްލޫޕްރިންޓް ދެއްވަނީ
17 އޯގަސްޓު 2026

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ

17 އޯގަސްޓު 2026
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ
14 އޯގަސްޓު 2026

ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި

14 އޯގަސްޓު 2026
ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި
12 އޯގަސްޓު 2026

ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި

12 އޯގަސްޓު 2026
ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި
10 އޯގަސްޓު 2026

ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!

10 އޯގަސްޓު 2026
ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!
09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް