"ލެނޯވޯ އިޔަރ އެންޑް ލެޕްޓޮޕް ޕްރޮމޯޝަން 2026" ގެ ނަމުގައި ސިމްޑީ ޓެކްގެ ޚާއްސަ ސޭލެއް!
4 ނޮވެމްބަރު 2026 | ބުދަ 10:50ސިމްޑީ ޓެކުން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ލެނޯވޯގެ އެންމެ ފަހުގެ އައިޑިއާޕެޑް މޮޑެލްތައް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް ކެނަން ޕްރިންޓަރަކާއި ބެކްޕެކެއް ހިލޭ ލިބޭނެ. އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި އޭއައި ގާބިލްކަން ލިބިފައިވާ ޒަމާނީ ލެޕްޓޮޕްތައް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނޭ


އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ލެނޯވޯގެ އެންމެ ފަހުގެ އައިޑިއާޕެޑް މޮޑެލްތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތެއް | ސިމްޑީ
ސިމްޑީ ޓެކުން ލެނޯވޯ ބްރޭންޑުގެ ލެޕްޓޮޕްތަކަށް ޚާއްސަކޮށްގެން "ލެނޯވޯ އިޔަރ އެންޑް ލެޕްޓޮޕް ޕްރޮމޯޝަން 2026" ގެ ނަމުގައި އަހަރު ނިމޭއިރު ބާއްވާ ޚާއްސަ ސޭލެއް ފަށައިފި އެވެ.
މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ލެނޯވޯގެ އެންމެ ފަހުގެ އައިޑިއާޕެޑް މޮޑެލްތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތެކެވެ. މި ޕްރޮމޯޝަނުގެ ދަށުން ލެޕްޓޮޕް ގަންނަ ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ލެނޯވޯ ބެކްޕެކަކާއި ކެނަން އީ470 މާކުގެ ޕްރިންޓަރެއް ހިލޭ ލިބޭނެ ކަމަށް ސިމްޑީން ބުނެ އެވެ.
މި ޕްރޮމޯޝަނުގައި މައިގަނޑު ތިން މޮޑެލްއެއްގެ ލެޕްޓޮޕް ހިމެނޭއިރު، އޭގެ ތެރޭގައި އިންޓެލް ކޯ އެލްޓްރާ 5 ޕްރޮސެސަރާއި 16 ޖީބީގެ ރޭމް އަދި 512 ޖީބީގެ އެސްއެސްޑީ ހިމެނޭ "ލެނޯވޯ އައިޑިއާޕެޑް 5 2-އިން-1" ގެ ދެ މޮޑެލްއެއް ހިމެނެ އެވެ. މީގެ ތެރެއިން އެއް މޮޑެލްއަކީ އިންޓެލް ކޯ އެލްޓްރާ 7 ޕްރޮސެސަރާއެކު ފަރުމާކޮށްފައިވާ މޮޑެލްއެކެވެ. މި ދެ ލެޕްޓޮޕަކީ ވެސް 14 އިންޗީގެ މަލްޓި-ޓަޗް ޑިސްޕްލޭއެއް ހިމެނޭ، 360 ޑިގްރީއަށް އަނބުރާލެވޭ ގޮތަށް ފަރުމާކޮށްފައިވާ އޭއައި ގާބިލުކަން ލިބިގެންވާ ލެޕްޓޮޕްތަކެކެވެ. އަދި މި ދެ މޮޑެލްއާއެކު ވެސް ލެނޯވޯ ޕެން ހިލޭ ލިބޭނެ އެވެ.
މީގެ އިތުރުން މި ޕްރޮމޯޝަނުގައި ހިމެނޭ "ލެނޯވޯ އައިޑިއާޕެޑް ސްލިމް 5" އަކީ 14 އިންޗީގެ އޯލެޑް ޑިސްޕްލޭއެއް ހިމެނޭ، ބަރުދަނުގައި އެންމެ 1.3 ކިލޯ ހުންނަ ލުއި ލެޕްޓޮޕެކެވެ. މި ލެޕްޓޮޕަކީ 11 ގަޑިއިރަށްވުރެ ގިނައިރު ބެޓެރީ ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދީފައިވާ، މަސައްކަތުގެ މާހައުލަށް ނުހަނު އެކަށީގެންވާ އުފެއްދުމެކެވެ. މި ޕްރޮމޯޝަނުގައި ހިމެނޭ ހުރިހާ ލެޕްޓޮޕަކަށް ވެސް އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ ކަމަށް ސިމްޑީން މައުލޫމާތުދެ އެވެ.
މި ޕްރޮމޯޝަނާ ގުޅޭގޮތުން ސިމްޑީ ގްރޫޕުގެ މާކެޓިންގ އެގްޒެކެޓިވް ފާތިމަތު މުޝްފާ ވިދާޅުވީ، މި ޕްރޮމޯޝަނުގެ މަގްސަދަކީ ދަރިވަރުންނާއި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިތުރުން ވިޔަފާރިތަކަށް ބޭނުންވާ އެންމެ ފަހުގެ އޭއައި ޓެކްނޮލޮޖީ ހިމެނޭ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި މިއީ 2027 ވަނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން އުފެއްދުންތެރިކަން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ކެނަން، ގޮޑޮކްސް، ލެނޯވޯ އަދި މައިލްސްޓޯން ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ސިމްޑީ ޓެކުގެ މި ޕްރޮމޯޝަން މާލެ އަދި އައްޑޫ ސިޓީގައި ހުންނަ އެ ކުންފުނީގެ ޝޯރޫމްތަކުގައި ކުރިއަށްދާނެ އެވެ. ތިން އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ސިމްޑީ ޓެކަކީ ރާއްޖޭގެ ސަރުކާރުގެ އިދާރާތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ބޭނުންވާ ޓެކްނޮލޮޖީގެ ސޮލިއުޝަންތައް ފޯރުކޮށްދޭ އިތުބާރު ހުރި ކުންފުންޏެކެވެ.








