Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިބޯލާގެ ބަލިމަޑުކަން

އެފްރިކާގައި ފެތުރެމުންދާ އިބޯލާ ރޯގާގައި މަރުވި މީހުންގެ އަދަދު 5،300 އިން މައްޗަށް، އެންމެ ބޮޑު ނުރައްކަލެއް ކޮންގޯއަށް

3 ނޮވެމްބަރު 2026 | އަންގާރަ 07:13

އެފްރިކާގައި ފެތުރެމުންދާ އިބޯލާގެ ނުރައްކާތެރި 'ބަންޑިބޫޖޯ' ސްޓްރެއިން ޖެހިގެން މަރުވި މީހުންގެ އަދަދު 5،300 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރެއިން ގިނަ މަރުތައް ރެކޯޑުކޮށްފައިވަނީ ކޮންގޯއިން. މި ބަލި ޖެހޭ މީހުންގެ %50 މީހުން މަރުވަމުންދާއިރު، މި ވޭރިއަންޓަށް ޚާއްސަ ވެކްސިނެއް ނެތުމުން ބަލި ކޮންޓުރޯލު ކުރުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 3 ނޮވެމްބަރު 2026 | އަންގާރަ 07:13
އިބޯލާ ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ތަމްރީނު ފުރިހަމަކޮށްފައިވާ ސިއްހީ ޚިދުމަތްތެރިއެއް

އިބޯލާ ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ތަމްރީނު ފުރިހަމަކޮށްފައިވާ ސިއްހީ ޚިދުމަތްތެރިއެއް | ގެޓީ އިމޭޖަސް

އެފްރިކާ ބައްރުގައި މި ފަހުން ފެތުރެން ފެށި ނުރައްކާތެރި އިބޯލާ ރޯގާގައި މަރުވި މީހުންގެ އަދަދު 5،300 އިން މައްޗަށް އަރައި، ބަލިމަޑުކަމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން (އެފްރިކާ ސީޑީސީ) އިންޒާރުދީފި އެވެ. މި ރޯގާގެ ޝިކާރައަކަށް ވެގެން މަރުވި މީހުންގެ ބޮޑު އަޣުލަބިއްޔަތެއް ރެކޯޑުކުރެވިފައި ވަނީ ބަލިމަޑުކަމުގެ މައި މަރުކަޒު ކަމުގައިވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދި ކޮންގޯއިން (ޑީއާރްސީ) ނެވެ.

މި އަހަރުގެ މެއި މަހުގެ މެދުތެރޭގައި ކޮންގޯއިން ވަނީ އެ ޤައުމުގެ ތާރީޚުގައި ވެސް މިހާތަނަށް ފެނުނު އެންމެ ބޮޑު، އަދި 17 ވަނަ އިބޯލާ ރޯގާ ރަސްމީކޮށް އިޢުލާނުކޮށްފަ އެވެ. އެފްރިކާ ސީޑީސީން ހޯމަ ދުވަހު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ރޯގާގައި މިހާތަނަށް ޖުމުލަ 5،376 މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރެއިން 5،372 މަރު ރެކޯޑުކޮށްފައި ވަނީ ކޮންގޯއިން ކަމަށްވާއިރު، އަވައްޓެރި ކެންޔާ އަދި އުގާންޑާއިން ކޮންމެ ޤައުމަކުން ދެ މީހުން ވަނީ މަރުވެފަ އެވެ.

Advertisement - worldAdvertisement

މި ފަހަރު ފެތުރެމުން ދަނީ މަދުން ނޫނީ ނުފެންނަ ވައިރަހުގެ ބާވަތެއް ކަމަށްވާ 'ބަންޑިބޫޖޯ' ސްޓްރެއިން އެވެ. މި ވޭރިއަންޓްގެ ސަބަބުން ކޮންގޯގެ އިތުރުން ޔުގާންޑާ އަދި ކެންޔާއިން ޖުމުލަ 10،444 މީހުންނަށް ބަލިޖެހިފައިވާއިރު، މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް ހުރީ %50 އަށްވުރެ މަތީގަ އެވެ.

ފާއިތުވި މަސްތަކުގައި މި ވައިރަސް ވަނީ އެކި ފަހަރު މަތިން ބައިނަލްއަގުވާމީ ބޯޑަރުތައް ހުރަސްކޮށް ފެތުރިފަ އެވެ. މި ގޮތުން ކޮންގޯއާ އިންވެގެން އޮންނަ ޔުގާންޑާއިން އިބޯލާ ޖެހުނު 20 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ކޭސްއަކީ ވެސް ކޮންގޯއިން އެ ޤައުމަށް ދަތުރުކުރި މީހުންނެވެ. ނަމަވެސް، ފިޔަވަޅުތައް ވަރުގަދަކުރުމަށް ފަހު ނިމިދިޔަ އޮގަސްޓު މަހު ޔުގާންޑާއަކީ އިބޯލާ ނެތް ޤައުމެއް ކަމަށް ވަނީ އިޢުލާނުކޮށްފަ އެވެ.

ހަމަމިއާއެކު، ކެންޔާއިން އޮކްޓޫބަރު މަހު ނުވަ މީހަކަށް އިބޯލާ ޖެހި، ދެ މީހަކު މަރުވެފައިވާއިރު، މިއީ އެ ޤައުމުގެ ތާރީޚުގައި ވެސް އިބޯލާ ބަލީގެ ކޭސްތަކެއް ރަސްމީކޮށް ރެކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ.

އެފްރިކާގެ އެންމެ އާބާދީ ބޮޑު ޤައުމު ކަމަށްވާ ނައިޖީރިއާގެ އިރުއުތުރު ސަރަހައްދުން ޝައްކުކުރެވުނު ދެ ކޭހެއްގެ ސާމްޕަލް ދެ ފަހަރެއްގެ މަތިން ޓެސްޓުކުރުމަށް ފަހު، އެއީ ނެގެޓިވް ސާމްޕަލްތަކެއް ކަމަށް އެ ޤައުމުގެ ސިއްހީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ވެރިރަށް އަބޫޖާއިން އޮކްޓޫބަރު މަހު ބޭރުން އެތެރެވި އެއް ކޭސް ފެނިފައިވާއިރު، މިއީ ވޭތުވެދިޔަ ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ރަށުން އިބޯލާ ފެނުނު ފުރަތަމަ ފަހަރެވެ. ނަމަވެސް، އެ ޤައުމުގައި މި ބަލީގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ. ވިލާތުގެ ބައްރަށް ބަލާއިރު، ކޮންގޯއިން އެނބުރި ދިޔަ ސިއްހީ ޚިދުމަތްތެރިއެއްގެ ގައިން އިބޯލާ ފެނިގެން ޖުލައި މަހު ފަރަންސޭސިވިލާތުން ވެސް ވަނީ އެއް ކޭސް ރިޕޯޓުކޮށްފަ އެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، މިހާރު ފެތުރެމުންދާ ނުރައްކާތެރި ބުންޑުބޫޖޯ ސްޓްރެއިންއާ ދެކޮޅަށް ބޭނުންކުރުމަށް ފާސްކޮށްފައިވާ އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މިއާއެކު، އާންމުކޮށް ފެންނަ 'ޒަޔީރް' ސްޓްރެއިންއާ ދެކޮޅަށް ކާމިޔާބު ކަމަށް ސާބިތުވެފައިވާ 'އެރްވެބޯ' ވެކްސިން ބޭނުންކޮށްގެން، މި ބާވަތަށް ފަރުވާއެއް ހޯދުމުގެ ކްލިނިކަލް ޓްރަޔަލްތައް މިހާރު ވަނީ ފަށާފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެބޯލާއެފްރިކާ ސީޑީސީޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯޔޫގެންޑާކެންޔާބަންޑިބޫޖޯ ސްޓްރެއިން

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

5

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2026

ކޮންގޯގައި ހުރި އިބޯލާއަށް ފަރުވާދޭ ޚާއްސަ މަރުކަޒެއްގައި ބަޔަކު ހުޅުޖަހައިފި

01 ނޮވެމްބަރު 2026
ކޮންގޯގައި ހުރި އިބޯލާއަށް ފަރުވާދޭ ޚާއްސަ މަރުކަޒެއްގައި ބަޔަކު ހުޅުޖަހައިފި
24 އޮކްޓޯބަރު 2026

ކެންޔާއިން އިބޯލާ ޖެހިގެން ދެވަނަ މީހަކު މަރުވެއްޖެ، ބަލި ފެތުރުން ކޮންޓުރޯލު ކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފި

24 އޮކްޓޯބަރު 2026
ކެންޔާއިން އިބޯލާ ޖެހިގެން ދެވަނަ މީހަކު މަރުވެއްޖެ، ބަލި ފެތުރުން ކޮންޓުރޯލު ކުރުމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފި
24 އޮކްޓޯބަރު 2026

އިބޯލާ ޖައްސާ ބަންޑިބޫޖޯ ވައިރަހާ ދެކޮޅަށް އާ ވެކްސިން ޓެސްޓުކުރަން ފަށައިފި

24 އޮކްޓޯބަރު 2026
އިބޯލާ ޖައްސާ ބަންޑިބޫޖޯ ވައިރަހާ ދެކޮޅަށް އާ ވެކްސިން ޓެސްޓުކުރަން ފަށައިފި
19 އޮކްޓޯބަރު 2026

ކޮންގޯގެ އަށްވަނަ ޕްރޮވިންސަކަށް އިބޯލާ ފެތުރި، މަރުވި މީހުންގެ އަދަދު 4،500 އަށްވުރެ މައްޗަށް

19 އޮކްޓޯބަރު 2026
ކޮންގޯގެ އަށްވަނަ ޕްރޮވިންސަކަށް އިބޯލާ ފެތުރި، މަރުވި މީހުންގެ އަދަދު 4،500 އަށްވުރެ މައްޗަށް
01 އޮކްޓޯބަރު 2026

ކޮންގޯގައި ކޮލެރާ ފެތުރި އެތައް ބަޔަކު މަރުވަނީ، ކުޑަކުދިން ރައްކާތެރިކުރަން ޖެހޭ: ޔުނިސެފް

01 އޮކްޓޯބަރު 2026
ކޮންގޯގައި ކޮލެރާ ފެތުރި އެތައް ބަޔަކު މަރުވަނީ، ކުޑަކުދިން ރައްކާތެރިކުރަން ޖެހޭ: ޔުނިސެފް
29 ސެޕްޓެމްބަރު 2026

ކޮންޓެކްޓް ޓްރޭސިންގ ފޭލުވެ ކޮންގޯގައި އިބޯލާގެ ހާލަތު ގޯހުންގޯހަށް، 8,000 މީހުންނަށް ބަލި ޖެހިއްޖެ

29 ސެޕްޓެމްބަރު 2026
ކޮންޓެކްޓް ޓްރޭސިންގ ފޭލުވެ ކޮންގޯގައި އިބޯލާގެ ހާލަތު ގޯހުންގޯހަށް، 8,000 މީހުންނަށް ބަލި ޖެހިއްޖެ
13 ސެޕްޓެމްބަރު 2026

ކޮންގޯއިން އިބޯލާގެ 7,000 ކޭސް، ދަރިވަރުން މަދަރުސާތަކަށް ފޮނުވަން ބެލެނިވެރިން ފަސްޖެހެނީ

13 ސެޕްޓެމްބަރު 2026
ކޮންގޯއިން އިބޯލާގެ 7,000 ކޭސް، ދަރިވަރުން މަދަރުސާތަކަށް ފޮނުވަން ބެލެނިވެރިން ފަސްޖެހެނީ
11 ސެޕްޓެމްބަރު 2026

ޔުގެންޑާގެ ޓޫރޯ ރަސްކަމުގެ ތަޚުތަށް އިސްކުރާނެ ބޭފުޅަކާ މެދު އާއިލާގެ ތެރޭގައި ބޮޑު ދަބަސްވުމެއް އުފެދިއްޖެ

11 ސެޕްޓެމްބަރު 2026
ޔުގެންޑާގެ ޓޫރޯ ރަސްކަމުގެ ތަޚުތަށް އިސްކުރާނެ ބޭފުޅަކާ މެދު އާއިލާގެ ތެރޭގައި ބޮޑު ދަބަސްވުމެއް އުފެދިއްޖެ
12 އޯގަސްޓު 2026

ކޮންގޯގެ އެބޯލާ އަކީ ތާރީޚުގައިވެސް އެންމެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވެދާނެ: ޑަބްލިއުއެޗްއޯ

12 އޯގަސްޓު 2026
ކޮންގޯގެ އެބޯލާ އަކީ ތާރީޚުގައިވެސް އެންމެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވެދާނެ: ޑަބްލިއުއެޗްއޯ
06 އޯގަސްޓު 2026

ޔޫގަންޑާގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބުގެ ކެޕްޓަން އަށް ހަމަލާދީ މަރާލައިފި

06 އޯގަސްޓު 2026
ޔޫގަންޑާގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބުގެ ކެޕްޓަން އަށް ހަމަލާދީ މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް