Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެްއީރާން-އެމެރިކާ ހަނގުރާމަ

"އަނެއްކާވެސް ކުޑަ 'އެޕިކް ފިޔުރީ' އެއް ފެށިދާނެ": އީރާނަށް އާ އިންޒާރާއެކު، ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާދޭން ތެހެރާނުން ތައްޔާރުވެއްޖެ

24 އޮކްޓޯބަރު 2026 | ހޮނިހިރު 05:47

އީރާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގަފާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވިއިރު، މި ހަނގުރާމަ ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވޭ. ނަމަވެސް، އެމެރިކާއިން އަލުން ހަމަލާއެއް ދީފިނަމަ ގަލްފުގެ ކަނޑުއަޑީގެ މުވާސަލާތީ ކޭބަލްތަކަށް އަމާޒުކޮށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި

ނިއުސް ޓީމް
ނިއުސް ޓީމް | 24 އޮކްޓޯބަރު 2026 | ހޮނިހިރު 05:47
އެމެރިކާގެ ފްލޮރިޑާގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ ފްލޮރިޑާގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ | ރޮއިޓަރސް

އީރާނުގެ ހަނގުރާމައަށް އަށް މަސް ފުރެން ކައިރިވެ، ތެލުގެ އަގު އުފުލުމުގެ ސަބަބުން އެމެރިކާގެ މިޑްޓަރމް އިންތިޚާބަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ދަނޑިވަޅެއްގައި، އީރާނާ ދެކޮޅަށް އަނެއްކާ ވެސް އަސްކަރީ އޮޕަރޭޝަނެއް ހިންގަފާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ދެއްވައިފި އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައަށް ކިޔާ ކޯޑު ނަން ބޭނުންކުރައްވަމުން، "އަޅުގަނޑުމެން އަނެއްކާވެސް ކުޑަ 'އެޕިކް ފިއުރީ' އެއް ހިންގަފާނަން،" ކަމަށް ފްލޮރިޑާގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، މި އޮޕަރޭޝަނާ ގުޅޭ އެއްވެސް އިތުރު ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

Advertisement - worldAdvertisement

ހަމަ އެ ދުވަހު ޓްރަމްޕް ވިދާޅުވީ، އެމެރިކާއަށް މި ހަނގުރާމަ ވަރަށް އަވަހަށް ނިންމާލެވިދާނެ ކަމަށެވެ. ނަމަވެސް، ވޮޝިންގޓަނުން ބާރުއަޅަންވީ ހަނގުރާމަ އަވަހަށް ނިންމާލަންތޯ ނުވަތަ މަޑުމަޑުން ހަނގުރާމައިގެ ހޫނުކަން ކުޑަވެ ފިނިވަމުން ދިޔުމަށް ފުރުސަތު ދިނުމަށްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. ހަނގުރާމައިގެ ލަނޑުދަނޑިތަކާއި އެ ކަން ނިމޭނެ މުއްދަތުތަކާ ގުޅޭ ގޮތުން އެކި ފަހަރު އެކި ވާހަކަފުޅު ދައްކަވަމުން ގެންދަވާ ޓްރަމްޕް، ފަހަކަށް އައިސް ކެމްޕޭން ޖަލްސާތަކުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ "ކޮންމެވެސް އެއް ގޮތަކުން" މި ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ ވެސް އަޣުލަބިއްޔަތު ވަރަށް ކުޑަ ފަރަގަކުން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ކޮންޓުރޯލު ކުރަމުން އަންނައިރު، އެ މަޖިލިސްތަކުގެ ބާރުތައް ކަނޑައެޅިގެންދާ ނޮވެންބަރު 3 ގެ އިންތިޚާބުގެ ކުރިން އެމެރިކާއިން އީރާނަށް އެއްވެސް ހަމަލާއެއް ނުދޭނެ ކަމަށް މި މަހުގެ ކުރީކޮޅު އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާ ދީފައި ވަނީ ފެބުރުވަރީ 28 ގަ އެވެ. މިއާއެކު އީރާނުން ވަނީ އޭގެ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޤާއިމުކޮށްފައިވާ ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައާއި، އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިޔަން ބަޔަކު ވަނީ ގެދޮރު ގެއްލި މަގުމަތިވެފަ އެވެ. ހަމަމިއާއެކު، މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގައި ތެލާއި ގޭހުގެ އަގުތައް ވަނީ އުފުލިފަ އެވެ.

ހަނގުރާމަ އަލުން ފެށިއްޖެނަމަ، ކުރިއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި ބަދަލުހިފުމުގެ ހަމަލާތަކެއް ދިނުމަށް ތެހެރާނުން ރާވަމުންދާ ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. މި ގޮތުން، އެމެރިކާއާއި އިސްރާއީލުން އީރާނަށް އަލުން ހަމަލާއެއް ދީފިނަމަ، ގަލްފުގެ ކަނޑުއަޑީގެ މުވާސަލާތީ ކޭބަލްތަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ފުރިހަމަ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށް އީރާނުގެ ސަލާމަތީ އިދާރާތަކުގެ އިސް ދެ އޮފިޝަލަކު ހާމަކުރެއްވި އެވެ.

މަސްދަރު: ރޮއިޓަރސް

ޑޮނަލްޑް ޓްރަމްޕްއިސްރާއީލްއެޕިކް ފިއުރީއެމެރިކާއީރާން

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2026

މެލާނިޔާ ޓްރަމްޕްގެ އިސްނެންގެވުމަށް ރަޝިޔާ އަދި ޔޫކްރެއިނުން އިޖާބަދީ، އޮލެޝްކީގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަގު ފަހިކޮށްދީފި

24 އޮކްޓޯބަރު 2026
މެލާނިޔާ ޓްރަމްޕްގެ އިސްނެންގެވުމަށް ރަޝިޔާ އަދި ޔޫކްރެއިނުން އިޖާބަދީ، އޮލެޝްކީގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަގު ފަހިކޮށްދީފި
24 އޮކްޓޯބަރު 2026

ވޮޝިންގޓަނާއި މޮސްކޯގެ ތެލުގެ ޑީލް: ފުރަތަމަ ޝިޕްމަންޓް ފުރިއިރު ޒެލެންސްކީގެ ފާޑުކިޔުން

24 އޮކްޓޯބަރު 2026
ވޮޝިންގޓަނާއި މޮސްކޯގެ ތެލުގެ ޑީލް: ފުރަތަމަ ޝިޕްމަންޓް ފުރިއިރު ޒެލެންސްކީގެ ފާޑުކިޔުން
23 އޮކްޓޯބަރު 2026

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

23 އޮކްޓޯބަރު 2026
ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!
23 އޮކްޓޯބަރު 2026

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

23 އޮކްޓޯބަރު 2026
އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!
22 އޮކްޓޯބަރު 2026

ޕުޓިންއަކީ "އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް": އެމެރިކާގެ މަންދޫބުގެ ތައުރީފާއެކު ވޮޝިންގޓަން ހަލަބޮލިވެއްޖެ!

22 އޮކްޓޯބަރު 2026
ޕުޓިންއަކީ "އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް": އެމެރިކާގެ މަންދޫބުގެ ތައުރީފާއެކު ވޮޝިންގޓަން ހަލަބޮލިވެއްޖެ!
22 އޮކްޓޯބަރު 2026

ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމަށާއި އީރާނުގެ ނިއުކްލިއަރ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ޤަތަރާއި ފަރަންސޭސިވިލާތުން ގޮވާލައިފި

22 އޮކްޓޯބަރު 2026
ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމަށާއި އީރާނުގެ ނިއުކްލިއަރ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ޤަތަރާއި ފަރަންސޭސިވިލާތުން ގޮވާލައިފި
22 އޮކްޓޯބަރު 2026

ސައުދީ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް: މީހުން މަރުވެ، އެމެރިކާގެ މިޝަންތަކުން މީހުން ހުސްކުރަން ފަށައިފި!

22 އޮކްޓޯބަރު 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް: މީހުން މަރުވެ، އެމެރިކާގެ މިޝަންތަކުން މީހުން ހުސްކުރަން ފަށައިފި!
22 އޮކްޓޯބަރު 2026

"ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ، އެކަމަކު...؟" އީރާނަށް ޓްރަމްޕްގެ އާ އިންޒާރުތަކެއް!

22 އޮކްޓޯބަރު 2026
"ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ، އެކަމަކު...؟" އީރާނަށް ޓްރަމްޕްގެ އާ އިންޒާރުތަކެއް!
22 އޮކްޓޯބަރު 2026

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

22 އޮކްޓޯބަރު 2026
ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!
21 އޮކްޓޯބަރު 2026

ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާޢުކުރަން 400 މިލިޔަން ޑޮލަރު ޚަރަދުކުރާނަން: ޓްރަމްޕް

21 އޮކްޓޯބަރު 2026
ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާޢުކުރަން 400 މިލިޔަން ޑޮލަރު ޚަރަދުކުރާނަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް